25 ސެޕްޓެމްބަރ 2016
ބާލިން (ސެޕްޓެމްބަރު 24) - ޖަރުމަނުގައި ބުރުގާ އަޅާ މީހުންނާއި މުސްލިމް ނަން ކިޔާ މީހުންނަށް ވަޒީފާގެ ތަފާތު ކުރުން ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ބާލިން (ސެޕްޓެމްބަރު 24) - ޖަރުމަނުގައި ބުރުގާ އަޅާ މީހުންނާއި މުސްލިމް ނަން ކިޔާ މީހުންނަށް ވަޒީފާގެ ތަފާތު ކުރުން ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޔުނިވާސިޓީއެއްގައި ރިސާޗްކުރާ މީހަކު ވަނީ 1،500 މީހެއްގެ ސީވީ ޖަރުމަނުގެ އެކި ކުންފުނިތަކަށް ފޮނުވައިފަ އެވެ. ބައެއް ސީވީގައި މަރިޔަމް އޮޒްތުރްކް އަދި އަނެއް ބައި ސީވީގައި ވަނީ ސަންޑްރާ ބައުއާގެ ނަން ހިމަނައިފަ އެވެ. މީގެ ތެރޭން 18.8 ޕަސެންޓް ކުންފުނިން ވަނީ އިންޓަވިއު އަށް ދިއުމަށް ސަންޑްރާ އަށް ދައުވަތު ދީފަ އެވެ. އަދި މަރިޔަމް އަށް އިންޓަވިއު އަށް ދިއުމަށް އަންގާފައި ވަނީ 4.2 ކުންފުނިންނެވެ. މީގެ އިތުރުން ސީވީއާ އެކު ފޮނުވި ފޮޓޯގައި ބުރުގާ އަޅާފައިވާ ކުދިންނަށް އިންޓަވިއު އަށް ކީ އަދަދު ބުރުގާ ނާޅާ ކުދިންނަށް ވުރެ މަދު ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ބުރުގާ އަޅާ ކުދިން ފޮނުވަން ޖެހުނު އިތުރު އެޕްލިކޭޝަންތައް ގިނަ ކަމަށް ވެސް ދިރާސާގެ ނަތީޖާގައި ބުނެފައިވެ އެވެ.
ޖަރުމަނުގައި މުސްލިމުންނަށް ވަޒީފާގެ ތަފާތު ކުރުން ބޮޑުވެފައިވާ އިރު އެ ގައުމަށް ދަނީ ގިނަ އަދަދެއްގެ ރެފިއުޖީން އެތެރެވަމުންނެވެ. ސީރިއާ، އިރާގު އަދި އަފްޣާނިސްތާން ފަދަ ގައުމުތަކުން މިދިޔަ އަހަރު ވަނީ މިލިއަނަކަށް ވުރެ ގިނަ މީހުން ޖަރުމަނަށް އެތެރެވެފަ އެވެ. މީގެ އިތުރުން ޖަރުމަނުގައި ތުރުކީ ދަރިކޮޅުގެ ތިން މިލިއަނަށް ވުރެ ގިނަ މީހުން އުޅެ އެވެ.
ޖަރުމަނުގައި މޫނު ބުރުގާ އެޅުން މަނާކުރަނީ
މަހްސާގެ ބައްޕަ ހައްޔަރުކޮށް، ހަނދާން އާކުރުން މަނާ
ފަރަންސޭސި ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ވެކްސިން ޕާސްޕޯޓް ފޯޖްކުރާ ނަމަ ޖަލަށްލަނީ
ހުޅަނގު ޔޫރަޕްގެ ފެންބޮޑުވުމުގައި 180 މަރު
ބުރުގާއެޅި ފުރަތަމަ ސުޕަމޮޑެލް އެކަން ހުއްޓާލީ ކީއްވެ؟
ކޮފީ ތަށީގައި "އައިސިސް" ޖެހި މައްސަލައެއް ހޫނުވެއްޖެ