07 އޯގަސްޓް 2020
ތިން ބާރު ވަކިކޮށްފައިވާ މި ނިޒާމުގައި ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ އޭރަކު ތިއްބަވާ ވެރިންގެ ހެޔޮކަމުން ކުރާ ކަމަކަށް ވުރެން ހެޔޮއެދިގެން ކުރަން ޖެހޭ ކަމެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ތިން ބާރު ވަކިކޮށްފައިވާ މި ނިޒާމުގައި ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ އޭރަކު ތިއްބަވާ ވެރިންގެ ހެޔޮކަމުން ކުރާ ކަމަކަށް ވުރެން ހެޔޮއެދިގެން ކުރަން ޖެހޭ ކަމެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާރު އޮތް ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 12 އަހަރު ފުރުމާ ދިމާކޮށް، އޭޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްގުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެއާއެކު ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެ ހައްގުތައް ދެމެހެއްޓުމުގައި ވެރިން، ރައްޔިތުންނަށް އިޚްލާސްތެރިވާން ޖެހޭ ކަން އޭނާގެ ޓުވީޓުގައި ފާހަގަކުރެއްވި އެވެ.
"ހައްގުތަކާއި މިނިވަންކަން ދެމެހެއްޓުމަކީ އެއިރަކު އިންނަ ވެރިކަން ހިންގާ ބާރާއި ގާނޫނު ހަދާ ބާރާއި އަދުލު އިންސާފު ގާއިމްކުރާ ބާރުގެ ހެޔޮކަމަކުން ކުރާ ކަމަކަށް ވުރެން، ހެޔޮއެދިގެން ކުރަން ޖެހޭ ކަމެއް،" ރިފްއަތުގެ ޓުވީޓުގައިވެ އެވެ.
އެ ޓުވީޓުގައި، އޭނާއާ އެކު މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއި ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަމުންދިޔަ ގާނޫނާ ހިލާފު ކަންތައްތަކާ ދެކޮޅަށް އޭރު ގިނަ މަސައްކަތްތަކެއް ކުރެއްވި ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއް ސުއޫދު، ގާނޫނު އަސާސީގެ ބޮޑު ކޮޕީއެއް ހިފަހައްޓަވައިގެން ހުންނެވި ފޮޓޯއެއް ވެސް ހިއްސާކުރެއްވި އެވެ.
ޙައްޤުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއް. ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައި،ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ޤާނޫނު ހަދާ ބާރާއި ޢަދުލު އިންޞާފު ޤާއިމުކުރާ ބާރުގެ ހެޔޮކަމުންކުރާ ކަމަކަށްވުރެ،ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް. pic.twitter.com/nw7h98172p
— I.Riffath (@ibriffath) August 7, 2020
ރައްޔިތުންގެ ނިގުޅައިގެންފައިވާ އެތައް ހައްގުތަކެއް ކަށަވަރުކޮށްދީ 2008 ގައި އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީ އެކުލަވާލާފައި ވަނީ ބާރުތައް ވަކިކޮށްދީ، ޖަވާބުދާރީ ކުރެވޭ ގޮތަށެވެ. ނިޒާމުގައި ދިމާވެދާނެ މައްސަލަތަކަށް ވެސް ގާނޫނުއަސާސީގައި ހައްލު ހޯދައި ދީފައި ވެ އެވެ.
ގާނޫނުއަސާސީން ހައްލުތަކެއް ހޯދައިދީފައިވީ ނަމަވެސް މިހާތަނަށް ކޮންމެ ވެރިކަމެއްގައި ވެސް ކަންކަން ނިންމަނީ ރައްޔިތުންގެ ބާރާއި މަސްލަހަތު އިސްކުރުމަށް ވުރެން ވެރިކަން ދެމެހެއްޓުން ފުރަތަމަ ވިސްނުމެއްގެ ގޮތުގައި ބާއްވައިގެންނެވެ. މި ސަރުކާރުން ވައުދުވީ އެކަން ބަަދަލުކޮށް، ގާނޫނުއަސާސީ ނަގަހައްޓައި ހައްގުތައް ކަށަވަރުކޮށްދޭނެ ކަމަށެވެ. އެކަމަކު، ވައުދުވި ގޮތަށް ކަންކަން ނުދިއުމާއި އަދުލު އިންސާފަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އެބައޮތެވެ.
ގާނޫނުއަސާސީ އަށް 12 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތަކާ އެއްގޮތަށް މިސްރާބު ނުދާ ކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ. ޖަވާބުދާރީކުރުވޭގޮތަށް، ސަރުކާރު ހިންގުމާއި ޝަރުއީ ނިޒާމް އިސްލާހުކުރުމާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވުމާއި ކުރީގެ ސަރުކާރުތަކުގައި ރައްޔިތުންގެ ގެއްލުވަލާފައިވާ ހައްގުތައް އިޔާދަކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް ވަނީ ރައްޔިތުންނަށް ޔަގީންކޮށްދެއްވައިފަ އެވެ.
ގާނޫނުއަސާސީ ލިއުއްވުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ގާނޫނުއަސާސީގައި އިސްލާހުކުރަން ޖެހޭ ކަންކަން އެބަ ހުއްޓެވެ. އެކަމަކު ރާއްޖެ ތަހައްމަލްކުރަމުން ދާ މައްސަލަތަކަށް ބަލާއިރު ގައުމަށް ކުރިމަތިވެގެން މިއުޅެނީ ވެރިކަމުގެ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާއި ވެރިންނާއި ޒިންމާ އަދާކުރަން ޖެހޭ މީހުންގެ އިޚްލާސްތެރިކަމެއް ނެތުމުގެ މައްސަލަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަހްމަދު ޒާހިރު (ސީނާ ޒާހިރު) ފަދަ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
މަރުގެ އަދަބު އުވައިލެވޭނީ ޚިޔާލު ހޯދައިގެން: ސަރުކާރު
ގާނޫނުއަސާސީގައި އަތްނުލައި މިކަން ކުރާނީ ކިހިނެއް؟
"ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރާނީ ދިރާސާއަށް ފަހު"
މި ދައުރުގައި 37 ބިލެއް މަޖިލީހަށް ހުށަހަޅަނީ
ވަކި ކަމެއް މި ސަރުކާރުން ނުކުރަން ނޭންގޭނެ: ރިފްއަތު
ޔާމީންގެ މައްސަލައަށް އޭޖީ ތަދައްހުލް ކުރުވައިފި
ޖޭއެސްސީއަށް ހުށަހެޅީ މިވަގުތަށް އެންމެ ރަނގަޅު ބަދަލު
ޖޭއެސްސީން ތިން މެންބަރަކު އުނިކުރަން މަޖިލީހަށް
ޓީޗިން ލައިސަންސް ގަވައިދަށް ދެ ފަހަރަކު ލަފާ ދިނިން
އޭޖީގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަނާޅައި ލަސްކުރަނީ