Roadha Mihaaru
"ތުރޯންސް" ގެ މޭސްތިރިންނަށް "ސްޓާ ވޯސް"

"ގޭމް އޮފް ތުރޯންސް" ގެ މޭސްތިރިންނަން "ސްޓާ ވޯސް" ގެ ފިލްމެއް

17 މެއި 2019

ސިލްސިލާ "ގޭމް އޮފް ތުރޯންސް" މި މަހު ނިންމައިލިޔަސް އޭގެ މޭސްތިރިން މަސައްކަތެއް ނެތިފައި ތިބޭކަށް ނުޖެހޭނެ އެވެ. ޑިޒްނީން މިހާރު ވަނީ ދެ ޑައިރެކްޓަރުން ކަމަށްވާ ޑީބީ ވެއިޒް އާއި ޑޭވިޑް ބެނިއޯފްއާ "ސްޓާ ވޯސް" ގެ ފިލްމެއްގެ ޑައިރެކްޝަން ހަވާލުކޮށްފަ އެވެ. އެއީ ޑިސެމްބަރު، 16، 2022 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސިލްސިލާ "ގޭމް އޮފް ތުރޯންސް" މި މަހު ނިންމައިލިޔަސް އޭގެ މޭސްތިރިން މަސައްކަތެއް ނެތިފައި ތިބޭކަށް ނުޖެހޭނެ އެވެ. ޑިޒްނީން މިހާރު ވަނީ ދެ ޑައިރެކްޓަރުން ކަމަށްވާ ޑީބީ ވެއިޒް އާއި ޑޭވިޑް ބެނިއޯފްއާ "ސްޓާ ވޯސް" ގެ ފިލްމެއްގެ ޑައިރެކްޝަން ހަވާލުކޮށްފަ އެވެ. އެއީ ޑިސެމްބަރު، 16، 2022 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމެވެ.

އެ ފިލްމަކީ ދާދި ފަހުން ޑިޒްނީން އިއުލާންކުރި "ސްޓާ ވޯސް" ގެ އާ ތިން ފިލްމުގެ ތެރެއިން ފުރަތަމަ ބެލުންތެރިންނަށް ގެނެސް ދޭނެ ފިލްމެވެ. އެ ފިލްމަކީ މި އަހަރުގެ ޑިސެމްބަރު 20 ގައި ރިލީޒްކުރާ "ސްޓާ ވޯސް" އެޕިސޯޑް ނުވައެއް "ދަ ރައިޒް އޮފް ސްކައިވޯކާ" ގެ ސްޕިން-އޯފްއެކެވެ.

ޑީބީ އާއި ޑޭވިޑާ ފިލްމު ހަވާލު ކުރިކަން ޑިޒްނީގެ ސީއީއޯ ރޮބަޓް (ބޮބް) އައިގާ ވަނީ ކަށަވަރު ކޮށްދީފަ އެވެ.

"އަހަރެން މިހާރު ވެސް މީގެ މަސައްކަތް ފަށައިފިން. ޔަގިންކަން ދޭން ބޭނުންވާ ކަމަކީ ޑީބީ އާއި ޑޭވިޑް ވަރަށް ވެސް ފުރިހަމަ ފިލްމެއްގެ ގޮތުގައި ސްޓާ ވޯސް ގެނެސްދޭނެކަން،" ބޮބް ވިދާޅުވި އެވެ. "މިއަށް ވުރެ އިތުރަށް މި ޕްރޮޖެކްޓާ ބެހޭ ގޮތުން ބުނާނެ އެއްޗެއް ނެތް."

"ސްޓާ ވޯސް" ގެ އިތުރު ތިން ފިލްމެއް އިއުލާން ކުރި އިރު، އަނެއް ދެ ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހުތަކުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޑިސެމްބަރު، 20، 2024 އާއި ޑިސެމްބަރު، 18، 2026 އެވެ.