Roadha Mihaaru
ރިޔާޒަށް ފަހުން ކުރި ދައުވާގެ އަޑުއެހުން ކެންސަލް

ރިޔާޒަށް ފަހުން ކުރި ދައުވާގެ ކެންސަލް

30 ޖެނުއަރީ 2018

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ފަހުން ކުރި ދައުވާގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސުމަށް ފަހު ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ފަހުން ކުރި ދައުވާގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސުމަށް ފަހު ކެންސަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަން ކަމަށް ކުރާ ތުހުމަތުގައި ރިޔާޒްގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ހިނގަމުން ދަނިކޮށް ރިޔާޒްގެ މައްޗަށް ފަހުން ދައުވާކުރީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ. ފަހުން އުފުލި ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު ބާއްވަން ހަމަޖެއްސުމަށް ފަހު އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.

ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން ރިޔާޒަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

މަޖިލީހަށް ގަދަކަމުން ވަން ކަމަށް ބުނާ މައްސަލައިގައި، ރިޔާޒާއި މަޖިލީހުގެ އިތުރު 11 މެމްބަރަކަށް ކުރާ ދައުވާގެ ޝަރީއަތް ކޯޓުގައި ދަނީ ކުރިއަށެވެ. އެ މައްސަލައިގެ އިތުރުން ރިޔާޒްގެ އިިތުރު މައްސަލައެއް ހައި ކޯޓުގައި ވެސް ދަނީ ހިނގަމުންނެވެ.

ހައި ކޯޓުގައި ހިނގަމުންދަނީ މިދިޔަ މާޗް މަހު ފުލުހުންގެ ތަހުގީގެއްގައި ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ ކުރާ ދައުވާއެކެވެ. އެ މައްސަލައިގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ހަިއ ކޯޓުގައި އިސްތިއުނާފް ކުރީ ދައުލަތުންނެވެ،