Roadha Mihaaru
މެޖިސްޓްރޭޓް ކޯޓުތަކަށް 15 ބޭފުޅަކު އައްޔަންކޮށްފި

މެޖިސްޓްރޭޓް ކޯޓުތަކަށް 15 ބޭފުޅަކު އައްޔަންކޮށްފި

10 އޮކްޓޯބަރ 2018

މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން 15 ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން 15 ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން 15 ރަށަކަށް މެޖިސްޓްރޭޓުން ކަނޑައަޅާފައިވާ ކަމަށެވެ.

މެޖިސްޓްރޭޓުން އައްޔަން ކުރީ ސ. ފޭދޫ، ގއ. ވިލިނގިލި، ތ. ތިމަރަފުށި، އދ. ދިގުރަށް، ކ. ތުލުސްދޫ، ކ. ގުޅި، ފ. ދަރަނބޫދޫ، ދ. ހުޅުދެލި، ޏ. ފުވައްމުލައް، ރ. ދުވާފަރު، ލ. ގަން، ރ. އަލިފުށި، ށ. ފޯކައިދޫ އަދި ކ. ކާށިދޫ އަށެވެ. ގިނަ އަދަދެއްގެ ރަށްތަކަށް މެޖިސްޓްރޭޓުން ކަނޑައެޅި ނަމަވެސް، އެ ބޭފުޅުން މަގާމުގެ ހުވާ ކުރައްވާނެ ދުވަހެއް ޖޭއެސްސީން ނުބުނެ އެވެ.

އިސް މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 25،600ރ. ލިބިވަޑައިގަންވާ އިރު މެޖިސްޓްރޭޓަކަށް މަހަކު 23،450ރ. ލިބިވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ އެވެ.