26 ޖުލައި 2016
އިދިކޮޅު އިއްތިހާދުގެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންތަކެއް ހޯދަން ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންތަކެއް ރޭ ދަންވަރު އެމްޑީޕީ ހަރުގެ އަށް ވަދެފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އިދިކޮޅު އިއްތިހާދުގެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންތަކެއް ހޯދަން ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންތަކެއް ރޭ ދަންވަރު އެމްޑީޕީ ހަރުގެ އަށް ވަދެފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެކަމަކު ފުލުހުން މިކަން ދޮގުކުރެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ ކަމެއް ހިނގި ކަމެއް އެނގިވަޑައިގެންފައި ނެތް ކަމަށެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީ ހަރުގެ އަށް ފުލުހުންތަކެއް ވަނީ، އެ ޕާޓީން ހަރުގޭގައި ރޭ ބޭއްވި ޖަލްސާ ނިންމައިލި ފަހުން ކަމަށެވެ. ފުލުހުން ހަރުގެ އަށް ވަނީ ޔުނިފޯމުގައި ކަމަށް ވެސް ހަރުގޭގައި އެ ވަގުތު ތިބި މީހުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.
"އެސްއޯ ފުލުހުންތަކެއް ވަދެ އެމްޔޫއޯ އިސް ބޭފުޅުންތަކެއް ކޮބާހޭ ސުވާލުކުރީ، އެ މީހުން ނެތް ކަމަށް ބުނީމަ ނުކުމެގެން ދިޔައީ ކަމަށް ވަނީ،" އަނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޭގެ ޖަލްސާގައި ވާހަކަ ދެއްކި ބައެއް މީހުންނާ ގުޅޭގޮތުން ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ.
ޔާމީންގެ ރައްދު: ފުލުހުން ފޮނުވިން، އެއީ ވޯޓުގުނަން!
އިބޫގެ ތަހުގީގެއް ފެށުމުން ޖަރުމަނުން ކަންބޮޑުވެއްޖެ
މުޒާހަރާ އިން ހައްޔަރު ކުރި އަމީތު ދޫކޮށްލައިފި
ގާނޫނީ އިމުން ބޭރު، ހަރަކާތްތައް ހުއްޓުވާނަން: ނަވާޒް
ނަތީޖާ ސައްހަ، ސުވާލެއް ނޫފެއްދޭނެ: އެމްޑީޕީ
ހަމަނުޖެހުން އުފައްދާކަށް ނޫޅޭ: އެމްޑީޕީ
އިދިކޮޅު ޖަލްސާއަށް ފަނޑިޔާރުމަގު ބަންދުކޮށްދޭން އެދެފި
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް
ކުނޫޒު އޮތީ ހިސޯރުކޮށްފައި: އިދިކޮޅު ޕާޓީތައް
ކުނޫޒު ބަލައި ފާސްކޮށް ނުނިމޭ: ފުލުހުން