Roadha Mihaaru
ފައްޅިއަށް ޓްރަމްޕް ވަޑައިގަތީ ފިނޑި ނޫންކަން ދައްކަން

ފައްޅި ކުރިމަތީ ޓްރަމްޕް ފޮޓޯއަކަށް ހުއްޓިވަޑައިގަތީ މުޒާހަރާ އަށް ބިރުނުގަންނަކަން ދައްކާލަން

03 ޖޫން 2020

ވޮޝިންޓަން (ޖޫން 3) - އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ފުލުހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ މަރުވުމުން މުޅި އެމެރިކާގައި ފެށި މުޒާހަރާތައް ވައިޓް ހައުސްގެ ބޭރުގައި ވެސް ވަރުގަދަ ކުރުމުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ބިމު އަޑީގެ ކޮޓަރިއަކަށްލި ވާހަކަ ނޫސްތަކުގައި ޖެހުމުން ޓްރަމްޕް ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފައްޅި އަށް ވަޑައިގެން، ޓްރަމްޕް ވައިޓް ހައުސް އަށް އެނބުރި ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

އެހެންވެ ޓްރަމްޕް ވަނީ މުޒާހަރާ އަށް ބިރުނުގަންނަކަން ދައްކާލުމުގެ ފޮޓޯ އިވެންޓެއް ބާއްވާލާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ވައިޓް ހައުސް އިން ބޭރަށް ހިންގަވާފައި ނުކުމެވަޑައިގެން ޕެންސިލްވޭނިއާ އެވެނިއު ހުރަސް ކުރައްވާ ފައްޅި އަށް ވަޑައިގަތުމުގެ ކުރިން ފުލުހުން ވަނީ އެ ސަރަހައްދުގައި މުޒާހަރާ ކުރި އެންމެން އެ ތަނުން ފޮނުވާލައިފަ އެވެ. ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރި މީހުން ބޭރުކުރަން ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ.

ފައްޅި އަށް ވަޑައިގެން، ޓްރަމްޕް ވައިޓް ހައުސް އަށް އެނބުރި ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ފައްޅި އަށް ވަޑައިގެން، ޓްރަމްޕް ވައިޓް ހައުސް އަށް އެނބުރި ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

އިވެންޓުގެ ކުރިން ވައިޓް ހައުސްގެ ރޯޒް ގާޑަންގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އެމަނިކުފާނަކީ ސުލްހަވެރި މުޒާހަރާތަކަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ. ޕްރެސް ބްރީފިން ނިންމަވާލައްވަމުން ޓްރަމްޕް ވަނީ މުހިންމު ތަނަކަށް ވަޑައިގަންނަވަނީ ކަމަށް ވިދާޅުވެފަ އެވެ. އެއަށް ފަހު ވައިޓް ހައުސް އިން ނުކުމެވަޑައިގެން ހިންގަވާފައި ސެއިންޓް ޖޯންސް އެޕިސްކޮޕާލް ފައްޅި އަށް ވަޑައިގެން އެ ތަނުގެ ބޭރުގައި ބައިބަލްއެއް ހިއްޕަވައިގެން، ފޮޓޯ އަކަށް ހުއްޓިވަޑައިގަތެވެ.

ޓްރަމްޕް ވަޑައިގެންނެވި ފައްޅި ގާޑް ކުރުމަށް ފަހު ސީކްރެޓް ސާވިސްގެ ސްނައިޕަރުން އެނބުރި ވައިޓް ހައުސް އަށް ދަނީ. --ފޮޓޯ:އޭއެފްޕީ

ފައްޅިން ވައިޓް ހައުސް އަށް ވަޑައިގެންނެވީ ވެސް ސީކްރެޓް ސާވިސް އެޖެންޓުންނާ އެކު ހިންގަވައިފަ އެވެ.