ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާ އިބްރާހިމް ސަސްޕެންޑްކުރީ ގަވައިދާ ޚިލާފަށް ކަމަށާއި ކޯޓުގެ މުވައްޒަފުންނާ މެދު ގާނޫނާއި ގަވާއިދުގެ ބޭރުން ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
13 ނޮވެމްބަރ 2019
ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާ އިބްރާހިމް ސަސްޕެންޑްކުރީ ގަވައިދާ ޚިލާފަށް ކަމަށާއި ކޯޓުގެ މުވައްޒަފުންނާ މެދު ގާނޫނާއި ގަވާއިދުގެ ބޭރުން ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ އާތިކާ ސަސްޕެންޑްކުރީ ޑީޖޭއޭ އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ.
އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކޯޓެއްގެ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އެޅޭނީ އެ މުވައްޒަފަކު މަސައްކަތްކުރާ ކޯޓު ނުވަތަ އިދާރާއެއްގެ ބެލުމުގެ ދަށުން ކަމަށާއި އެފަދަ މައްސަލައެއް ޑީޖޭއޭ އަށް ބެލޭނީ ވެސް އެ ކޯޓެއްގެ މުވައްޒަފުންނާ ބެހޭ އިސްވެރިޔާ އެކަން ބެލުމަށް ފަހުގައި ކަމަށެވެ. އަދި މުވައްޒަފަކު ވަޒީފާ އިން ސަސްޕެންޑް ކުރެވޭނީ ވެސް އެ ކޯޓަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ގަވާއިދުގައި ބުނާއިރު، އާތިކާއާ މެދު ފިޔަވަޅު އެޅީ އެ އުސޫލުތަކުގެ ބޭރުން ކަމަށް އެ ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމަށް ގާނޫނު ބުނާއިރު، އުސޫލުތަކާ ޚިލާފަށް ޑީޖޭއޭ އިން އަމަލު ކުރަމުން ދާތީ އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް އަދާކުރަން ހުރަސް އެޅޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އުއްތަމަ ފަނޑިޔާރު ވަނީ ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކާ މެދު ގާނޫނާ ޚިލާފަށް ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އެމަނިކުފާނު ނުދެއްވާނެ ކަމަށާއި އެހެން ކޯޓުތަކުން ވެސް އެ ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.
އެ ބަޔާނުގައިވާ ގޮތުން، ގަވާއިދާ ޚިލާފްވި ކަމުގެ އެއްވެސް ޝަކުވާއެއް އާތިކާއާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައެއް ނެތެވެ. އެހެންވެ، އުސޫލުތަކުގެ ބޭރުން އޭނާއާ މެދު ފިޔަވަޅު އެޅުމުން އެކަމާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ދިފާއުވުމުގެ ފުރުސަތެއް ވެސް ދިނުމެއް ނެތި ސަސްޕެންޑް ކުރުން ފަދަ ފިޔަވަޅުތައް އެޅުމަކީ މުވައްޒަފުންގެ ހިތްތަކުގެ ބިރުވެރިކަން އުފެދި، މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާ ސަސްޕެންޑް ކުރުމާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ބަޔާން ނެރުއްވިއިރު، ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ޑރ. ހުސައިން ފާއިޒްގެ މަސައްކަތަށް ހުރަސް އަޅުއްވައި، އޭނާ ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ. އެކަމަކު އުއްތަމަ ފަނޑިޔާރު އެ ތުހުމަތުތައް ދޮގު ކުރައްވަ އެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ބައެއްް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
"އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ކަނޑައެއްނުލަން"
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ކޯޓުތަކުން ވަކިކުރި މީހުންނަށް ވަޒީފާ ދޭން އަންގައިފި
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"
ފާއިޒު ވިދާޅުވީ، ފާރަލުމުގެ ތުހުމަތެއް ނެތް ކަމަށް!
ޖޭއެސްސީ ދަށަށް ޑީޖޭއޭ ގެންދިއުން: މައްސަލަ ބޭރުކޮށްފި
"ޖޭއެސްސީގެ ގާނޫނުގެ މައްސަލަ ސުޕްރީމްކޯޓަށް ނުބެލޭނެ"
ސުޕްރީމް ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ޖޭއެސްސީން ހަދަނީ