އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ތިބޭ އެސްޓްރޮނޯޓުންގެ އަދަދު މަދުކުރަން ވިސްނާ ކަމަށް ނާސާއިން ބުނެފި އެވެ. ނާސާއިން ބުނި ގޮތުގައި މަދުކުރަނީ، ސްޕޭސް ސްޓޭޝަންގައި، ރަޝިޔާ އިން ބަލަހައްޓާ ފަޅިންނެވެ. ރަޝިޔާގެ ތިން ކޮސްމޮނޯޓުން ޖައްވީ ސްޓޭޝަންގައި އަބަދުވެސް ތިބެ އެވެ.
18 އޯގަސްޓް 2016
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ތިބޭ އެސްޓްރޮނޯޓުންގެ އަދަދު މަދުކުރަން ވިސްނާ ކަމަށް ނާސާއިން ބުނެފި އެވެ. ނާސާއިން ބުނި ގޮތުގައި މަދުކުރަނީ، ސްޕޭސް ސްޓޭޝަންގައި، ރަޝިޔާ އިން ބަލަހައްޓާ ފަޅިންނެވެ. ރަޝިޔާގެ ތިން ކޮސްމޮނޯޓުން ޖައްވީ ސްޓޭޝަންގައި އަބަދުވެސް ތިބެ އެވެ.
ސްޕޭސް ސްޓޭޝަނުން ވަޒީފާ މަދުކުރަން ހުށަހެޅީ ރަޝިޔާއިން ކަމަށް ނާސާ ބުނެ އެވެ. އެއީ މިހާރު ތިބި ތިން ކޮސްމޯޓުންގެ ބަދަލުގައި ދެ ކޮސްމޮނޯޓުން ތިބޭ ގޮތަށެވެ. ރަޝިޔާގެ އެ ހުށަހެޅުން މެންބަރު ގައުމުތަކަށް އަންގާފައިވާ ކަމަށް ވެސް ނާސާއިން ބުނެ އެވެ. ސްޕޭސް ސްޓޭޝަން ބެލެހެއްޓުމުގައި ނަގާ ކިޔާ ގައުމުތަކަކީ، އެމެރިކާ، ރަޝިޔާ، ޖަޕާން، ކެނެޑާ އަދި ޔޫރަޕިއަން ސްޕޭސް އޭޖެންސީ އެވެ.
ނާސާއިން ބުނި ގޮތުގައި، ޖައްވީ ސްޓޭޝަނުން ވަޒީފާ މަދުކުރުމަކީ ކަންބޮޑުވާ ކަމެކެވެ. އެހެން ނަމަވެސް 2024 ނިމެންދެން ސްޕޭސް ސްޓޭޝަން ބަލަހައްޓާނެ ކަމަށް ރަޝިޔާ ވައުދުވެފައި ވާ ކަމަށް ނާސާ ބުނެ އެވެ.
ރަޝިޔާއިން ފަޅުވެރިން މަދުކުރާ ސަބަބެއް ކަމަށް އެނގިފައި ވަނީ ޚަރަދު ބޮޑުވުމެވެ. ސްޓޭޝަންގައި ތިބި މީހުން ކެއިން ބުއިމަށާއި ބޭސް ފަރުވާ އަދި ޒަރޫރީ އެހެން ބޭނުންތަކަށް ސާމާނު ގެންގޮސް ގެނައުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށް ރަޝިޔާ ބުނެ އެވެ. މުވައްޒަފުން މަދުކުރުމުން ރަޝިޔާއިން މިހާރު ކުރާ ދަތުރުތައް މަދުކުރެވޭނެ ކަމަށް އެ ގައުމުން ބުނެ އެވެ.
އެމެރިކާ އާއި ޔޫރަޕް އަދި އެކުވެރިން ގުޅިގެން ރަޝިޔާ އަށް ދަތިކުރަން ފަށާފައި ވާތީ އިގްތިސާދީ ގޮތުން ގެއްލުންވާ ކަމަށް އެ ގައުމުން ބުނެ އެވެ. ބެލެވޭ ގޮތުގައި މި ފިޔަވަޅަކީ ވެސް އެ އުނދަގޫ ކުޑަކުރުމަށް ކުރަން އުޅޭ ކަމެކެވެ.
ޗައިނާއިން ޖައްވަށް ފޮނުވި ސްޕޭސް ލެބް ވެއްޓެނީ
ނާސާގެ އެސްޓްރޮނޯޓްގެ ތައުރީފު ދިވެހި ސްޕޭސް ޓީމަށް
ނާސާގެ މަޝްހޫރު އެސްޓްރޮނޯޓެއް ރާއްޖެ އަންނަނީ
މިއީ ކާއިނާތުން އަހަރެމެންނަށް ވެލިފުކެއްގެ ސައިޒު
އެންމެ ބޮޑު ދުންތަރީގައި 500 ޓްރިލިއަން ޓަނު!
ހަނދުން ގެނައި ހިރަފުސްތަކެއް ނީލަމުގައި ވިއްކާލަނީ
5،000 ދުނިޔެ ވާކަމަށް ނާސާ އިން ޔަގީންކޮށްފި
ނާސާގެ އެސްޓްރޮނޯޓާކާއި ރަޝިއާގެ ސްޕޭސް ޗީފް ތޮޅެނީ
މާސްގެ އަޑު އިންސާނާގެ ކަންފަތަށް
ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަނަށް ބޭރުގެ ތަޖުރިބާކާރެއް