Roadha Mihaaru

ގެރިމަސް ކޭ މުސްލިމް އަންހެނަކު އިންޑިއާގައި ރޭޕްކޮށްފި

ހަރިޔާނާ (ސެޕްޓެމްބަރު 14) - ގެރި މަސް ކޭ ކަމަށް ތުހުމަތުކޮށް ގޭންގަކުން ރޭޕްކޮށްފައިވާ ކަމަށް އިންޑިއާގެ ހަރިއާނާ ސްޓޭޓުގެ މުސްލިމް އަންހެނަކު ބުނެފި އެވެ.

ގެރިމަސް ކޭ މުސްލިމް އަންހެނަކު ރޭޕްކޮށްފި
ހަސަން އާމިރު
ހަސަން އާމިރު

14 ސެޕްޓެމްބަރ 2016

ހަރިޔާނާ (ސެޕްޓެމްބަރު 14) - ގެރި މަސް ކޭ ކަމަށް ތުހުމަތުކޮށް ގޭންގަކުން ރޭޕްކޮށްފައިވާ ކަމަށް އިންޑިއާގެ ހަރިއާނާ ސްޓޭޓުގެ މުސްލިމް އަންހެނަކު ބުނެފި އެވެ.

އުމުރުން 20 އަހަރުގެ އަންހެން މީހާ ބުނީ އޭނާގެ އިތުރުން ހަތަރު ފިރިހެނުން ވެގެން އޭނާގެ 14 އަހަރުގެ ތިމާގެ ކުއްޖަކު ވެސް ރޭޕްކޮށްފައި ކަމަށެވެ. މި އަންހެން މީހާ ބުނީ އޭނާ ގެރި މަސް ނުކާ ކަމަށެވެ.

އަންހެން މީހާ ބުނީ އިންޑިއާގެ ހުޅަނގު-އުތުރުގެ ހަރިޔާނާގެ މެވަތުގައި ވަނީ އޭނާގެ ބޮޑު ބޭބެއަކާއި ބޮޑު ދައިތައަކު ވެސް ގެރި މަސް ކޭ ކަމަށް ބުނެ އަނިޔާކޮށް މަރާލައިފައި ކަމަށެވެ. މި މައްސަލާގައި ތުހުމަތު ކުރެވުނު މީހުން މިހާރު ވަނީ ހައްޔަރުކޮށް ރޭޕް ކުރުމާއި މީހުން މެރުމުގެ ދައުވާ އުފުލަން ނިންމައިފަ އެވެ.

"ގޭންގު މީހުން ބުނަނީ އަހަރެމެން ގެރި މަސް ކޭ ކަމަށް. އަދި އަހަރެމެންނަށް ކުރި ކަންތަކުގެ ވާހަކަ އެހެން ބަޔަކަށް ކިޔައިދީފި ނަމަ މުޅި އާއިލާ އެކުގައި މަރާލާނެ ކަމުގެ އިންޒާރު ވަނީ ދީފައި،" އަންހެން މީހާ ކިޔައިދިނެވެ.

ހަރިޔާނާ ސްޓޭޓުގެ މުސްލިމުން ވިއްކާ މަޓަން ބިރިޔާނީ އަށް ގެރި މަސް އަޅާފައި ހުރިތޯ ފުލުހުން ނުކުމެ ދާދި ފަހުން ވަނީ ޗެކު ކުރަން ފަށައިފަ އެވެ. ހަރިޔާނާގައި ގެރިމަސް ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފައިވާ މަވަތަކީ މުސްލިމުން ގިނަ ހިސާބެކެވެ. އަދި މި ސަރަހައްދުގައި މުސްލިމުންނާއި ހިންދޫންގެ މެދުގައި ދޭތެރެދޭތެރެ އިން ކުރިމަތިލުންތައް ހިނގަ އެވެ.

ހަރިޔާނާގައި ގެރި ކަތިލުމާއި ވަގަށް ގެރި ވިއްކުން ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ޚާއްސަ ޓާސްކް ފޯހެއް ވަނީ އެކުލަވާލައިފަ އެވެ. އަދި އެއްވެސް މީހަކު ގެރި ކަތިލާތޯ ބެލުމަށް ވޮލަންޓިއަރުން ވެސް ވަނީ ތަމްރީނު ކޮށްފަ އެވެ.

އިންޑިއާގައި އަޣުލަބިއްޔަތު އޮންނަ ހިންދޫންގެ ގާތުގައި ގެރިއަކީ ދީނީ ގޮތުން މާތް ޖަނަވާރެކެވެ. އަދި ހިންދޫން ގެރިމަސް ކެެއުން ވަނީ މަނާކޮށްފަ އެވެ.