Roadha Mihaaru
ދަގަނޑޭ އެނބުރި އައުމުން ފޯރިގަދަވާނެ: ކިސް

ދަގަނޑޭ އެނބުރި އައުމުން ފޯރިގަދަވާނެ: ކިސް

01 އޯގަސްޓް 2016

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގެ ކެރިއަރުގެ އެންމެ ހާއްސަ އެއް ކޯޗަކީ ހަންގޭރީގެ ލާސްލޯ ކިސް އެވެ. ދަގަނޑޭގެ މޮޅު ކުޅުމާ އެކު ވެލެންސިއާ އިން 2004 ވަނަ އަހަރު ކަޕްވިނާސް ކަޕާއި ދިވެހި ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކުރިއިރު ފަހަތުގައި ހުރީ ކިސް އެވެ. އޭގެ ފަހުން ވީބީ ސްޕޯޓްސްއާ އަށް 2008 ވަނަ އަހަރު އެފްއޭ ކަޕް އަދި 2009 ގެ ލީގު ކިސް ކާމިޔާބުކޮށްދިން އިރު ދަގަނޑޭ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކިސް އެނބުރި ދިވެހި ފުޓްބޯޅައިގެ ތެރެއަށް އައިސް ވިކްޓަރީގެ ކޯޗުކަމާ ހަވާލުވެފައިވާއިރު އޭނާގެ ފުރަތަމަ މެޗަކީ، ދަގަނޑޭ މިހާރު ކުޅޭ މާޒިޔާއާ ދެކޮޅަށް ބުދަ ދުވަހު ހަވީރު ކުޅޭ މެޗެވެ. މި މެޗު ވެގެންދާނީ މެލޭޝިއާ ލީގުގައި ކުޅުމަށް ފަހު އެނބުރި ރާއްޖެ އައިސް ދަގަނޑޭ ކުޅޭ ދެ ވަނަ މެޗަށެވެ. ކިސް ބުނީ ދަގަނޑޭ އެނބުރި ރާއްޖެ އައުމުން ހައިރާންވި ކަމަށާއި އެކަމަކު އެއީ ދިވެހި ފުޓްބޯޅައަށް ރަނގަޅަކަށްވި ކަމެއް ކަމަށެވެ.

"ދަގަނޑޭ އެނބުރި އައުމާ މެދު ބުނާނެ ސީދާ އެއްޗެއް ނޭގޭ. އެކަމަކު އެއީ ރާއްޖޭގެ ފުޓްބޯޅައަށް ރަނގަޅު ކަމެއް. ގިނަ ސަޕޯޓަރުން ދަނޑަށް ވަންނަން ބާރަކަށް ވާނެ،" ކިސް ބުންޏެވެ.

ކިސް ބުނީ، އޭނާގެ ދަރިއެއް ފަދަ ދަގަނޑޭއާ ދެކޮޅަށް ނުކުންނަން ޖެހުމަކުން މާބޮޑު ތަފާތެއް އިހުސާސް ނުވާނެ ކަމަށާއި ފުޓްބޯޅައަކީ ޕްރޮފެޝަނަލް ކުޅިވަރެއް ކަމަށެވެ.

"ފުޓްބޯޅައިގައި އަމިއްލަ ދަރިއާ ދެކޮޅަށް ވެސް ކުޅެން ޖެހިދާނެ. އެހެންވީމާ ދަގަނޑޭއާ ދެކޮޅަށް ނުކުތުން އެއީ ވަކި ތަފާތެއް އަންނާނެ ކަމެއް ނޫން،" ކިސް ބުންޏެވެ.

ވެލެންސިއާ އަށް ތިން ފަހަރެއްގެ މަތިން ކޯޗުކޮށްދިން ކިސް ބުނީ ދަގަނޑޭގެ ކުޅުން އެންމެ ފަހުން ފެނުނީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކަމަށާއި އޭނާ އަކީ އަދިވެސް ރާއްޖޭގެ ފުޓްބޯޅައިގެ އެއް ވަނަ ކަމަށެވެ.

"އޭނާ މުސްކުޅިވެއްޖެ މިހާރު. އެކަމަކު ދަގަނޑޭ އަކީ އަދިވެސް ދިވެހި ފުޓްބޯޅައިގެ ތަފާތު،" ކިސް ބުންޏެވެ.