ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފި އެވެ.
06 މާޗް 2019
ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިގޯގެ 1787 ފްލައިޓުން ރާއްޖެ އަންނަން އުޅެނިކޮށް ހައްޔަރުކުރީ ގއ. ވިލިނގިލީ، މުހައްމަދު ސޮބާހު، 32، އެވެ.
ސޮބާހް ހައްޔަރުކުރީ އޭނާ އަތުން ގެންދަން އުޅުނު ދަބަހުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރުމަށް ފަހު އެވެ. އޭނާގެ އަތުގައި 3.12 ކިލޯގެ ހަޝިޝް އޮއިލް ހުރި ކަމަށާއި އެއީ 21.9 މިލިއަން ރުފިޔާއަށް ވިއްކޭނެ މަސްތުވާތަކެތި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މީގެ ތިން ދުވަސް ކުރިން އިންޑިއާ އަށް އެތެރެވި ސޮބާހަކީ ޑްރަގް ނެޓްވޯކަކަށް ނިސްބަތްވާ މީހެއް ކަމަށް އިންޑިއާގެ ފުލުހުން ޝައްކުކުރެ އެވެ. އޭނާގެ އަތުގައި ހުރީ ބަހްރެއިން އިން ހޯދާފައިވާ ހަޝިޝް އޮއިލް ކަމަށް ވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިއާގެ ކަސްޓަމްސްގެ ކޮމިޝަނަރު ސަމިޓް ކުމާރު ވިދާޅުވެފައި ވަނީ ސޮބާހުގެ އަތުގައި ހުރީ ކޮންތަނަކުން ލިބުނު މަސްތުވާތަކެއްޗެއް ކަން ހޯދަން ޖެހޭ ކަމަށެވެ. އޭނާ އަތުގައި ހުރި މަސްތުވާތަކެތި އިތުރަށް ބަލަން މިިހާރު ވަނީ ކަސްޓަމްސް ލެބޯޓްރީއާ ހަވާލުކޮށްފަ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރާނީ އިންޑިއާގެ ނާކޯޓިކް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިންނެވެ.
ޑްރަގު އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި
އިންޑިއާގައި ތާށިވެފައި ހުންނަތާ 12 އަހަރު!
ޑްރަގް ގެނައި އިންޑިއާ މީހާގެ ބަންދަށް 15 ދުވަސް
އިންޑިއާއިން ހައްޔަރުކުރި ރަޝީދާ ރާއްޖެ އަތުވެއްޖެ
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
އިންޑިއާ މީހަކު 12 ކިލޯގެ ޑްރަގާ އެކު ހައްޔަރުކޮށްފި
"ޑްރަގް ވިޔަފާރީގައި ރަޝީދާ އުޅޭތާ އެތައް އަހަރެއް"
ޑްރަގް އެތެރެކުރިި އިންޑިއާ މީހަކު އުމުރަށް ޖަލަށް
އިންޑިއާގައި ތިބި 235 ދިވެއްސަކު ރާއްޖެ ގެނެސްފި
ދިއްލީ އަލިފާނުގެ ހާދިސާގައި ދިވެއްސަކަށް ކަމެއް ނުވޭ