ގުޖުރާތު (ސެޕްޓެމްބަރު 10) - އިންޑިއާގެ ހުޅަނގުގެ ގުޖުރާތު ސްޓޭޓުގައި ޑެންގީ ހުންޖެހިގެން ހޮސްޕިޓަލަށް ދައްކަން ދިޔަ ބަލި މީހަކު ރޭޕްކުރި ޑޮކްޓަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
10 ސެޕްޓެމްބަރ 2016
ގުޖުރާތު (ސެޕްޓެމްބަރު 10) - އިންޑިއާގެ ހުޅަނގުގެ ގުޖުރާތު ސްޓޭޓުގައި ޑެންގީ ހުންޖެހިގެން ހޮސްޕިޓަލަށް ދައްކަން ދިޔަ ބަލި މީހަކު ރޭޕްކުރި ޑޮކްޓަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އުމުރުން 21 އަހަރުގެ އަންހެން މީހާ ރޭޕްކުރީ އަހުމަދުއާބާދުގެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް ފުލުހުން ބުންޏެވެ. މި ޖަރީމާ ހިންގުމަށް ޑޮކްޓަރަށް އެހީވި ހޮސްޕިޓަލުގެ މަސައްކަތު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. ފުލުހުން ބުނީ އަންހެން މީހާ ރޭޕްކުރުމުގެ ކުރިން އޭނާ އަށް ޑޮކްޓަރު ވަނީ ހޭނެތޭ ފަދަ ވަރުގަދަ ބޭހެއް ދީފައި ކަމަށެވެ.
މި ހާދިސާ ހިންގި އަހުމަދުއާބާދުގެ އެޕޯލޯ ހޮސްޕިޓަލުން ބުނީ ތަހުގީގަށް ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
"މިއީ މިހާރު ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އިތުރަށް ވާހަކަ ދެއްކޭކަށް ނެތް،" އެޕޯލޯ ހޮސްޕިޓަލުގެ އޮފިޝަލެއް ކަމަށްވާ ސަންދީޕް ޖޯޝީއާ ހަވާލާދީ އެންޑީޓީވީން ބުންޏެވެ.
ރޭޕް ކުރުމާ ދެކޮޅަށް ހަރިޔާނާ ސްޓޭޓުގައި މުޒާހަރާ ކުރަނީ. --ފޮޓޯ:އިންޑިއަން އެކްސްޕްރެސް
އެންޑީޓީވީން ބުނީ އަންހެން މީހާ ރޭޕްކުރި ޑޮކްޓަރަކީ ދިގު މުއްދަތުގެ ވިސާގައި އިންޑިއާގައި މަސައްކަތް ކުރާ ޕާކިސްތާނުގެ ޑޮކްޓަރެއް ކަމަށެވެ. އެ ޑޮކްޓަރު ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފަށާފައި ވަނީ މިދިޔަ އަހަރު އެވެ.
ވެރިރަށް ނިއު ދިއްލީގައި 2012 ވަނަ އަހަރު 23 އަހަރުގެ ދަރިވަރަކު ގޭންގަކުން ރޭޕްކުރި ހާދިސާ އަށް ފަހު އިންޑިއާގައި ރޭޕުގެ މައްސަލަތަކަށް ދޭ ސަމާލުކަން ވަނީ ބޮޑުވެފަ އެވެ. އެ ހާދިސާ އަށް ފަހު ވަނީ ރޭޕްކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނުތަކަށް ބަދަލު ގެނެސްފަ އެވެ. ނަމަވެސް އެ ގާނޫނުތަކުން މާބޮޑު ފައިދާއެއް ނުކުރެ އެވެ. އޭގެ އެއް މިސާލަކީ އެއް ގޭންގަކުން ދެ ވަނަ ފަހަރަށް އެއް ކުއްޖަކު ރޭޕް ކުރުމެވެ. އަދި އިންޑިއާގެ އެކި ހިސާބުތަކުގައި ހިންގާ ރޭޕްގެ ހާދިސާތައް ވެސް ދަނީ އިތުރުވަމުންނެވެ. އިންޑިއާގައި 2014 ވަނަ އަހަރު ވަނީ 36،735 މީހުން ރޭޕްކޮށްފަ އެވެ.
ގެރިމަސް ކޭ މުސްލިމް އަންހެނަކު ރޭޕްކޮށްފި
އިޒްރޭލުގެ ޓޫރިސްޓް ރޭޕްކުރި ދެ މީހުން ހައްޔަރުކޮށްފި
ގޭންގު ރޭޕުގައި ބައިވެރިވި ތިން މީހުން ހައްޔަރުކޮށްފި
އެއް ގޭންގަކުން ދެ ވަނަ ފަހަރަށް އެކަކު ރޭޕްކޮށްފި
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ރޭޕާ ގުޅޭ ގޮތުން ދެއްކި ވާހަކަ އަށް މެންބަރުގެ މައާފް
ރޭޕިސްޓްދޫކުރީ އަންހެނުންގެ އެއްޗެހި ދޮންނަން ޝަރުތުކޮށް
ރޭޕާ ދެކޮޅަށް އަނެއްކާވެސް އިންޑިއާ ގުގުމަން ފަށައިފި
އަންހެން ކުއްޖާ ރޭޕްކޮށް މަރާލި މައްސަލަ ހޫނުވަނީ
ދިއްލީ ރޭޕް: ހަތަރު މީހުން ދަންޖައްސައިފި