ފުރަތަމަ ފަހަރަށް ބާއްވާ ދެކުނު އޭޝިއާގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ރާއްޖޭން ނޭޕާލާ ދެކޮޅަށް މާދަމާ ނުކުންނާނެ އެވެ.
ފުރަތަމަ ފަހަރަށް ބާއްވާ ދެކުނު އޭޝިއާގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ރާއްޖޭން ނޭޕާލާ ދެކޮޅަށް މާދަމާ ނުކުންނާނެ އެވެ.
ލީގު ބުރުގައި ރާއްޖޭން ނޭޕާލުގެ މައްޗަށް 35-27 ޕޮއިންޓުން ކުރި ހޯދާފައިވާތީ މާދަމާގެ މެޗުން މޮޅުވެ ތިން ވަނަ ހޯދުމުގެ ފުރުސަތު ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ބޮޑެވެ.
ކުރީގެ ކުޅުންތެރިޔާ ނީޝާ ހަލީމުގެ ކޯޗުކަމުގައި ކުޅޭ ރާއްޖެ އަށް ފައިނަލުން ފުރުސަތު ގެއްލުނީ އިއްޔެ ސެމީ ފައިނަލުން އިންޑިއާ އަތުން 46-25 ޕޮއިންޓުން ބަލިވުމުންނެވެ. ރާއްޖެ މި މެޗުން ބަލިވި ނަމަވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ މިޝްކާ އަފްރާހް ހަސަން އެވެ. މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު އިންޑިއާ ކުރީގައި އޮތީ ހަތަރު ޕޮއިންޓުގެ ތަފާތަކުން 10-6 އިންނެވެ. އަދި ދެ ވަނަ ކުއާޓަރު އިންޑިއާ ނިންމާލީ 18-12 އިން ކުރީގައި އޮވެ އެވެ. އިންޑިއާ އިން ތިން ވަނަ ކުއާޓަރުގައި 27-22 އިން ނެގި ލީޑާ އެކު މެޗު ކާމިޔާބުކުރީ 46-25 އިންނެވެ.
މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ރާއްޖެއާ ދެކޮޅަށް ވާދަކުރާ ނޭޕާލަކީ ސެމީ ފައިނަލުގެ އަނެއް މެޗު ސްރީ ލަންކާ އަތުން ބަލިވި ޓީމެވެ.
ޖުމްލަ ފަސް ގައުމު ވާދަކުރި މުބާރާތުގެ ލީގު ބުރުގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން އިންޑިއާ އާއި ލަންކާ އަތުން ބަލިވީ ނަމަވެސް ނޭޕާލާއި ޕާކިސްތާން އަތުން މޮޅުވި އެވެ. އިންޑިއާ އަތުން 41-21 އިން ބަލިވިއިރު ލަންކާ އަތުން ބަލިވީ 60-16 އަތުންނެވެ. ލަންކާ އަކީ އޭޝިއާގެ ނިސްބަތުން ވެސް ނެޓްބޯޅައިގެ ގަދަބާރެކެވެ. ލީގު ބުރުގައި ޕާކިސްތާން އަތުން ރާއްޖެ މޮޅުވީ 36-10 ޕޮއިންޓުންނެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އައިޝަތު ޝާޔާ ފަސާހެވެ.
އީޝަލް: ކިޔެވުމުގައި ވިދަމުން، ކުޅިވަރުގައި ފިޔަޖަމުން
ޖަޕާން ބަލިކޮށް ރާއްޖޭން ސެމީގެ އުއްމީދު ދަމަހައްޓައިފި
ނެޓްބޯޅައިގައި ރާއްޖޭން އިންޑިއާ ވެސް ބަލިކޮށްފި
ސައުދީ އަތުން ގައުމީ ނެޓްބޯޅަ ޓީމަށް ތަފާތުބޮޑު މޮޅެއް
ނެޓްބޯޅަ ވޯލްޑްކަޕް ހޯދި ޝާނީ ލޭޓަންގެ އެހީ ރާއްޖެއަށް
ނެޓްބޯޅައިގެ ދެވަނަ ޑިވިޝަންގެ ތަށި ނެޓާސްއިން ހޯދައިފި
ޓްރީ ޓޮޕުން ރަބާބްގެ ލިގަމެންޓް ސާޖަރީ ކާމިޔާބުކޮށްފި
ގައުމީ ނެޓްބޯޅަ ތަށި ގްރީން ސްޓްރީޓްސް ދިފާއުކޮށްފި
ނެޓްބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަނަކަށް ކުޅުދުއްފުށި
ރާއްޖޭގެ ޒުވާން އަންހެން ޓީމު ތިން ވަނަ ހޯދައިފި