12 އޮކްޓޯބަރ 2019
ތިލަފުށީގައި ކެމިކަލް ގުދަން ހެދުމުގެ މަސައްކަތް 9.5 މިލިއަން ރުފިޔާ އަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ، ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން މިދިޔަ ހަފުތާގައި ހަވާލުކޮށްފި އެވެ.
ތިލަފުށީގައި ކެމިކަލް ގުދަން ހެދުމުގެ މަސައްކަތް 9.5 މިލިއަން ރުފިޔާ އަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ، ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން މިދިޔަ ހަފުތާގައި ހަވާލުކޮށްފި އެވެ.
އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް މިއަދު ވިދާޅުވީ، މަސް ދުވަހުގެ ތެރޭގައި ގުދަންތައް ހަދައި ނިންމަން، އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެއާ އެކު، މިދިޔަ ބުރާސްފަތި ދުވަހު އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ކުރަމުން އަންނަނީ ކޮންޓްރީޓް އެޅުމުގެ މަސައްކަތެވެ.
އެއް ލައްކަ އަކަފޫޓުގެ ބޮޑު ބިމެއްގައި ގުދަންތައް ހަދަނީ، ޝިހާދު ވިދާޅުވި ގޮތުގައި، ބޮޑު އެއް އިމާރާތުގެ ގޮތުގަ އެވެ. ގުދަންތައް ވަކިކުރަނީ ކާގޯ ކޮންޓެއިނަރު ބަހައްޓައިގެން ކަމަށާއި އެ ކޮންޓެއިނަރުތައް ގެންނަނީ ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.
#KickOff #Work
— SJ Construction (@sjgroup_mv) October 11, 2019
Design, Fabrication and Erection of warehouse building at K. Thilafushi.
.#Chemicals #Godown #Relocation #Program
.#MaleFire
.#construction #constructionworkers #constructionsite#constructionmachinery #constructionequipmen #civilconstruction @GMIZL pic.twitter.com/Mwag1e38ku
އެފަދަ 16 ކޮންޓެއިނަރެއް ބަހައްޓާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތުގެ ތެރޭގައި ނިންމާނަން،" ޝިހާދު ވިދާޅުވި އެވެ.
މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލުކުރުން އަވަސްކުރަން ސަރުކާރުން ނިންމީ ހ. ތިލަފުށީގޭގައި ހުުރި ގުދަނެއްގައި ރޯވެ މިދިޔަ މަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި އެތައް ގެއެއް އަނދައި އެކަކު މަރުވެ، 400 އެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ.
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ކުންފުނިން އެ މަސައްކަތް ހަވާލުކުރަން އެންމެ ފުރަތަމަ ނިންމީ އިއުލާން ކުރުމެއް ނެތި އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކާއެކު އެންމެ ފަހުން ވަނީ ގުދަންތައް ހަދައިދޭނެ ބަޔަކު ހޯދަން އާއްމުކޮށް އިއުލާން ކޮށްފަ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު "މިހާރު" އަށް ކުރިން ވިދާޅުވީ، ގުދަންތައް ހެދުމަށް 19 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރޭގައި އަމިން ކޮންސްޓްރަކްޝަނާއި ލިޓަސް މޯލްޑިވްސް ހިމެނެ އެވެ.
އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ބައެއް މަޝްރޫއުތައް ހިންގި ބައެކެވެ. އޭގެ ތެރެއިން އެއް މަސައްކަތަކީ ޒިކްރާ މިސްކިތެވެ.
ޖުލައި، 9، 2018 ގައި ޒިކްރާ މިސްކިތް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށް އެތައް މަހެއް ވީއިރު ވެސް މަސައްކަތް ނުފެށޭތީ، މި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެއާ އެކު ގެއްލުމުގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ވަނީ ދައުވާ ކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ ސިވިލް ކޯޓުގަ އެވެ.
ތިލަފުށީގައި ކެމިކަލް ގުދަންތައް ހަދައި ނިންމައިފި
ބާ ދަގަނޑު ބޯޓަށް 9.2 މިލިއަން ދޭން ޖެހިއްޖެ
އިބޫ ޒަހަމްވީ އަންހެނުންގެ ދަބަހުގައި އޮތް ކަޓަރަކުން!
ގްރޭޓާ މާލެ ކުންފުނީގެ ހިއްސާގެ ބައެއް އެޗްޑީސީއަށް
އިބޫ އަށް ފިޔަވަޅު ނާޅަނީ ޝަކުވާއެއް ނުލިބޭތީ: ހޫދު
ޝަޒައިލް ސަސްޕެންޝަންގައި، އިބޫ އަށް ފިޔަވަޅެއް ނާޅާ!
ބޯޓުގެ މައްސަލާގައި އިހުމާލުވިމީހުންނަށް ފިޔަވަޅު އަޅަނީ
އިބޫގެ ވާހަކަތައް ފިނޭންސުން ދޮގުކޮށްފި
ބޯޓުގެ މައްސަލައިގައި އެމްޑީ އިބޫ "ހޫނުފެނަށް"
ތިލަފުށި ހިންގާ ކުންފުނީގައި އެތެރޭގައި ކޯޅުމެއް