މިދިޔަ މަހުގެ 17 ވަނަ ދުވަހު ކާރު ދުއްވަވަމުން، އޯވަޓޭކް ކުރައްވަން އުޅުމުގެ ތެރޭގައި އެހެން ކާރަކާ އެކްސިޑެންޓްވެ، ބަޔަކަށް އަނިޔާވި މައްސަލާގައި، އިނގިރޭސި ރާނީ ކްއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕަށް ދައުވާ ނުކުރަން ނިންމައި އެވެ.
16 ފެބުރުއަރީ 2019
މިދިޔަ މަހުގެ 17 ވަނަ ދުވަހު ކާރު ދުއްވަވަމުން، އޯވަޓޭކް ކުރައްވަން އުޅުމުގެ ތެރޭގައި އެހެން ކާރަކާ އެކްސިޑެންޓްވެ، ބަޔަކަށް އަނިޔާވި މައްސަލާގައި، އިނގިރޭސި ރާނީ ކްއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕަށް ދައުވާ ނުކުރަން ނިންމައި އެވެ.
އުމުރުފުޅުން 97 އަހަރުގެ ފިލިޕަށް ދައުވާ ނުކުރަން ނިންމާފައި މި ވަނީ މިދިޔަ ހަފުތާގައި އަމިއްލަފުޅަށް ޑްރައިވިން ލައިންސަސް ވެސް ދޫކޮށްލައްވާފައި ވަނިކޮށެވެ. އަދި އެކްސިޑެންޓްވެ، ބަޔަކަށް އަނިޔާވެފައިވާތީ ޕްރިންސް ފިލިޕް ވަނީ އަނިޔާވި މީހުންގެ ފަރާތުން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
ކްރައުން ޕްރޮސެކިއުޝަން ސާވިސް (ސީޕީއެސް) ގެ ޗީފް ކްރައުން ޕްރޮސެކިއުޓާ ކްރިސް ލޯންގް ވިދާޅުވީ ޕްރިންސް ފިލިޕަށް ދައުވާ ކުރުމަކީ އިނގިރޭސި ރައްޔިތުން ވެސް ބޭނުން ވާނެ ގޮތެއް ނޫން ކަމަށެވެ. އަދި އެކްސިޑެންޓްވި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ހުރިހާ ކަމެއް ބަލައި، ރައްތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް ވެސް އަޅައިފައިވާތީ ފިލިޕަށް ދައުވާ ނުކުރަން ނިންމީ ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ފިލިޕް ސީޓް ބެލްޓް ވެސް ނާޅުއްވައި ނޯފޯކްގެ ސޭންޑްރިންހަމްގައި އަމިއްލަފުޅަށް ކާރު ދުއްވަނިކޮށް އެކްސިޑެންޓްވީ އެހެން ކާރަކާ އޯވަޓޭކް ކުރައްވަން އުޅުއްވުމުގެ ތެރޭގަ އެވެ. މި ހާދިސާގައި ކާރު ދުއްވަން އިން 28 އަހަރުގެ އަންހެން ޑްރައިވަރުގެ ކަކޫ ޒަހަމްވެ، ކާރުގައި އިން 45 އަހަރުގެ އަންހެނެއްގެ އަތް ވަނީ ބިންދައިގެން ގޮސްފަ އެވެ.
Prince Philip ge driving licence dhookohlavvaifi
The most trusted news source in the Maldives
Mihaaru
ޕްރިންސް ފިލިޕް އެކްސިޑެންޓްވީ މިދިޔަ މަހުގެ 17 ގައި.
މި ހާދިސާ ހިނގި އިރު އެ ކާރުގައި ނުވަ މަހުގެ ކުއްޖަކު ވެސް އިނެވެ. އެކަމަކު އެ ކުއްޖާ އަށް އެއްވެސް ގެއްލުމެއް ނުވެ އެވެ.
ޕްރިންސް ފިލިޕް ލައިސަންސް ދޫކޮށްލައްވައިފި
ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ވިިލިއަމް
ޕްރިންސް ފިލިޕް އަނެއްކާވެސް އެޑްމިޓްކޮށް ފަރުވާދެނީ
ޕްރިންސް ޗާލްސްގެ އޯގެނިކް ފާމިން ހުއްޓުމަކަށް
ޕްރިންސް ފިލިޕް އެޑްމިޓްކޮށް، ފަރުވާދެނީ
ބަކިންހަމް ޕެލަސްގެ މަރާމާތަށް 360 މިލިއަން ޕައުންޑް
ހެރީއާއި މޭގަން އަށް ޕްރިންސް ޗާލްސް ރައްދު ދެއްވަނީ
ރާނީގެ ދެކަނބަލުންނަށް ވެސް ކޮވިޑް ވެކްސިން ދީފި
ރާނީގެ 95 ވަނަ އުފަން ދުވަހަށް ހާއްސަ ކޮއިނެއް
ޝާހީ އާއިލާގެ ދަތުރުތަކަށް 5.3 މިލިއަން ޕައުންޑް