Roadha Mihaaru
އެލްޖީއޭ ނިންމުމާ މެދު އިނގިރޭސި ސަފީރުގެ ކަންބޮޑުވުން

އެލްޖީއޭގެ ނިންމުމާ މެދު އިނގިރޭސި ސަފީރު ކަންބޮޑުވެއްޖެ

12 ޑިސެމްބަރ 2017

ހުއްދައެއް ނަގައިގެން ނޫނީ ލޯކަލް ކައުންސިލްތަކަށް ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަނާކުރުމުން، އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުއްދައެއް ނަގައިގެން ނޫނީ ލޯކަލް ކައުންސިލްތަކަށް ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަނާކުރުމުން، އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޑޯރިސް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެލްޖީއޭގެ ނިންމުމަކީ ދެރަ ފިޔަވަޅެއް ކަމަށެވެ.

ކަންބޮޑުވުން ފާޅުކޮށް ޑޯރިސް ކުރެއްވި ޓްވީޓް

އެލްޖީއޭގެ ހުއްދަ ނަގައިގެން ނޫނީ ޑިޕްލޮމޭޓުންނާއި އެންޖީއޯތަކާ ބައްދަލުކުރުން ކަައުންސިލްތަކަށް މަނާކުރިއިރު، ޑޯރިސް ވަނީ ގދ. ތިނަދޫގެ ކައުންސިލަރުންނާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. އަދި އިންޑިއާގެ އެމްބެސެޑަރު އަކިލޭޝް މިޝްރާ ގއ. އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ބައެއް ކައުންސިލަރުންނާ ވެސް ބައްދަލުކުރެއްވި އެވެ.

ކައުންސިލްތަކުގެ ބެލެނިވެރިޔާ، އެލްޖީއޭގެ ނޫސް ބަޔާނެއްގައި ބުނީ އެފަދަ ފަރާތްތަކާ ކައުންސިލްތަކުން ބައްދަލުކޮށް، މުއާމަލާތުކުރާ ނަމަ ރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވާ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތަށް ބުރޫއަރާނެ ކަމަށެވެ. އަދި ރާއްޖޭން ތަސްދީގު ކޮށްފައިވާ ބައެއް މުއާހަދާތަކާއި އެއްބަސްވުންތަކާ ފުށުއެރުން ވެސް އެކަށީގެންވާ ކަމަށް ވެސް ބުނެފައި ވެ އެވެ.

އެލްޖީއޭގެ އުސޫލާ ހިލާފަށް އަމަލު ކުރާ ކައުންސިލްތަކާ މެދު ފިޔަވަޅު އަޅަން ވެސް ވަނީ ނިންމައިފަ އެވެ.