Roadha Mihaaru
ހެނާންޑޭޒްގެ 50 ވަނަ ގޯލާ އެކު މެކްސިކޯ ކުރިއަށް

ހެނާންޑޭޒްގެ 50 ވަނަ ގޯލާ އެކު މެކްސިކޯ ކުރިއަށް

23 ޖޫން 2018

ރޮސްޓޯފް-އޮން-ޑޮން (ޖޫން 23) – ހަވިއޭ ހެނާންޑޭޒް ގައުމީ ޓީމަށް ޖަހައިދިން 50 ވަނަ ގޯލާ އެކު މިރޭ ދެކުނު ކޮރެއާ އަތުން 2-1 އިން މޮޅުވެ މެކްސިކޯ އިން ހަ ޕޮއިންޓް ހަމަކޮށް ވޯލްޑް ކަޕުގެ ދެ ވަނަ ބުރާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރޮސްޓޯފް-އޮން-ޑޮން (ޖޫން 23) – ހަވިއޭ ހެނާންޑޭޒް ގައުމީ ޓީމަށް ޖަހައިދިން 50 ވަނަ ގޯލާ އެކު މިރޭ ދެކުނު ކޮރެއާ އަތުން 2-1 އިން މޮޅުވެ މެކްސިކޯ އިން ހަ ޕޮއިންޓް ހަމަކޮށް ވޯލްޑް ކަޕުގެ ދެ ވަނަ ބުރާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

ފުރަތަމަ މެޗުން ޗެމްޕިއަން ޖަރުމަން އަތުން މޮޅުވި މެކްސިކޯ އިން ވަނީ މިރޭ ވެސް ވަރުގަދަ، ރީތި ކުޅުމެއް ދައްކައިފަ އެވެ. ހަ ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގައި މެކްސިކޯ އޮތްއިރު ތިން ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ ސްވިޑެން އެވެ. ތިން ވަނައިގައި ޕޮއިންޓެއް ނުލިބި ޖަރުމަން އޮތްއިރު، ފުލުގައި އޮތް ކޮރެއާ އަށް ވެސް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މިރޭ ޖަރުމަނާއި ސްވިޑަން ކުޅޭ މެޗުން ސްވިޑަން މޮޅުވެއްޖެ ނަމަ އެ ޓީމާއި މެކްސިކޯ ދެ ވަނަ ބުރަށް ހޮވި ޖަރުމަނާއި ކޮރެއާ ކަޓާނެ އެވެ. މިރޭގެ މެޗު އެއްވަރުވެއްޖެ ނަމަ މެކްސިކޯ ހޮވި ކޮރެއާ ކަޓާނެ އެވެ. އެކަމަކު ޖަރުމަން މޮޅުވެއްޖެ ނަމަ ތިން ޓީމަށް ވެސް ފުރުސަތު ނުގެއްލި އޮންނާނެ އެވެ. އޭރުން ޖާގަތައް ކަނޑައެޅޭނީ ފަހު މެޗުތަކަށް ފަހު އެވެ.

މިރޭގެ މެޗުގައި ލީޑު ނެގީ މެކްސިކޯ އިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި ކޮރެއާގެ ޔަންގް ހިއުން-ސޫ ގެ އަތުގައ އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ވައްދާލީ އާސެނަލްގެ ކުރީގެ ފޯވާޑް ކާލޯސް ވޭލާ އެވެ.

ކޮރެއާ އިން ކުރިއަށް ޖެހި އެއްވަރުކުރަން މަސައްކަތްކުރި ނަމަވެސް ކައުންޓާ އެޓޭކުގައި މެކްސިކޯ އިން ލަނޑު ޖަހައި ލީޑު ފުޅާކުރި އެވެ. ހެނާންޑޭޒް މި ގޯލް 66 ވަނަ މިނެތުގައި ޖެހީ ކޮރެއާ އިން އުފައްދަން މަސައްކަތްކުރި ހަމަލައެއް ރޫޅާލައި މެކްސިކޯގެ ރޮޑްރިގޯ ލޮޒާނޯ ދިން ޕާހަކުންނެވެ. މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑުގެ ކުރީގެ ފޯވާޑް ގައުމީ ޓީމަށް 50 ލަނޑު މި ހަމަކޮށްދިނީ 104 މެޗުންނެވެ. ކޮރެއާގެ ހަމައެކަނި ގޯލް އިތުރު ވަގުތުގެ ތެރޭގައި ޖެހީ ސަން ހެއުން-މިން އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.