ހދ. ހަނިމާދޫގައި އަންނަ ބޮޑު އީދު ކުލަ ގަދަކޮށް ފާހަގަކުރަން ބޮޑު ހޭދައެއް ކުރަން ރަށު ކައުންސިލުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށާއި އެ ފައިސާ ޚަރަދުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަނިމާދޫ ކައުންސިލަށް މިއަދު އަންގައިފި އެވެ.
29 އޯގަސްޓް 2016
ހދ. ހަނިމާދޫގައި އަންނަ ބޮޑު އީދު ކުލަ ގަދަކޮށް ފާހަގަކުރަން ބޮޑު ހޭދައެއް ކުރަން ރަށު ކައުންސިލުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށާއި އެ ފައިސާ ޚަރަދުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަނިމާދޫ ކައުންސިލަށް މިއަދު އަންގައިފި އެވެ.
އީދަށް ހަނިމާދޫ ޒީނަތްތެރި ކުރުމަށާއި އީދު ކުޅިވަރުތަކަށް ނުވަ ލައްކައެއްހާ ރުފިޔާ ޚަރަދުކުރަން އެރަށު ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެ ފައިސާ ނަގަން އުޅުނީ އެ ރަށުގައި ކުނި ނައްތާލަން މި އަހަރު ކަނޑައަޅާފައި އޮތް ބަޖެޓުންނެވެ. އެ މައްސަލަ އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅުމުން އެކަން މަޑުޖައްސާލަން ކޮމިޝަނުން އެންގި އެވެ. އެ އެންގުމާ އެކު ކައުންސިލުން އަަނެއްކާ ނިންމީ ބަޖެޓުގެ އެހެން ބަޔަކުން އެ ހޭދަކުރާށެވެ.
އެ މައްސަލަ ބެލުމަށް ފަހު އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޚަރަދުކުރަން ކައުންސިލުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ އެގޮތަށް ފައިސާ ޚަރަދު ނުކުރުމަށާއި އެކަން ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަން ހަނިމާދޫ ކައުންސިލަށް އަންގާފައިވާ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.
އޭސީސީން ބުނީ ބަޖެޓްގައި ނެތި ކުޅިވަރުގެ އެއްވެސް ކަމަކަށް ޚަރަދުކޮށްގެން ނުވާނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވާއިރު ބަޖެޓްގައި ނުހިމެނޭ ކަންކަމަށް ޚަރަދު ކުރެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށް ގަވާއިދުގައި ބުނާ ކަމަށެވެ. އަދި ކައުންސިލްތަކުން ވެސް ފައިސާ ޚަރަދުކުރަން ޖެހޭނީ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދުގެ ދަށުން ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނާ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.
އަންނަ ބޮޑު އީދު ފާހަގަކުރަން ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރަން ނިންމާފައިވާ ނަމަ އެއީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށް އޭސީސީން ބުނެ އެވެ. އެހެންވެ އެފަދަ ޚަރަދެއް ނުކުރުމަށާއި އެކަން ކޮށްފި ނަމަ އޭސީސީގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައިވެ އެވެ.
އޭސީސީގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބުނަނީ އެ ކޮމިޝަންގެ ނިންމުމަށް ތަބާނުވެއްޖެ ނަމަ އެއް މަހަށް ޖަލަށް ލުން ނުވަތަ ތިން މަހަށް ގޭގައި ބަންދުކުރުން ނުވަތަ 3،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ހަނިމާދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ޕީޖީއަށް
ހަނިމާދޫގައި އީދަށް އަނެއްކާ 9 ލައްކަ ކަނޑައަޅައިފި
ހަނިމާދޫ ކައުންސިލުން އީދަށް ބޮޑު ހޭދައެއްކުރަން އުޅެފި
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
މުވައްޒަފު ވަކިކުރީ ވިސިލްބްލޯ ކޮށްގެނެއް ނޫން:ޕޯސްޓް
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ސިފްކޯގެ ފްލެޓް މަޝްރޫއުގެ އޮޑިޓެއް ހަދަން އަންގައިފި
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 3 ދަރަޖަ ފަހަތަށް
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި