07 ސެޕްޓެމްބަރ 2016
ޕެރިސް (ސެޕްޓެމްބަރު 7) - ފްރާންސްގެ އެންމެ މަތީ އިދާރާ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ގޮން ޖަހާ ބުރްކިނީ މަނާ ކަމަށް ފްރާންސްގެ ދެކުނުގެ ކޯސިކާގެ ކޯޓަކުން މިއަދު ނިންމައިފި އެވެ.
ޕެރިސް (ސެޕްޓެމްބަރު 7) - ފްރާންސްގެ އެންމެ މަތީ އިދާރާ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ގޮން ޖަހާ ބުރްކިނީ މަނާ ކަމަށް ފްރާންސްގެ ދެކުނުގެ ކޯސިކާގެ ކޯޓަކުން މިއަދު ނިންމައިފި އެވެ.
މުސްލިމް އަންހެނުން ބުރުގާއާ އެކު އަޅާ ބުރްކިނީ އެޅުން ފްރާންސްގެ 30 ޓައުނެއްގައި މަނާކޮށްފައި ވަނިކޮށް އެ ގައުމުގެ އެންމެ މަތީ އިދާރީ ކޯޓުން އޮގަސްޓް މަހު ވަނީ އެއީ ފަރުދީ މިނިވަންކަމާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިފަ އެވެ. އެކަމަކު ކޯސިކާގެ ކޯޓުން ނިންމާފައި ވަނީ ބުރްކިނީ މަނާ ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ. ކޯސިކާގެ އިތުރުން ފްރާންސްގެ އެހެން ޓައުންތަކުގެ މޭޔަރުން ވެސް ވަނީ ކޯޓު އަމުރަށް ގޮން ޖަހާ ބުރްކިނީ މަނާކޮށްފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށް ބުނެފަ އެވެ.
ފްރާންސްގެ ހިއުމަން ރައިޓްސް ލީގު (އެލްޑީއެޗް) އިން ބުނީ އެންމެ މަތީ އިދާރީ ކޯޓުގެ ނިންމުމާ ގުޅިގެން ކޯސިކާގައި ވެސް ބުރްކިނީ އަޅައިގެން އުޅެވޭނެ ކަމަށެވެ. އަދި މި ނިންމުމާ ދެކޮޅަށް ކޯސިކާގެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރާނެ ކަމަށް ވެސް އެލްޑީއެޗް އިން ވަނީ ބުނެފަ އެވެ.
ކޯސިކާގެ ކޯޓުގައި ބުރްކިނީ މަނާކުރުމަށް ވަކާލާތު ކުރެއްވި އެ ޓައުނުގެ މޭޔަރު ޕައާރީ ވިވޯނީ ވިދާޅުވީ މިއީ އޭނާ އަށާއި އެ ޓައުނުގެ މީހުންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ.
ފްރާންސްގައި ބުރުގާގެ މައްސަލަ ބޮޑުވެފައިވާ އިރު ކޯސިކާ އަކީ މި މައްސަލަ އަދި މާ ބޮޑު ތަނެކެވެ. މިދިޔަ ހޯމަ ދުވަހު ވަނީ އެ ޓައުނުގެ ނާސަރީ ސްކޫލަކަށް ބުރުގާ އަޅައިގެން ދިޔަ ފަސް ބެލެނިވެރިއަކު ސްކޫލަށް ވެއްދުމަށް އެހެން ބެލެނިވެރިން ދެކޮޅު ހަދައިފަ އެވެ.
ފްރާންސް އިން 2004 ވަނަ އަހަރު ވަނީ އާއްމުންނާއި ސަރުކާރުން ހިންގާ ތަންތަނުގައި ދީނީ ނިޝާންތައް ބޭނުން ކުރުން މަނާކޮށްފަ އެވެ. އަދި 2011 ވަނަ އަހަރު ވަނީ އާއްމު ތަންތަނުގައި ބުރުގާ އަޅައިގެން އުޅުން މަނާކޮށްފަ އެވެ.
ބުރުގާ އެޅި ބަޔަކު ސްކޫލަކަށް ވައްދަން ދެކޮޅު ހަދައިފި
ބުރްކިނީ މަނާކުރުން ވާނީ ގާނޫނުއަސާސީއާ ޚިލާފު ކަމަކަށް
ފަރަންސޭސި ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ
މޫނުބުރުގާގައި ސްކޫލަށް ދާން ވަގުތީ އަމުރެއް ނުލިބުނު
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ހިޖާބް އެޅޭނެ، މަނަލީ ބުރުގާ އާއި ނިގާބް: ލަންކާ
މޫނުބުރުގާ މަނާކުރުމަކީ އަންހެނުންގެ ހައްގަށް އަރައިގަތުން
ބުރުގާ އަަޅަން ޖެހޭތީ މުފްތީއާ ބައްދަލެއް ނުކުރި
އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން އޮސްޓްރިއާގައި މަނާ