ސުރުޚީ ކިޔާފައި އަނބުރައިގެންފާނެތީ ބުނަމެވެ. އަހަރެމެންގެ ބޮލަކަށް އެއެއް ނުވެއްޓޭނެ އެވެ. ޖައްވީ އުޅަނދެއް އޯބިޓުން ނެއްޓި ބުރުއްސައިގެން ދިޔަ އެތިގަނޑަކުން މީހެއްގެ ގައިގައި ޖެހި ބޮޑު އަނިޔާވި ޚަބަރު ދުވަހަކު ވެސް އެހިން ހެއްޔެވެ؟
02 ޖެނުއަރީ 2018
ސުރުޚީ ކިޔާފައި އަނބުރައިގެންފާނެތީ ބުނަމެވެ. އަހަރެމެންގެ ބޮލަކަށް އެއެއް ނުވެއްޓޭނެ އެވެ. ޖައްވީ އުޅަނދެއް އޯބިޓުން ނެއްޓި ބުރުއްސައިގެން ދިޔަ އެތިގަނޑަކުން މީހެއްގެ ގައިގައި ޖެހި ބޮޑު އަނިޔާވި ޚަބަރު ދުވަހަކު ވެސް އެހިން ހެއްޔެވެ؟
ޗައިނާއިން ޖައްވަށް ފޮނުވި ފުރަތަމަ ސްޕޭސް ލެބަށް ކިޔަނީ "ޗިއެންގޮން ސައިންސް ސްޕޭސް ލެބޯޓަރީ" އެވެ. އެއީ ސިލްސިލާ އުޅަނދުތަކަކަށް ވާތީ، އާންމު ނަމުން އެ އުޅަނދަށް "ޗިއެންގޮން ސްޕޭސް ސްޓޭޝަން" އަދި "ޗިއެންގޮން-1" ވެސް ކިޔަ އެވެ.
ޗިއެންގޮން-1 ޖައްވަށް ފޮނުވީ 2011 ވަނަ އަހަރު އެވެ. އުޅަނދު ދެމެހެއްޓުމަށް ބެލެނިވެރި އިދާރާތަކުން އެއިރު ކަނޑައެޅީ ދެ އަހަރު ދުވަހެވެ. ޗައިނާއިން ވަނީ އެ ލަނޑުދަނޑި ކިތަންމެހާ ވެސް ރަނގަޅަށް ހާސިލުކޮށްފަ އެވެ. ނަމަވެސް، އޮފިޝަލުންގެ ޚިޔާލު ފަހުން ބަދަލުވެ 2013 ގައި މުއްދަތު އިތުރުކުރަން ނިންމި އެވެ. އެއީ ބޭނުން ޖެހިފައި ހުރި ޓެސްޓްތަކެއް ހެދުމަށެވެ.
ޖައްވީ އޯބިޓްގައި ޗިއެންގޮން-1 ދެމެހެއްޓުމަށް ފަހުން އަމާޒުހިފި މުއްދަތު ހަމަވުމުގެ ކުރިން، އުޅަނދުގައި މައްސަލައެއް އުޅޭ ކަމަށް ޗައިނާގެ ޖައްވީ އިދާރާ އަށް ފާހަގަކުރެވުނެވެ. އެއިރު ދުނިޔޭގެ އެކި ދިމަދިމާއިން ޖައްވަށް ދުރުމިއަޅައިގެން ތިބި ކިތަންމެ ބަޔަކަށް، ޗިއެންގޮން-1 އަށް ގޮތެއް ވެގެން އުޅޭކަން ވަނީ ފާހަގަކުރެވިފަ އެވެ.
ޗިއެންގޮން-1 ބިމަށް ވެއްޓޭނެ ކަމަށް މިހާރު ލަފާކުރަނީ އަންނަ މާޗު މަހުގެ މެދާ ހިސާބުގަ އެވެ. އެކަމަކު ބިމާ ހިސާބަށް އައުމުގެ ކުރިން އޭގެ ބޮޑު ބައި އަދައި އަޅި އަށް ވާނެ އެވެ. އޯބިޓުން ކަޓައި ބިމަށް ވެއްޓުމަށްޓަކައި ދުނިޔޭގެ ވައިގެ ފަށަލަ އަށް ވަނުމާ ހިސާބުން ޗިއެންގޮން-1 ގައި ހުޅުހިފާނެ އެވެ. އަލިފާން ބޯޅައެއްހެން ވެއްޓެން އަންނަ އުޅަނދުން އެތިގަނޑެއް ނާނދައި ސަލާމަތްވި ނަމަވެސް ވެއްޓޭނީ ކަނޑަށް ކަމަށް ވަނީ ލަފާކުރެވެ އެވެ. މީހުން ނޫޅޭ ކޮންމެވެސް އެހެން ދިމާއަކަށް ވެއްޓުން ވެސް ގާތެވެ. އަދި އިންސާނުން ދިރިއުޅޭ ކޮންމެވެސް ހިސާބަކަށް ގެއްލުމެއް ނުވާނެ ކަމަކަށް މުޅިއަކުން ނުނިންމަ އެވެ.
ޖައްވީ އުޅަނދުފަހަރު މީހުންނާ އެކު ގޮވައި އަނދާ ހުލިވެފައި ވެސް ވެ އެވެ. އެމެރިކާއިން ޖައްވަށް ފޮނުވި ޗެލެންޖާ ގޮވީ ވެސް އަހަރެމެން ތަންމިނަށް ލޯ ހުޅުވައިގެން ތިއްބަ އެވެ. އަދި ނާސާގެ އުޅަދު ކޮލަމްބިއާ ވެސް އަނދައި ހުލިވީ ޖައްވުން ބިމަށް އައި މަގުމަތީގައި، ދުނިޔޭގެ ވައިގެ ފަށަލަ ތެރޭގަ އެވެ.
ނާސާ އާއި ސްޕޭސް ފޯސް ގުޅުން ބަދަހިކުރަނީ
މީހުންނާ އެކު ޗައިނާ އިން ރޮކެޓެއް އުދުއްސާލައިފި
ޗައިނާގެ ސްޕޭސް ސްޓޭޝަން ބޮލަށް ވެއްޓެނީ
ސްޕޭސް ސްޓޭޝަނުން ވަޒީފާ މަދުކުރަނީ
ނާސާގެ އެސްޓްރޮނޯޓްގެ ތައުރީފު ދިވެހި ސްޕޭސް ޓީމަށް
ނާސާގެ މަޝްހޫރު އެސްޓްރޮނޯޓެއް ރާއްޖެ އަންނަނީ
މިއީ ކާއިނާތުން އަހަރެމެންނަށް ވެލިފުކެއްގެ ސައިޒު
އެންމެ ބޮޑު ދުންތަރީގައި 500 ޓްރިލިއަން ޓަނު!
ހަނދުން ގެނައި ހިރަފުސްތަކެއް ނީލަމުގައި ވިއްކާލަނީ
5،000 ދުނިޔެ ވާކަމަށް ނާސާ އިން ޔަގީންކޮށްފި