Roadha Mihaaru
އިންޑިޔާ ކުށްވެރިއަކު ވެލާނާ އެއާޕޯޓުން ހައްޔަރު ކޮށްފި

އިންޑިޔާގެ ކުށްވެރިއަކު ވެލާނާ އެއާޕޯޓުން ހައްޔަރު ކޮށްފި

19 އޯގަސްޓް 2018

އިންޑިޔާގެ ކުށްވެރިއަކު ވެލާނާ އެއާޕޯޓުން ހޮނިހިރު ދުވަހު ހައްޔަރު ކޮށްފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

އިންޑިޔާގެ ކުށްވެރިއަކު ވެލާނާ އެއާޕޯޓުން ހޮނިހިރު ދުވަހު ހައްޔަރު ކޮށްފި އެވެ.

"މިހާރު" އަށް ޔަގީންވެފައިވާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ ސްރީ ނިރްމަލްދީބް ސިންގު ސިދޫ ކިޔާ މީހެކެވެ.

އޭނާ އަކީ އެކިފަހަރު އެކި ނަން ބޭނުންކޮށްގެން ދިރިއުޅޭ މީހެއް ކަމަށްވެ އެވެ. އަދި މީގެ ކުރިން އޭނާ ވަނީ މެކްސިކޯގައި ވެސް ހައްޔަރު ކޮށްފަ އެވެ.

ސިންގު ސިދޫ ނުވަތަ ބައެއް ފަހަރު ބޯދީ ސިންގުގެ ނަމުގައި ވެސް ދިރިއުޅޭ މި މީހާއަކީ ކުރިން ޔޯގާ ރިސޯޓެއްގައި އުޅުނު އިރު އަންހެނުންނަށް ފުރައްސާރަ ކުރަމުންދިޔަ މީހެއް ކަމަށްވެ އެވެ.

މި ދުވަސްކޮޅު އޭނާ ދިރިއުޅެނީ ނަމުގެ ކުރިއަށް "ސްރީ" ލައިގެން ހިންދޫ ދީންވެރިއެއް ކަމަށް ދައްކައިގެން ކަމަށްވެ އެވެ.

ފަހުން ސިންގު ސިދޫ ވަނީ އޭނާގެ އެޖެންޑާއެއްގެ ދަށުން ހަތިޔާރު ނެގުމަށް ވެސް އާންމުގެ ބަޔަކަށް ގޮވާލައިފަ އެވެ.

އޭނާ އާ ބެހޭ މައުލޫމާތު ފުލުހުންގެ ފަރާތުން ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ސިންގު ސިދޫ އިންޑިޔާ ސަރުކާރާ ހަވާލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.