Roadha Mihaaru
ހަނގުރާމަ މަތީ ބޯޓު ވައްޓާލުމުން ރަޝިޔާގެ އިންޒާރު އިޒްރޭލަށް

ހަނގުރާމަ މަތީ ބޯޓު ވައްޓާލުމުން ރަޝިޔާގެ އިންޒާރު އިޒްރޭލަަށް

19 ސެޕްޓެމްބަރ 2018

މޮސްކޯ (ސެޕްޓެމްބަރު 19) - ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް ސީރިއާގެ ސަރަހައްދަށް ވައްޓާލީ އިޒްރޭލުން ކަމަށާއި އެކަމުގެ ރައްދު ދޭނެ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސާގީ ޝޮއިގޫ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮސްކޯ (ސެޕްޓެމްބަރު 19) - ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް ސީރިއާގެ ސަރަހައްދަށް ވައްޓާލީ އިޒްރޭލުން ކަމަށާއި އެކަމުގެ ރައްދު ދޭނެ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސާގީ ޝޮއިގޫ ވިދާޅުވެއްޖެ އެވެ.

"ރަޝިޔާގެ ބޯޓު ވައްޓާލުމާއި އެ ބޯޓުން ދަތުރުކުރި މީހުންގެ މަރުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ފަރާތަކީ އިޒްރޭލް،" އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަންއާ ފޯނުން ގުޅުއްވާ ޝޮއިގޫ ވިދާޅުވި އެވެ. "އިޒްރޭލުގެ އަސްކަރިއްޔާގެ އަމަލުތައް ހުރީ ދެ ގައުމުގެ ޕާޓްނާޝިޕުގެ ރޫހާ ޚިލާފަށް."

ބޯޓު ވައްޓާލާފައި ވަނީ ލަޓަކިއާ ޕްރޮވިންސްގެ ހުޅަނގުން 17 މޭލު ދުރުން މެޑިޓެރޭނިއަންއަށެވެ. ބޯޓުގެ ބައެއް ބައިތަކާއި ބައެއް މީހުންގެ ހަށިތައް ރަޝިޔާގެ ނޭވީން މިހާރު ވަނީ ހޯދައިފަ އެވެ. ބޯޓު ވައްޓާލުމުގެ ހާދިސާގައި 15 މީހުން ވަނީ މަރުވެފަ އެވެ.

ރަޝިޔާ އިން ތުހުމަތު ކުރަނީ އެ ގައުމުގެ ހަނގުރާމަ މަތީ ބޯޓު ވައްޓާލާފައި ވަނީ އިޒްރޭލުގެ އެފް-16 ގެ ޖެޓްތަކުން ހަމަލާދީ ކަމަށެވެ. ރަޝިޔާގެ ބޯޓު ރާޑަރުން ގެއްލިފައި ވަނީ އިޒްރޭލުގެ ޖެޓްތަކުން ލަޓަކިއާ ޕްރޮވިންސަށް ހަމަލާ ދެމުންދިޔަ ވަގުތު އެވެ.

އިޒްރޭލުން ބުނެފައި ވަނީ ރަޝިޔާގެ ބޯޓު ވައްޓާލީ ސީރިއާ އިން ދިން ހަމަލާތަކުގައި ކަމަށެވެ.