Roadha Mihaaru
ރާއްޖޭގެ ޒުވާން އަންހެން ޓީމު ތިން ވަނަ ހޯދައިފި

ރާއްޖޭގެ ޒުވާން އަންހެން ޓީމު ތިން ވަނަ ހޯދައިފި

22 އޮކްޓޯބަރ 2019

ސައުތު އޭޝިއާގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމް ރާއްޖޭގެ ޒުވާން އަންހެން ޓީމު ހޯދައިފި އެވެ.

ސައުތު އޭޝިއާގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމް ރާއްޖޭގެ ޒުވާން އަންހެން ޓީމު ހޯދައިފި އެވެ.

ނޭޕާލުގައި ކުރިއަށްދާ މުބާރާތުގެ ތިން ވަނަ ރާއްޖޭން ހޯދީ އެ ގައުމުގެ މައްޗަށް 35-25 ޕޮއިންޓުން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ރާއްޖެ ކުރީގައި އޮތީ 10-5 އިންނެވެ. ރާއްޖޭން ދެ ވަނަ ކުއާޓަރު ނިންމާލީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު 18-9 ޕޮއިންޓުން ކުރީގައި އޮވެ އެވެ.

އެކަމަކު ތިން ވަނަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ލީޑު ހަތް ޕޮއިންޓަށް ކުޑަވެ ރާއްޖެ ކުރީގައި އޮތީ 27-20 ޕޮއިންޓުންނެވެ. ރާއްޖޭން ތަފާތު ބޮޑުކޮށްލީ ފަހު ކުއާޓަރުގަ އެވެ. އެގޮތުން 10 ޕޮއިންޓުގެ ލީޑަކާ އެކު 35-25 ޕޮއިންޓުން މޮޅުވެ ރާއްޖޭން ތިން ވަނަ ހޯދީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ އައިޝަތު ނުއޫމީ ނާސިރެވެ.

ޖުމްލަ ފަސް ގައުމު ވާދަކުރާ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ފުރުސަތު ހޯދީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ދެ މެޗުން މޮޅުވެގެންނެވެ. ރާއްޖެ ބަލިވީ އިންޑިއާ އަތުން 41-21 އިން އަދި ސްރީ ލަންކާ ލަންކާ އަތުން 60-16 އަތުންނެވެ. ލަންކާ އަކީ އޭޝިއާގެ ނިސްބަތުން ވެސް ނެޓްބޯޅައިގެ ގަދަބާރެކެވެ.

ރާއްޖެ މޮޅުވީ ޕާކިސްތާން އަތުން 36-10 އަދި ނޭޕާލް އަތުން 35-27 ޕޮއިންޓުންނެވެ. ރާއްޖެ ސެމީ ފައިނަލުން ބަލިވީ އިންޑިއާ އަތުން 46-25 ޕޮއިންޓުނެވެ.