އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އާއި ބޭސް ބޯލް ތަރި އެލެކްސް ރޮޑްގިރޭޒް ރައްޓެހިވެގެން އުޅޭތާ ދެ އަހަރު ފަހުން އެންގޭޖްވެއްޖެ އެވެ.
10 މާޗް 2019
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އާއި ބޭސް ބޯލް ތަރި އެލެކްސް ރޮޑްގިރޭޒް ރައްޓެހިވެގެން އުޅޭތާ ދެ އަހަރު ފަހުން އެންގޭޖްވެއްޖެ އެވެ.
ރައްޓެހިވެގެން އުޅޭތާ މިދިޔަ މަހުގެ 4 ގައި ދެ އަހަރު ފުރުނު ދެ ތަރިން އެންގޭޖްވިކަން ހޮނިހިރު ދުވަހު ހިއްސާކޮށްފައި ވަނީ އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއަކާ އެކީގަ އެވެ. އެ ފޮޓޯގައި އެންގޭޖްމަންޓް އަނގޮޓި ދައްކާލާފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލޮޕޭޒް، 49، އާއި އެލެކްސް، 43، އެންމެ ފުރަތަމަ ބައްދަލުވީ ނިއު ޔޯކްގެ ކްއީންސްގެ ޝިއާ ސްޓޭޑިއަމުން 2005 ގަ އެވެ. މިހާރު ދެ ދަރިން ވެސް ތިބި ލޮޕޭޒް، އެލެކްސްއާ އެންގޭޖްވި އިރު، ކުރިން އޭނާ ވަނީ ތިން ކައިވެންޏެއްކޮށްފަ އެވެ.
ލޮޕޭޒް ފުރަތަމަ އަލަތު ކުރީ ކިއުބާގެ އެކްޓަރު އޮޖާނީ ނޯއާ އެވެ. އެ ދެ މީހުން 1997 ގައި ކުރި ކައިވެނި ރޫޅުނީ ޖެހިގެން އައި އަހަރު އެވެ. އޭގެ ފަހުން 2001 ގައި ލޮޕޭޒް ކައިވެނި ކުރީ އެކްޓަރު ކްރިސް ޖަޑްއާ އެވެ. އެ ކައިވެނި ރޫޅުނީ 2003 ގަ އެވެ.
ތިން ވަނަ ކައިވެނި މަޝްހޫރު ލަވަކިޔުންތެރިޔާ މާކް އެންތަނިއާ 2004 ގައި ކުރުމަށް ފަހު އެ ކައިވެނި ރޫޅުނީ 2014 ގަ އެވެ.
Jennifer Lopez ah annekka ves mulhin aa baiveri eh
The most trusted news source in the Maldives
Mihaaru
ލޮޕޭޒާއި އެލެކްސް ރައްޓެހިވީ 2017 ގައި.
ނާކާމިޔާބު ކައިވެނިތަކަކަށް ފަހު ވެސް ލޮޕޭޒް ވަނީ މަޝްހޫރު ބައެއް މީސްމީހުންނާ ލޯބީގެ ގުޅުންތަކެއް ބާއްވައިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ އެކްޓަރު ބެން އެފްލެކެވެ.
ކައިވެނީގެ އަހަރީ ދުވަހު ޖެނިފާ ވަރިވާން ނިންމައިފި
އަނެއްކާވެސް ބެން އެފްލެކަށް ހާއްސަ ޖޭލޯގެ އަލްބަމެއް
ޖޭލޯ އާއި އެފްލެކް އަނެއްކާ ކައިވެނިކޮށް ބޮޑު ހަފުލާއެއް
އެންމެފަހުން ޖޭލޯ އާއި އެފްލެކް ކައިވެނިކޮށްފި
ޖޭލޯގެ އަނގޮޓީގެ އަގަކީ ފަސް މިލިއަން ޑޮލަރު
ޖޭލޯ އާއި އެފްލެކް އަނެއްކާ ވެސް އެންގޭޖުވެއްޖެ
ކައިވެނީގެ އުންމީދު ބޮޑު: ޖޭލޯ
ޖޭލޯގެ ކުރީގެ ލޯބިވެރިޔާގެ ފޮޓޯތައް ގެއްލިއްޖެ
ޖޭލޯ އާއި އެފްލެކް އަލުން ގުޅުނީ!
ޖެނިފާ ލޮޕޭޒާ ހިތާވެވުމަކީ ކޫލް ކަމެއް ނޫން: އެފްލެކް