އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ލިބުނު އެމްޑީޕީގެ މެމްބަރުން އެނގިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވުމުން އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.
27 ފެބުރުއަރީ 2019
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ލިބުނު އެމްޑީޕީގެ މެމްބަރުން އެނގިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވުމުން އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރުން އެމަނިކުފާނު މަނީ ލޯންޑަރިން ހިންގެވި ކަމުގެ ތުހުމަތާ އެކު ޝަރީއަތް ނިމެންދެން ހައްޔަރު ކުރުމުން އަދުރޭ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ފާޑުވިދާޅުވުމުގެ ތެރޭގައި، އެމްއެމްޕީއާރުސީގެ ފައިސާ މި ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ މެމްބަރުން ނެގި ކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.
އެމްޑީޕީގެ މެމްބަރުންގެ ތެރެއިން، ފައިސާ ލިބުނު މީހުންގެ ލިސްޓު އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށް ދޭހަވާ ގޮތަށް ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
އޭސީސީ އަށް އަދުރޭ ހާޒިރުކުރީ އެ ތުހުމަތުތަކާ ގުޅިގެން ކަން އެ ކޮމިޝަނުން ކަށަވަރުކޮށްދެ އެވެ.
އަދުރޭގެ އިތުރުން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހިޔާނާތުގެ ފައިސާ ލިބިވަޑައިގަތް ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތަށް ފަހު އޭސީސީން ނެރުނު ރިޕޯޓުގައި، އެމްއެމްޕީއާރުސީގެ ފައިސާ ޖަމާވި 155 މީހެއްގެ ނަން ހާމަކޮށްފައިވެ އެވެ. އެކަމަކު ޚިޔާނާތުގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށް ކަން ސާފުކޮށްދީފައި ނުވެ އެވެ.
ރިޕޯޓުގައިވާ 155 މީހުންނަކީ، އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފަށް ޖަމާކޮށް، ޓްރާންސްފާކޮށްފައިވާ މީހުންނެވެ. އެސްއޯއެފާ އެކު ހިންގީ ޑޮލަރުގެ މުއާމަލާތެއް ކަމަށް ބުނާއިރު ޑޮލަރު ގަތް ފައިސާ އެސްއޯއެފުން ހެދި ގޮތެއް ނުވަތަ ބެހި މީހުންނެއް ސާފެއް ނޫނެވެ.
އޭސީސީން އަންނަނީ އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.
"ރިޕޯޓުގައި، މި ޕާޓީގެ ކެންޑިޑޭޓެއްގެ ނަމެއް ނެތް"
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
ހިޔާނާތުގެ 5މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަނީ
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި
ހިޔާނާތުން ގެއްލުވާލާ ފައިސާ އާއި މުދާ ހޯދާނެ ނިޒާމެއް
ހިޔާނާތުގެ ފައިސާ ސިންގަޕޫރުގައި ހުރިތޯ އޭސީސީން ބަލާނެ
އެމްއެމްޕީއާރުސީ ތަހުގީގު: އަމާޒަކީ ނަތީޖާ އަވަސްކުރުން
ހިޔާނާތުގެ ތަހުގީގު އެއްބަސްވުންތައް ހާމަކުރަން އެދިއްޖެ
އަކްރަމް، އެމްޑީޕީގެ ނިންމުން މުރާޖައާ ކުރަން އެދިއްޖެ