Roadha Mihaaru

ސްމިތު، ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމަކަށް އައްޔަންކޮށްފި

މި ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތު) ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމަށް އައްޔަން ކޮށްފި އެވެ.

ސްމިތު، ޓޫރިޒަމްގެ އިސް މަގާމަކަށް އައްޔަންކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

06 ސެޕްޓެމްބަރ 2019

މި ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތު) ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމަށް އައްޔަން ކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި ހަރަކާތްތަކާއި މުޒާހަރާތަކުގައި އެކި ފަހަރު މަތިން ހައްޔަރުކުރި ސްމިތު ސިޔާސީ މަގާމަށް އައްޔަންކުރީ މިިދިޔަ ބުދަ ދުވަހު އެވެ.

އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހަށް ބިރުދެއްކި ކަމުގެ ތުހުމަތާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ސްމިތު މީގެ ކުރިންް ހައްޔަރުކޮށްފައި ވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާކުރެއްވި ފަހުން، މިދިޔަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ސްމިތު ހައްޔަރުކޮށް، ދޫކޮށްލީ ބޮޑެތި ފިއްތުންތަކާ ހެދި އެވެ. އެހެންވެ، ސިޔާސީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށާއި ފުލުހުންނަށް އަމާޒުވި އެވެ. އޭރު އޭނާގެ ބަންދަށް ހަތް ދުވަސް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވެ އެވެ.

މިިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ސަރުކާރުގައި މިހާތަނަށް 334 ސިޔާސީ މަގާމު އުފައްދާފައިވާ ކަމަށެވެ. އެކަމަކު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފަސް އަހަރުގެ ތެރޭގައި އުފައްދާފައި ވަނީ 465 ސިޔާސީ މަގާމު ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.