Roadha Mihaaru
ޖާބިރު، މަޖިލީހަށް ގަސްތަކެއް ހަދިޔާކުރައްވައިފި

ޖާބިރު، މަޖިލީހަށް ގަސްތަކެއް ހަދިޔާކުރައްވައިފި

12 ނޮވެމްބަރ 2019

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަސްތަކެއް ހަދިޔާކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަސްތަކެއް ހަދިޔާކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކާށިދޫ އިން މަޖިލީހަށް ބަގީޗާ ގަސްތަކެއް ހަދިޔާކޮށްފައިވާ ކަމަށެވެ. އެކަމަށްޓަކައި ނަޝީދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު މަޖިލީހަށް ހަދިޔާކުރެއްވި ގަސްތައް.-- ފޮޓޯ: މަޖިލިސް

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު މަޖިލީހަށް ހަދިޔާކުރެއްވި ގަސްތައް.-- ފޮޓޯ: މަޖިލިސް

ނަޝީދު ވިދާޅުވީ ކާށިދޫ އަކީ ދަނޑުވެރިކަމާއި ގަސް ހެއްދުމުގައި ވަރަށް ކުރީގައި އުޅޭ ރަށެއް ކަމަށެވެ.

ރިސޯޓުތަކާއި އަލަށް ހިއްކާ ބިންތަކަށް ރަށްރަށުން ގަސް ގެންދިއުމަކީ މީހުން ވަރަށް ގިނައިން ޝަކުވާ ކުރާކަމެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ތަންތަނަށް ބަގީޗާ ގަހާއި އެކި ކަހަލަ ގަސްތައް ބޭނުންވާކަމަށް ނަޝީދު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު (ވ) މަޖިލީހަށް ގަސްތަކެއް ހަދިޔާކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް ނަޝީދާ ސަލާމްކުރައްވަނީ .-- ފޮޓޯ: މަޖިލިސް

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު (ވ) މަޖިލީހަށް ގަސްތަކެއް ހަދިޔާކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް ނަޝީދާ ސަލާމްކުރައްވަނީ .-- ފޮޓޯ: މަޖިލިސް

އެހެންވެ އެއް ރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމާ ގުޅޭ އުސޫލުތަކެއް ހަދަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ހުރި ރުއްގަސްތަކުގެ މަތިވަރު ގޯސްވެފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ރުއްގަސްތައް އަލުން އިންދަން ޖެހިފައިވާ ކަމަށެވެ.