ހަރިޔާނާ (ޖުލައި 19) - ފަސް މެންބަރުން ހިމެނޭ ގޭންގަކުން މީގެ ތިން އަހަރު ކުރިން ރޭޕްކުރި އިންޑިއާގެ ސްކޫލް ދަރިވަރަކު އަނެއްކާވެސް އެ ގޭންގުން ރޭޕް ކުރުމުން ބައެއް މީހުން ރުޅިގަދަވެ ސަރުކާރަށް ބަހުގެ ހަމަލާތައް ދޭން ފަށައިފި އެވެ.
19 ޖުލައި 2016
ހަރިޔާނާ (ޖުލައި 19) - ފަސް މެންބަރުން ހިމެނޭ ގޭންގަކުން މީގެ ތިން އަހަރު ކުރިން ރޭޕްކުރި އިންޑިއާގެ ސްކޫލް ދަރިވަރަކު އަނެއްކާވެސް އެ ގޭންގުން ރޭޕް ކުރުމުން ބައެއް މީހުން ރުޅިގަދަވެ ސަރުކާރަށް ބަހުގެ ހަމަލާތައް ދޭން ފަށައިފި އެވެ.
އުތުރުގެ ހަރިޔާނާ ސްޓޭޓުގެ ރޮޓަކް ޓައުނުގައި 21 އަހަރުގެ ދަރިވަރު ރޭޕްކުރި މީހުން ފުލުހުންނަށް އަދި ހައްޔަރު ކުރެވިފައެއް ނުވެ އެވެ. ފަސް މީހުން ދިން ހަމަލާއާ ގުޅިގެން އަންހެން ކުއްޖާ ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ ކުއްޖާ ބުނީ ފަސް މީހުން ގަދަކަމުން އޭނާ ކާރަކަށް ލައިގެން ގެންގޮސް ރޭޕްކޮށްފައިވާ ކަމަށެވެ. އަންހެން ކުއްޖާ ބުނީ އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށާއި އަދި އެ މީހުން ދިޔައީ އޭނާ ގަސްތަކުގެ ތެރެއަށް އެއްލާލާފައި ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މަގުން ދިޔަ މީހަކު ކަމަށް ވެސް ބުނެފައިވެ އެވެ.
މި އަންހެން ކުއްޖާ އަށް އެ ގޭންގުން ފުރަތަމަ ހަމަލާ ދިނީ 2013 ވަނަ އަހަރު ބިވާނީ ޓައުނުގަ އެވެ. އަންހެން ކުއްޖާގެ އާއިލާ އިން ބުނީ އެ މީހުން ރޮޓަކް ޓައުނަށް ބަދަލުވީ ވެސް ގޭންގް މީހުން ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާތީ އެ މީހުންގެ ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރަށް ކަމަށެވެ.
"ގޭންގް މީހުންނަށް އަހަރެން ފެނުނު އިރު އަހަރެން ސްކޫލް ނިމިގެން ދަނީ. އެއީ ކުރިން ވެސް އަހަރެން ރޭޕްކުރި ފަސް މީހުން. އެ މީހުން ފެނިފައި އަހަރެން ވަރަށް ބިރުގަތް. ދެން އެ މީހުން އަހަރެން ގަދަކަމުން ކާރަކަށް ލައިގެން ގެންދިޔައީ. އެ މީހުން ބުނި އަހަރެންގެ ބައްޕަ އާއި ބޭބެ ވެސް މަރާލާނެ ކަމަށް،" ޓީވީ ޗެނަލަކަށް ދިން އިންޓަވިއެއްގައި އިންޑިއާގެ ފަގީރު ހިސާބަކަށް ނިސްބަތްވާ އެ ކުއްޖާ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ރޮޓަކުގެ މަގުތަކަށް ވަރަށް ގިނަ ބަޔަކު ނުކުމެ ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި މުޒާހަރާ ކުރާ މީހުން ދަނީ ގޭންގް މީހުން ހައްޔަރުކޮށް އެ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ. ފުލުހުންގެ އޮފިޝަލަކު ބުނީ ގޭންގް މީހުން ހޯދަން އެ ސަރަހައްދަށް އިތުރު ފުލުހުން ފޮނުވާފައިވާ ކަމަށެވެ.
ދިއްލީގައި 2012 ވަނަ އަހަރު 23 އަހަރުގެ ދަރިވަރަކު ގޭންގަކުން ރޭޕްކުރި ހާދިސާ އަށް ފަހު އިންޑިއާގައި ރޭޕުގެ މައްސަލަތަކަށް ދޭ ސަމާލުކަން ވަނީ ބޮޑުވެފަ އެވެ. އެ ހާދިސާ އަށް ފަހު ވަނީ ރޭޕްކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނުތަކަށް ބަދަލު ގެނެސްފަ އެވެ. ނަމަވެސް އެ ގާނޫނުތަކުން މާބޮޑު ފައިދާއެއް ނުކުރެ އެވެ. އޭގެ އެއް މިސާލަކީ އެއް ގޭންގަކުން ދެ ވަނަ ފަހަރަށް އެއް ކުއްޖަކު ރޭޕް ކުރުމެވެ. އަދި އިންޑިއާގެ އެކި ހިސާބުތަކުގައި ހިންގާ ރޭޕްގެ ހާދިސާތައް ވެސް ދަނީ އިތުރުވަމުންނެވެ. އިންޑިއާ 2014 ވަނަ އަހަރު ވަނީ 36،735 މީހުން ރޭޕްކޮށްފަ އެވެ.
ގެރިމަސް ކޭ މުސްލިމް އަންހެނަކު ރޭޕްކޮށްފި
ބަލި މީހަކު ރޭޕްކުރި ޑޮކްޓަރަކު ހައްޔަރުކޮށްފި
އިޒްރޭލުގެ ޓޫރިސްޓް ރޭޕްކުރި ދެ މީހުން ހައްޔަރުކޮށްފި
ގޭންގު ރޭޕުގައި ބައިވެރިވި ތިން މީހުން ހައްޔަރުކޮށްފި
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ރޭޕާ ގުޅޭ ގޮތުން ދެއްކި ވާހަކަ އަށް މެންބަރުގެ މައާފް
ރޭޕިސްޓްދޫކުރީ އަންހެނުންގެ އެއްޗެހި ދޮންނަން ޝަރުތުކޮށް
ރޭޕާ ދެކޮޅަށް އަނެއްކާވެސް އިންޑިއާ ގުގުމަން ފަށައިފި
އަންހެން ކުއްޖާ ރޭޕްކޮށް މަރާލި މައްސަލަ ހޫނުވަނީ
ދިއްލީ ރޭޕް: ހަތަރު މީހުން ދަންޖައްސައިފި