ނިއު ދިއްލީ (ޖުލައި 26) - އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގައި އިޒްރޭލުގެ އަންހެނަކު ރޭޕްކުރި ހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
26 ޖުލައި 2016
ނިއު ދިއްލީ (ޖުލައި 26) - އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގައި އިޒްރޭލުގެ އަންހެނަކު ރޭޕްކުރި ހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އިޒްރޭލުގެ 25 އަހަރުގެ އަންހެން މީހާ އަށް އޮޅިގެން މިދިޔަ އާދިއްތަ ދުވަހު ޓެކްސީއެއް ކަމަށް ހީކޮށް ނެގުނު ކާރުގައި ތިބި މީހުން ވަނީ އެ އަންހެން މީހާ އެކަހެރި ތަނަކަށް ގެންގޮސް ރޭޕްކޮށްފައި ކަމަށެވެ. މި އަންހެން މީހާ އަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ
ފުލުހުންގެ ސުޕްރިންޓެންޑެންޓް ޕަދަމް ޗާންދު ވިދާޅުވީ އިޒްރޭލުގެ ޓޫރިސްޓް ރޭޕްކުރުމުގައި ބައިވެރިވި ކަމަށް ބެލެވޭ ހަތަރު މީހުން ހައްޔަރު ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ.
އިޒްރޭލުގެ ޓޫރިސްޓް ރޭޕްކުރި ހިމާޗަލް ޕްރަދޭޝްގެ މަނާލީ އަކީ ޓޫރިޒަމްގެ މަޝްހޫރު ސަރަހައްދެކެވެ. މަނާލީގައި 2013 ވަނަ އަހަރު ވަނީ އެމެރިކާގެ ޓޫރިސްޓަކު ރޭޕްކޮށްފަ އެވެ.
އިންޑިއާގައި 2012 ވަނަ އަހަރު ސްކޫލް ދަރިވަރަކު ރޭޕްކޮށް މަރުވި ހާދިސާ އަށް ފަހު ރޭޕުގެ މައްސަލަތަކަށް ދޭ ސަމާލުކަން ވަނީ ބޮޑުވެފަ އެވެ. ގާނޫނުތައް ހަރުކަށި ކުރި ނަމަވެސް ރޭޕުގެ މައްސަލަތައް މަދެއް ނުވެ އެވެ.
ގެރިމަސް ކޭ މުސްލިމް އަންހެނަކު ރޭޕްކޮށްފި
ބަލި މީހަކު ރޭޕްކުރި ޑޮކްޓަރަކު ހައްޔަރުކޮށްފި
ގޭންގު ރޭޕުގައި ބައިވެރިވި ތިން މީހުން ހައްޔަރުކޮށްފި
އެއް ގޭންގަކުން ދެ ވަނަ ފަހަރަށް އެކަކު ރޭޕްކޮށްފި
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ރޭޕާ ގުޅޭ ގޮތުން ދެއްކި ވާހަކަ އަށް މެންބަރުގެ މައާފް
ރޭޕިސްޓްދޫކުރީ އަންހެނުންގެ އެއްޗެހި ދޮންނަން ޝަރުތުކޮށް
ރޭޕާ ދެކޮޅަށް އަނެއްކާވެސް އިންޑިއާ ގުގުމަން ފަށައިފި
އަންހެން ކުއްޖާ ރޭޕްކޮށް މަރާލި މައްސަލަ ހޫނުވަނީ
ދިއްލީ ރޭޕް: ހަތަރު މީހުން ދަންޖައްސައިފި