ސޯޝަލް މީޑީއާ އަށް މީހުން ދެވި ހިފައި، ސިއްހީ މައްސަލަތައް އިތުރުވަމުންދާކަން މިހާރު އެނގެ އެވެ. އެހެންވެ މިކަމަށް އޮތް ހައްލަކީ ފޭސްބުކް ފަދަ ވަސީލަތްކުން ދުރުވުމެވެ.
11 އެޕްރީލް 2018
ސޯޝަލް މީޑީއާ އަށް މީހުން ދެވި ހިފައި، ސިއްހީ މައްސަލަތައް އިތުރުވަމުންދާކަން މިހާރު އެނގެ އެވެ. އެހެންވެ މިކަމަށް އޮތް ހައްލަކީ ފޭސްބުކް ފަދަ ވަސީލަތްކުން ދުރުވުމެވެ.
މީގެ ކުރިން ވެސް ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ފޭސްބުކް ފަދަ އެޕްތަކަށް ދެވި ހިފުމަކީ ސްޓްރެސް ނުވަތަ މީހާގެ ފިކުރާއި ހާސްކަމާއި ނުތަނަވަސްކަމުގެ ތެރެއަށް ވައްޓައިލާނެ ކަމެކެވެ. މީގެ ސަބަބުން ދިމާވާ ނަފުސާނީ މައްސަލަތައް ވެސް ގިނަ އެވެ.
ފަހުގެ އެހެން ދިރާސާއެއްގައި މިހާރު ބުނަނީ ފޭސްބުކް ބޭނުން ނުކޮށް ހުއްޓައިލުމުން މީހާގެ ސްޓްރެސް ނައްތައިލާ ކަމަށެވެ. އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ބްރިޒްބޭން އިން ހެދި ދިރާސާގައިވާ ގޮތުން ފޭސްބުކާ ދުރުވެ، ހަގީގީ ދިރިއުޅުމުގެ ތެރެއަށް މީހާ ރުޖޫއަވުމަކީ ނަފުސާނީ ގޮތުންނާއި ރޫހާނީ ވެސް ގޮތުން ބާރުވެރިކޮށް ދޭނެ ކަމެކެވެ.
ބްރިޒްބޭން ޔުނިވަސިޓީގެ މި ދިރާސާއަކީ ދާދި ފަހުން އިނގިރޭސިވިލާތުގެ ކެމްބްރިޖް އެނަލިޓިކާ އިން ވެސް ހެދި ދިރާސާ އަށް ބާރުދޭ ދިރާސާއެކެވެ.
ދެ ތަނުގެ ދިރާސާގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި ފޭސްބުކަށް ދެހި ހިފުމަކީ ސްޓްރެސް އަށް މަގުފަހި ކުރުވާ ހޯމޯންއެއް ކަމަށްވާ ކޯޓިސޮލްގެ މިންވަރު އިތުރުކޮށްލާ ކަމެކެވެ. އެކަމަކު ފޭސްބުކް ބޭނުންކުރުން ހުއްޓައިލުމުން އެ ހޯމޯން ދަށްކޮށްލާ ކަމަށް ދިރާސާގައި ބުންޏެވެ.
މީހަކު ފޭސްބުކް ބޭނުން ކުރަނީ: މިއާ ދުރުވާން އަންނަނީ އިރުޝާދު ދެމުން.
އާންމުކޮށް ފޭސްބުކް ބޭނުންކުރާ މީހުން ދެ ގްރޫޕަކަށް ބަހާލައި، އެ މީހުންގެ ކުޅު ތަހުލީލުކޮށްގެން ބްރިޒްބޭން ޔުނިވަސިޓީން ދިރާސާ އިން ހާމަވި ގޮތުގައި ފަސް ދުވަސް ވަންދެން ފޭސްބުކް ބޭނުން ކުރުން ހުއްޓައިލި މީހުންނާއި ފަސް ދުވަހަށް ހަމަ ކުރިއެކޭ އެއްގޮތަށް ފޭސްބުކް ބޭނުން ކުރި މީހުންގެ މައުލޫމާތުތައް އެއްކޮށްގެން ބެލި އިރު، ފޭސްބުކް ހުއްޓައިލި މީހުންގެ ކޯޓިސޮލް ލެވެލް ވަރަށް ބޮޑަށް ދަށްވި އެވެ.
އޭގެ ސަބަބުން، އެ މީހުންގެ ބޮލަށް ކުރާ ބާރު ކުޑަވެ، ބޭކާރު ފިކުރަތާއި ވިސްނުންތަކުން ދުރުކޮށް ދިނެވެ.
ސޯޝަލް ސައިކޮލޮޖީ ޖާނަލްގައި ވެސް މިހާރު ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ފޭސްބުކަށް ދެވި ހިފާފައި ތިބޭ މީހުން އެއާ ކުއްލިއަކަށް ދުރުވުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ.
"ފުރަތަމަކޮޅު ފޭސްބުކާ ދުރުގައި ހުންނަން އުނދަގޫ ވެދާނެ. އެކަމަކު މަސައްކަތް ކުރަންވީ މަޑުމަޑުން ގޮސް އެއްކޮށް ދުރުވޭތޯ ބެލުން،" ޕްރޮފެސަރު އެރިކް ވެންމަން ވިދާޅުވި އެވެ. "މީގައި އަދި ހަމައެކަނި ފޭސްބުކް ވާހަކަ ދެއްކުން މުހިއްމެއް ނޫން. ގާތްގަނޑަކަށް ހުރިހާ ސޯޝަލް ފްލެޓްފޯމްތަކަށް މިކަން އެޕްލައިވޭ."
މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރީ ޓިކްޓޮކް
ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ
ސޯޝަލް މީޑިއާއާ ދެކޮޅަށް ފްލޮރިޑާ އިން ގާނޫނެއް
އަފްޣާނުގައި ސޯޝަލް މީޑިއާ ރެސްޓްރިކްޓްކޮށްފި
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
"ވެކްސިން ޖަހާ މީހުން މަދީ ސޯޝަލް މީޑިއާއާ ހެދި"
ސްކްރީންޝޮޓް ނުނަގައި ޓްވީޓްތައް އިންސްޓަ ސްޓޯރީއަށް
"އިންޑިއަން ވޭރިއަންޓް" ސޯޝަލް މީޑިއާގައި މަނާކޮށްފި
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް