25 ޖޫން 2019
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނާނީ ބޭރުގެ ފަރާތްތަކާ ގުޅިގެން ހަދަމުންދާ ދިރާސާ އަށް ފަހު ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނާނީ ބޭރުގެ ފަރާތްތަކާ ގުޅިގެން ހަދަމުންދާ ދިރާސާ އަށް ފަހު ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީގެ ދަށުން އުފެދިފައި އޮންނަ ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން ސިޔާސީ ބޭފުޅުން ވެސް އެ ކޮމިޝަންގައި ތިއްބަވާތީ އެކަމާ މެދު ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން އަބަދު ވެސް އަމާޒުވެ އެވެ. އެ މައްސަލަ ބޭރުގެ ޖަމާއަތްތަކުން ވެސް ކުރިން އޮތީ ފާހަގަކޮށްފަ އެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވީ ދާދިފަހުން ރާއްޖެ ވަޑައިގަތް ދެކުނު އެފްރިކާގެ ރިޓަޔާޑް ފަނޑިޔާރެއް ކަމަށްވާ ޔޮހާން ކްރީގްލާއާ ހަވާލު ކޮށްގެން ހަދަމުންދާ ދިރާސާގައި ޖޭއެސްސީ އެކުލެވިިފައި އޮތްގޮތުގެ މައްސަލަ ވެސް ހިމެނޭ ކަމަށެވެ. އެ ދިރާސާ އެއްކޮށް ނުނިމޭ ކަމަށާއި ޖޭއެސްސީ އެކުލެވޭ ގޮތަށް ބަދަލު ގެނެވޭނީ އެ ދިރާސާ އަށް ފަހު ކަމަށް ރިފްއަތު ވިދާޅުވި އެވެ.
"އެ ދިރާސާގެ ޕްރިލިމިނަރީ ރިޕޯޓެއް އަޅުގަނޑުމެންނަށް ލިބޭވަރު ވާނެ މި މަސް ނިމޭ ތާނގައި. އެހެން ނަމަވެސް ފައިނަލް ރިޕޯޓް ލިބުނީމަ ދެން އެ ރިޕޯޓުގައި ހުންނާނެ ޖަޖް ކްރީގްލާގެ ނަޒަރުގައި ރިކޮމެންޑޭޝަންސްތަކެއް ހުށަހަޅުއްވާފައި. އެހެންވީމަ އެއަށް ރިއާޔަތް ކޮށްގެން އަޅުގަނޑުމެން ކުރިއަށް ދާނީ." ރިފްއަތު ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރިއަށް ގެންދާނީ ދުރާލާ ރާވައިގެން އަދި ދިރާސާ ކޮށްގެން ކަމަށާއި އޭގެ ބޭނުމަކީ އެންމެންނަށް ވެސް ގަބޫލުކުރެވޭ ގޮތަކަށް އެކަން ކުރުން ކަމަށެވެ. އަދި ޖޭއެސްސީން ވެސް ބައެއް ދިރާސާތައް ބޭރުގެ ފަރާތްތަކާ ގުުޅިގެން ކުރަން ނިންމާފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެންމެ މުހިންމު ކަމަކީ މިކަން ރަނގަޅަށް ކުރުން. އެއީ ދިރާސާއެއް ކުރެވިގެން ނޫނިއްޔަކާ މިކަން ރަނގަޅަށް ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމަ ދިރާސާގެ އަލީގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަނަށް ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނަން." ރިފްއަތު ވިދާޅުވި އެވެ.
ޖޭއެސްސީގެ ގާނޫނަށް ސަރުކާރުން މިހާރު ވަނީ ގިނަ އިސްލާހުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެގޮތުން ފަނޑިޔާރުންގެ މައްސަަލަތައް ބެލުމާއި ޖޭއެސްސީން އަޅާ ފިޔަވަޅުތައް އިސްތިއުނާފް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ފަނޑިޔާރުންނާ މެދު އަޅާ ފިޔަވަޅުތަކުގެ މައްސަލަތައް ކޯޓުތަކަށް ނުބެލޭ ގޮތް ހެދުން ވެސް އެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.
ޖޭއެސްސީގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓެއްގެ ފަނޑިޔާރަކާއި ބަންޑާރަ ނައިބާއި މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި ރައީސްގެ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ވަކީލުންގެ ތެރެއިން މެމްބަރެއްގެ އިތުރުން އާންމުންގެ ތެރެއިން މެމްބަރެކެވެ.
ޖޭއެސްސީއަށް ހުށަހެޅީ މިވަގުތަށް އެންމެ ރަނގަޅު ބަދަލު
ޖޭއެސްސީން ތިން މެންބަރަކު އުނިކުރަން މަޖިލީހަށް
ޖޭއެސްސީ އިސްލާހުކުރަން އާއްމުންގެ ހިޔާލަށް ހުޅުވާލައިފި
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން މަސައްކަތް ފަށައިފި
ޔޫޕީއާރް އަށް ސެކްޓާ ރިފޯމް އިންޓަވެންޝަން ހުށަހަޅައިފި
މަރުގެ އަދަބު އުވައިލެވޭނީ ޚިޔާލު ހޯދައިގެން: ސަރުކާރު
ހައްގުތައް ދަމަހައްޓަންވީ ވެރިން ހެޔޮއެދިގެން: އޭޖީ
ގާނޫނުއަސާސީގައި އަތްނުލައި މިކަން ކުރާނީ ކިހިނެއް؟
ޖޭއެސްސީގެ ގާނޫނަށް ސަރުކާރުން ބޮޑެތި އިސްލާހުތަކެއް
އޭޖީގެ ހުށަހެޅުން: ސުޕްރީމް ކޯޓު ހުއްޓުވައިދީ!