Roadha Mihaaru
ކިޑްސް ފިއެސްޓާ: ޓޫރިޒަމުން ފުޓްބޯޅަ ހަރަކާތެއް!

ކިޑްސް ފިއެސްޓާ: ޓޫރިޒަމުން ފުޓްބޯޅަ ހަރަކާތެއް!

22 ސެޕްޓެމްބަރ 2019

އަންނަ މަހު ދެ ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ފުރުސަތުތަކެއް ފަހިކޮށްދިނުމަށް، 13 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ސްކޫލްތަކުގެ މެދުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ތާވަލުކޮށްފި އެވެ.

ޓޫރިޒަމް ދުވަހާ ގުޅުވައިގެން މިނިސްޓްރީން ކުރިއަށް ގެންދާ މި ހަރަކާތުގައި ޔޫތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބައިވެރިވާނެ އެވެ. މި މުބާރާތުގެ ތެރެއިން ކުޅުންތެރިން ސްކައުޓް ކުރުމުގެ މަސައްކަތް އެފްއޭއެމުން ކުރިއަށްގެންދާނެ އެވެ.

މުބާރާތުގެ ގުރުއަތުލުން ބޭއްވީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދާ އެކު އެވެ. ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން ކުޅިވަރުގެ އިސް ފަރާތްތަކުން ވެސް ބައިވެރިވި އެވެ.

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ތެރެއިން ގޯލްކީޕަރު އިމްރާން (ކ) އާއި ދަގަނޑޭ (މ).-- ފޮޓޯ: ހާފްކޯޓްއެމްވީ/ އަބްދުﷲ އަބީދު

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ތެރެއިން ގޯލްކީޕަރު އިމްރާން (ކ) އާއި ދަގަނޑޭ (މ).-- ފޮޓޯ: ހާފްކޯޓްއެމްވީ/ އަބްދުﷲ އަބީދު

ކިޑްސް ފުޓްބޯލް ފިއެސްޓާގައި ސްޕެއިންގެ ފުޓްބޯޅަ ލެޖެންޑް މިޝޭލް ސަލްގާޑޯގެ ބައިވެރިވުން ވެސް ހިމެނޭއިރު، މި މުބާރާތުގެ ތެރެއިން ކުޅުންތެރިންނަށް ވީ އެންމެ ފުރިހަމަ އަށް ފުރުސަތު ފަހިކޮށްދޭން ޓޫރިޒަމް މިނިސްޓްރީގެ ވިސްނުން އެބަހުއްޓެވެ. އެ ގޮތުން މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދުބާއީގެ ސްޕެނިޝް ފުޓްބޯލް ސްކޫލުން ފުރުސަތު ދޭނެ އެވެ. އަދި ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ޖޫނިއާ ގައުމީ ޓީމުތަކުގައި ބައިވެރިކުރާނެ އެވެ.

ނޮކައުޓް ސިސްޓަމަށް ކުރިއަށްދާ މި މުބާރާތުގައި އެންމެ ފުރަތަމަ ކުރިއަށްދާނީ 17 ޓީމު ވާދަކުރާ ބުރެވެ. މުބާރާތުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުރިއަށްދާއިރު، އެހެން ހަރަކާތްތައް ވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. މިއީ އާއިލާތަކުގެ އެންމެން އެކުގައި ބައިވެރިވެވޭ އުފާވެރި އިވެންޓަކަށް ހެދުމަކީ ޓޫރިޒަމް މިނިސްޓްރީގެ މަގުސަދެކެވެ.

ސްޕޯޓްސް ޓޫރިޒަމްގެ ތެރެއިން ރާއްޖޭގެ ކުޅިވަރަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ ބެހޭގޮތުން އެކި ގޮތްގޮތުން މަޝްވަރާކުރައްވާ ކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަދި މި ސަރުކާރުގައި އެކްޓިން ސްޕޯޓްސް މިނިސްޓަރުގެ މަގާމު ފުރުއްވި އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ރާއްޖޭގެ ދަނޑުތަކުގެ ހާލަތު ބަަލައި ތަރައްގީ ކުރެވޭނެ ގޮތްތައް ހޯދުމަށް ވެސް މަސައްކަތްތަކެއް ކުރެއްވި އެވެ.