އަންނަ ބޮޑު އީދަށް ހަނިމާދޫ ޒީނަތްތެރިކޮށް، ކުޅިވަރުތައް ކުޅުމަށް ކައުންސިލުން ނުވަ ލައްކަ ރުފިޔާ ކަނޑައެޅުމުން އެ ފައިސާ ހަރަދު ނުކޮށް މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް އަނެއްކާ ވެސް އިތުރު ނުވަ ލައްކަ ރުފިޔާ ހަރަދު ކުރުމަށް ކައުންސިލުން ފާސްކޮށްފި އެވެ.
27 އޯގަސްޓް 2016
އަންނަ ބޮޑު އީދަށް ހަނިމާދޫ ޒީނަތްތެރިކޮށް، ކުޅިވަރުތައް ކުޅުމަށް ކައުންސިލުން ނުވަ ލައްކަ ރުފިޔާ ކަނޑައެޅުމުން އެ ފައިސާ ހަރަދު ނުކޮށް މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް އަނެއްކާ ވެސް އިތުރު ނުވަ ލައްކަ ރުފިޔާ ހަރަދު ކުރުމަށް ކައުންސިލުން ފާސްކޮށްފި އެވެ.
ކައުންސިލްގެ ތިން މެމްބަރުންގެ މެޖޯރިޓީން ކައުންސިލްގެ ބަޖެޓުން މި ހަރަދު ކުރަން ނިންމީ އީދަށް ރަށުތެރެ ރީތިކުރުމުގެ ގޮތުން ގެތަކުގެ މަގުމަތީ ފާރު ރާނައި، ކުލަ ލައި އެކި ކަހަލަ މޮނިއުމަންޓްތައް ހަދައި މިއުޒިކް ކުޅޭ މީހުން ރަށަށް ގެންދިޔުމަށެވެ.
އީދު ފާހަގަކުރުމަށް ހަރަދުކުރަން ހަނިމާދޫ ކައުންސިލަރުން އެންމެ ފުރަތަމަ ފާސްކުރީ އެ ރަށުގެ ކުނި ނައްތާލުމަށް ބަޖެޓުގައި ކަނޑައެޅި ފައިސާއިންނެވެ. އެކަމަކު އެ ގޮތަށް ނިންމި ކައުންސިލް ބައްދަލުވުމުގެ އެޖެންޑާ އާއި ޔައުމިއްޔާ އޭސީސީއަށް ހުށަހެޅުމަށާއި އެ ފައިސާ ހަރަދުކުރުމާ ބެހޭ ގޮތުން ގޮތެއް ކަނޑަނާޅަނީސް ފައިސާ ހަރަދު ނުކުރަން އެ ކޮމިޝަނުން ވަނީ އަންގާފަ އެވެ.
މި މައްސަލައިގައި ހަނިމާދޫ ކައުންސިލްގެ ރައީސް އާދަމް އިބްރާހިމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
"މި ފަހަރު ހަމަ އެ އަަދަދަށް މި ފާސް ކުރީ އޭސީސީން މަޑުޖައްސާލަން އެންގީ ކުނި ނައްތާލާ ބަޖެޓުން ކަނޑައެޅި ފައިސާ ކަމާއި މިއީ އެހެން ފައިސާއެއް ކަމަށް ބުނެ. އެކަމަކު ހަގީގަތުގައި ކައުންސިލްގެ ބަޖެޓުން މި ފާސް ކުރެވުނީ މިލިޔަނެއްހާ ރުފިޔާ،" އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އެއްވެސް އުސޫލެއް ނެތި ކައުންސިލުން މިހާ ގިނަ ފައިސާ އީދަށް ހޭދަ ކުރުމަށް ނިންމުމުން ކަމަށެވެ. އޭނާ މިކަން ސިފަކުރެއްވީ ޖޯކެއްގެ ގޮތުގަ އެވެ.
މިކަމާ ގުޅޭގޮތުން ކައުންސިލްގެ އެހެން މެމްބަރަކު "މިހާރު" އަށް ކުރިން ވިދާޅުވީ ކުނި ނައްތާލަން ކަނޑައަޅާފައިވާ ބަޖެޓުން ފައިސާ ބޭނުންކުރަން ނިންމީ އެ މަސައްކަތް މި އަހަރު ނުކުރެވޭނެ ކަމަށް ބަލާފައި ކަމަށެވެ.
"މިއީ އަޅުގަނޑުމެން ރަނގަޅު ނިޔަތެއްގައި ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތެއް. އެހެންވެ، އޭސީސީން މިކަން ބަލައިގަންނާނެ ކަމަށް އުއްމީދުކުރަން،" ކައުންސިލަރު ވިދާޅުވެފައި ވެ އެވެ.
ހަނިމާދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ޕީޖީއަށް
އީދަށް ޚަރަދުކޮށްފި ނަމަ ފިޔަވަޅު އަޅާނަން: އޭސީސީ
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
މުވައްޒަފު ވަކިކުރީ ވިސިލްބްލޯ ކޮށްގެނެއް ނޫން:ޕޯސްޓް
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ސިފްކޯގެ ފްލެޓް މަޝްރޫއުގެ އޮޑިޓެއް ހަދަން އަންގައިފި
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 3 ދަރަޖަ ފަހަތަށް
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
"ފްލެޓު އަޅައިގެން ރަށްރަށުން މީހުން އާބާދުކުރަން ތާއިދުކުރަން"