Roadha Mihaaru
ރިޔާޒް ދޫކުރަން ހުށަހެޅި މައްސަލައާ މެދު ގޮތް ނިންމަނީ

ރިޔާޒް މިނިވަން ކުރަން ހުށަހެޅި މައްސަލައާ މެދު ކޯޓުން ގޮތެއް ނިންމަނީ

24 ސެޕްޓެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ބަންދުން މިނިވަން ކޮށްދޭން އެދި ރިޔާޒްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައާ މެދު މިއަދު އެ ކޯޓުން ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ބަންދުން މިނިވަން ކޮށްދޭން އެދި ރިޔާޒްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައާ މެދު މިއަދު އެ ކޯޓުން ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

ކުރިން ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒްގެ މައްސަލާގައި މިއަދު ހަވީރު ކޯޓުން ގޮތެއް ނިންމަން ހަމަޖެއްސީ ރިޔާޒް މިހާރު ބަންދުގައި ހުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާ ބަންދުން މިނިވަންކުރުމުގެ އަމުރަކަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް އޭނާގެ ފަރާތުން ކްރިމިިނަލް ކޯޓަށް ހުށަހެޅުމުންނެވެ. އެ މައްސަލާގެ އަޑުއެހުމެއް ބާއްވާ ކަން ރިޔާޒްގެ ވަކީލުން ކަށަވަރުކޮށް ދިނެވެ.

ރިޔާޒް ބަންދުގައި ހުންނެވީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅީ ރިޔާޒްގެ މައްޗަށް ހައި ކޯޓުން އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް މި މަހު ތަންފީޒުކޮށް ނިމުމުން ވެސް ރިޔާޒް މިނިވަން ނުކުރާތީ އެވެ. އެކަމަކު އެ ހުކުމް އައުމުގެ ކުރިން މިދިޔަ މާޗް މަހުން ފެށިގެން ރިޔާޒް ހުންނެވީ އެހެން މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

ރިޔާޒްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާއެއް ދައުލަތުން ކުރެ އެވެ.