Roadha Mihaaru
ވަކި އާއިލާއަކަށް ވީތީ ގާނޫނަށް ވުރެ ބާރުގަދަ ނުވެވޭނެ

ވަކި އާއިލާއަކަށް ނިސްބަތް ވުމަކުން، ގާނޫނަށް ވުރެ ބާރުގަދައެއް ނުވެވޭނެ: އަބްދުއްރަހީމް

27 ޖެނުއަރީ 2018

ވަކި އާއިލީއަކަށް ނިސްބަތް ވީތީ ގާނޫނަށް ވުރެ ބާރު ގަދަ ނުވެވޭނެ ކަމަށާއި ގާނޫނުގެ ބާރު މި ސަރުކާރުން ދަމަހައްޓާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަކި އާއިލީއަކަށް ނިސްބަތް ވީތީ ގާނޫނަށް ވުރެ ބާރު ގަދަ ނުވެވޭނެ ކަމަށާއި ގާނޫނުގެ ބާރު މި ސަރުކާރުން ދަމަހައްޓާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި މަޖިލީހުގެ ދިއްގަރު ދާއިިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަނެއްކާ ވެސް މިއަދު ހައްޔަރުކޮށްފައި ވަނިކޮށް، އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަކި އާއިލާއަކަށް ނުވަތަ ވަކި ނަސަބަކަށް ނިސްބަތް ވިޔަސް، ގާނޫނަށް ވުރެ ބާރު ގަދަ ނުވެވޭނެ ކަމަށެވެ.

ބޮޑު ކެކުރި އާއި ކުޑަ ކެކުރި ޒަމާން މިހާރު ފާއިތުވެއްޖެ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ގާނޫނުގެ ބާރު ދެމެހެއްޓުމުގެ ގާބިލްކަން ހުރި ސަރުކާރެއް ކަމަށް ވެސް އެ ޓްވީޓްގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ޓްވީޓް

އޭނާގެ ދެވަނަ ޓްވީޓުގައި ވަނީ މި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި ގާނޫނު ތަންފީޒު ކުރުމުގައި ވަކި ފަންތިއަކަށް ނުބަލާނެ ކަމަށެވެ.

އަބްދުއްރަހީމްގެ ޓްވީޓް

ފުލުހުން މިއަދު ފާރިސް ހައްޔަރުކުރީ ރިޝްވަތުގެ ތުހުމަތެއްގައި އޭނާ ބަންދުގައި ހަ މަސް ދުވަސް ހޭދަކުރި ފަހުން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލާފައި ވަނިކޮށެވެ. މިފަހަރު ފާރިސް ހައްޔަރުކުރީ މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ބެހުމާއި މެމްބަރުންތަކަކާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.

ފާރިސް ހައްޔަރު ކުރުމުން އޭނާ ދިރިއުޅުއްވާ މ. ސްނޯރޯސް އާއި ބައްޕާފުޅު މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެ ވެސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ.