ކޮރަޕްޝަނަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ވިދާޅުވެ، އެކަން ހުއްޓުވަން އެންމެން ތެދުވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ނަސޭހަތް ދެއްވައިފި އެވެ.
24 އޮކްޓޯބަރ 2018
ކޮރަޕްޝަނަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ވިދާޅުވެ، އެކަން ހުއްޓުވަން އެންމެން ތެދުވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ނަސޭހަތް ދެއްވައިފި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް، އާދަމް ޝަރީފް ބަސްފުޅެއް މި ވިދާޅުވީ، މި ސަރުކާރަށް ތުހުމަތުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގެ ހެކިތައް، ވެރިކަން ބަދަލުވުމާ އެކު ފެންމަތިވަމުން އަންނަނިކޮށެވެ.
ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތް، އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސްވެރިންނަށް ވެސް ބޮޑެތި ތުހުމަތުތައް ކުރި އެވެ. ސަރުކާރުގެ މަޝްރޫއުތަކާއި މަސައްކަތްތައް ހަވާލުކުރުމުގައި ވެސް ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުތަކެއްކޮށް، އެ މައްސަލަތައް ބެލުމަށް މުއައްސަސާތައް ނުކުޅެދިފައި އޮތްއިރު، މިކަންކަމާ ގުޅޭ ގޮތުން މިނިސްޓަރު އާދަމް ޝަރީފް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
މިނިސްޓަރު އާދަމް ޝަރީފްގެ ޓުވީޓް:
ސަރުކާރުގެ ކޮރަޕްޝަނާއި ގާނޫނާ ޚިލާފު އަމަލުތަކާ މެދު ހިތްހަމަނުޖެހިގެން އަޑުއުފުލުމަށް ފަހު، ރިޔާސީ އިންތިޚާބުގެ ވޯޓުން މި ސަރުކާރު ބަދަލުކޮށްފައި ވަނިކޮށް މިނިސްޓަރު މިވަނީ ކޮރަޕްޝަންގެ މައްސަލަތައް ރާއްޖޭގައި ކުޑަކުރެވޭނެ ގޮތްތައް ވެސް ފޭސްބުކްގައި ވިދާޅުވެދެއްވައިފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް މަދުކުރެވޭނީ، މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނާއި އާއްމު ފަރުދުން ޒިންމާދާރުކަމާ އެކު ކޮރަޕްޝަނާ ދެކޮޅަށް ތެދުވެގެން ކަމަށެވެ.
"ކޮރަޕްޝަނާ ދެކޮޅަށް އެންމެން ތެދުވަމާތޯ އެވެ. ކޮރަޕްޝަންގެ ނުރައްކާތެރިކަމާ މެދު މިހާރަށް ވުރެން ބޮޑަށް ސަމާލުވަމާތޯ އެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ މި ގޮވާލުމާއެކު ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.
ކޮރަޕްޝަން ހިނގާ ކަން އެނގިވަޑައިގަތީ އަދިކިރިޔާތޯ އެއްބަޔަކު އެހިއިރު، އަނެއް ބަޔަކު ކަންބޮޑުވުންފާޅުކުރީ މި ސަރުކާރުގައި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތެއް ހިނގިއިރު ކޮރަޕްޝަން ހުއްޓުވުމާ ދެކޮޅަށް މަސައްކަތް ނުކުރެއްވުމާއި އެކަންކަމާ ދެކޮޅަށް ވާހަކައެއް ވިދާޅުނުވެ ހުންނެވުމެވެ.
މި ސަރުކާރުގެ އެކި މިނިސްޓްރީތަކުން ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުތަކުން ފެންނަން އޮތް ނަމަވެސް، ޑިފެންސް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ މިނިސްޓްރީގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައެއް ނުވެ އެވެ. ދައުލަތުގެ ބަޖެޓުން އެ މިނިސްޓްރީ އަށް ކަނޑައެޅި ފައިސާ ހޭދަކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަން އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
މުވައްޒަފު ވަކިކުރީ ވިސިލްބްލޯ ކޮށްގެނެއް ނޫން:ޕޯސްޓް
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ސިފްކޯގެ ފްލެޓް މަޝްރޫއުގެ އޮޑިޓެއް ހަދަން އަންގައިފި
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 3 ދަރަޖަ ފަހަތަށް
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައިކޯޓުން އަމުރުނުދިން
ތިނަދޫ ކައުންސިލުން ތަހުގީގަށް އެއްބާރުލުން ނުދޭ:އޭސީސީ
އޭސީސީން ކައުންސިލްގެ މުދާތައް ގެންދިޔަކަމުގެ ތުހުމަތު