27 ޖޫން 2018
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު އެންމެ ފުރަތަމަ ވައިޓް ހައުސްގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރި ޝޯން ސްޕައިސާ މުޅިން ތަފާތު ދިމާއަކަށް މިސްރާބު ޖަހައިފި އެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު އެންމެ ފުރަތަމަ ވައިޓް ހައުސްގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރި ޝޯން ސްޕައިސާ މުޅިން ތަފާތު ދިމާއަކަށް މިސްރާބު ޖަހައިފި އެވެ.
ތަރުޖަމާންގެ މަގާމުން އަމިއްލަ އަށް އިސްތިއުފާ ދިން ސްޕައިސާ ދެން ފެންނާނީ ޓީވީ ހޯސްޓެއްގެ ގޮތުގަ އެވެ. އޭނާ ހޯސްޓް ކުރާ ޝޯގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އެއަށް ދީފައިވާ ނަމަކީ "ޝޯން ސްޕައިސާސް ކޮމަންގްރައުންޑް" އެވެ.
މި ޝޯ ގެނެސް ދޭނެ ޗެނެލެއް އަދި ނިންމާފައި ނުވާ އިރު، މީގެ ޕްރޮޑަކްޝަން ހައުސްއަކީ ޑެމްބާ-މާކިއުރީ އެވެ. އެއީ ލަޔަންސްގޭޓްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ގެނެސްދޭ ޝޯތަކުގެ ތެރޭގައި "ދަ ވެންޑީ ވިލިއަމްސް ޝޯ"، "ޓޯޝް" އަދި "ޑެޑްލިއެސްޓް ކެޗް" ހިމެނެ އެވެ.
ޑެމްބާ-މާކިއުރީ ބުނި ގޮތުގައި "ޝޯން ސްޕައިސާސް ކޮމަންގްރައުން" ޕައިލެޓް ޕްރޮޖެކްޓެެއްގެ ގޮތުގައި ފެށުމަށް ފަހު، ބެލުންތެރިންގެ މެދުގައި މަގުބޫލު އެއްޗަކަށްވެއްޖެ ނަމަ ކުރިއަށް ގެންދާނެ އެވެ.
މި ޝޯއަކީ ފާހަގަކޮށްލެވޭ މީހުންނާ ކުރާ އިންޓަވިއުތަކެއް ގެނެސްދޭ ގޮތަށް ކުރިއަށް ގެންދާނެ ޝޯއެކެވެ.
ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝޯގެ ފުރަތަމަ އެޕިސޯޑް އަންނަ މަހުގެ ތެރޭގައި ޝޫޓް ކުރާނެ އެވެ.
ފަސް މަހެއްހާ ދުވަހު ވައިޓް ހައުސްގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު، ސްޕައިސާ، 46، މަގާމުން އިސްތިއުފާ ދިންތާ މިހާރު އަހަރެއްހާ ދުވަސް ވަނީ އެވެ.
އޭރު އޭނާ ޕްރެސް ކޮންފަރެންސްތަކުގައި ނޫސްވެރިން ކުރާ ސުވާލުތަކަށް ހަރުކަށި ޖަވާބުތައް ދޭން ގެންގުޅުނު ހަރަކާތްތައް އެމްބީސީގެ ސަޓަޑޭ ނައިޓް ލައިވް (އެސްއެންއެލް) ގައި ހޮލީވުޑްގެ ބަތަލާ މެލީސާ މެކާތީ ނަކަލުކޮށްގެން ބެލުންތެރިން ހެއްވާލާފައިވެ އެވެ.
ޝޯން ޓީވީ ޝޯއަކުން ބެލުންތެރިންނާ ބައްދަލު ކުރަން ނިންމާފައިވާ އިރު، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝެލް އޮބާމާ ވެސް ވަނީ ނެޓްފްލިކްސްއާ ގުޅިގެން ހައި ޕްރޮފައިލް ޝޯތަކެއް ގެނެސް ދޭން ނިންމައިފަ އެވެ.
ވައިޓްހައުސްގެ ކުރީގެ ތަރުޖަމާނު ޑާންސް ޝޯއިން ކަޓައިފި
ދައުވާތައް ސާބިތުވެއްޖެއްޔާ ޓްރަމްޕު ހަނާވެގެންދާނެ
ވައިޓްހައުސްގެ ސްޓާފުންނަށް ކުރިން ވެކްސިން ދޭން ދެކޮޅު
ބަލި ގަބޫލް ނުކުރެއްވިޔަސް ވައިޓް ހައުސް އިން ނެރޭނަން
ފައުޗީ ސިޔާސީ ވެއްޖެ ކަމަށް ވައިޓްހައުސްގެ ތުހުމަތު
ވައިޓްހައުސްގެ ބޭރުގައި ބަޑިޖެހުމުން ޓްރަމްޕް ގެންގޮސްފި
އަޅުގަނޑު ބަންކަރަށް ވަނީ އެތަން ބަލާލަން: ޓްރަމްޕް
ފައްޅިއަށް ޓްރަމްޕް ވަޑައިގަތީ ފިނޑި ނޫންކަން ދައްކަން
މުޒާހަރާތައް ހޫނުވެ ބަންކަރަށް ޓްރަމްޕް ވައްދަން ޖެހުނު
ޓްރަމްޕާ ދެކޮޅަށް ބާރު ލިބޭ އީމެއިލް އަކީ "ބޮމެއް"!