Roadha Mihaaru
ކާބުލްގެ ވޯޓު ރަޖިސްޓްރީކުރާ ތަނަކަށް ހަމަލާދީ 31މަރު

އަފްޣާނިސްތާނުގެ ވޯޓު ރަޖިސްޓްރީކުރާ މަރުކަޒަކަށް ދިން ހަމަލާއެއްގައި 31 މަރު

22 އެޕްރީލް 2018

ކާބުލް (އެޕްރީލް 22) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ވޯޓު ރަޖިސްޓްރީ މަރުކަޒަކަށް ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 31 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (އެޕްރީލް 22) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ވޯޓު ރަޖިސްޓްރީ މަރުކަޒަކަށް ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 31 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މަރުކަޒަށް ވަންނަ މައިދޮރުގެ ކުރިމަތީގައި ގިނަ ބަޔަކު ކިޔޫ ހަދައިފައި ވަނިކޮށް ދިން ހަމަލާގައި ވަނީ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. މި ހަމަލާ ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް އެ މީހުންގެ ރަސްމީ ނޫސް އެޖެންސީ އައުމާގުން ބުނެފައިވެ އެވެ.

ވޯޓުލާން ރަޖިސްޓްރީ ކުރުން ހުޅުވާލާފައި ވަނީ އަންނަ އޮކްޓޯބަރު މަހު ބާއްވާ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށެވެ. ވޯޓު ރަޖިސްޓްރީ ކުރުން ހުޅުވާލީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އޭގެ ފަހުން ވަނީ މި ބާވަތުގެ ހަތަރު ހަމަލާދީފަ އެވެ.

މަންޒަރު ދުށް މީހެއް ކަމަށްވާ ބަޝީރު އަހުމަދު ބުނީ މަރުވި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަ ކުދިން ކަމަށެވެ. މިއީ މިދިޔަ ޖެނުއަރީ މަހަށް ފަހު އަފްޣާނިސްތާނުގައި ދިން އެންމެ ގެއްލުން ބޮޑު ހަމަލާ އެވެ.