އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް އެމްއެންޑީއެފުން ދޭ ސެކިއުރިޓީގެ އިތުރުން އިނާޔަތްތައް ކަނޑާލާފައި ނުވާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ބުނެފި އެވެ.
14 ނޮވެމްބަރ 2019
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް އެމްއެންޑީއެފުން ދޭ ސެކިއުރިޓީގެ އިތުރުން އިނާޔަތްތައް ކަނޑާލާފައި ނުވާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ބުނެފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ބެލި ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށް، އެމަނިކުފާނު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ވަނީ ސަރުކާރު ބޭނުންވާ ގޮތަށް އަޣުލަބިއްޔަތުން ކަންކަން ފާސްކުރުމުގެ ބާރު އޮތް ޖޭއެސްސީގެ ނިންމުން ރަނގަޅު ކަމަށް މިއަދު ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.
ޑީޖޭއޭ އިން މިރޭ ކުރި ޓްވީޓެއްގައި ވަނީ އުއްތަމަ ފަނޑިޔާރަށް ފޯރުކޮށް ދެމުން އަންނަ ސެކިއުރިޓީ އާއި އިނާޔަތްތައް މެދުކަނޑާލި ކަމަށް ބުނެ ދައްކަމުން ދަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ. ޑީޖޭއޭ އިން ބުނިގޮތުގައި، އެމަނިކުފާނަށް ދައުލަތުން ފޯރުކޮށްދޭ އެ ޚިދުމަތްތައް މިހާރު ވެސް ދެ އެވެ.
އުއްތަމަ ފަނޑިޔާރަށް ދައުލަތުން ފޯރުކޮށްދެމުންދާ ސެކިއުރިޓީ އަދި ޢިނާޔަތްތައް މެދުކަނޑައިލައިފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް.
— Maldives Judiciary (@judiciarymv) November 14, 2019
އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ އަދި އެހެނިހެން ޢިނާޔަތްތައް ދައުލަތުން ފޯރުކޮށްދެމުންދާ ވާހަކަ ދަންނަވަން.
ޑީޖޭއޭގެ ޓްވީޓް
ދައުލަތުގެ ނިޝާން ޖެހި ކާރު ކޮޅަކާ އެކު އެމްއެންޑީއެފްގެ ސެކިއުރިޓީ އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވަ އެވެ.
އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރިޔަސް، އެމަނިކުފާނު މިރޭ ނެރުއްވި ބަޔާނެއްގައި ވަނީ ޖޭއެސްސީން އެ ފިޔަވަޅު އެޅީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، އެ ސަސްޕެންޝަން ބަލައިނުގަންނަވާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވެސް ސަސްޕެންޑްކޮށް، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް އޮތީ ފޮނުވައިފަ އެވެ.
"އާތިކާ އަށް ފިޔަވަޅު އެޅީ ގަވައިދާ ޚިލާފަށް"
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ކޯޓުތަކުން ވަކިކުރި މީހުންނަށް ވަޒީފާ ދޭން އަންގައިފި
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"
ފާއިޒު ވިދާޅުވީ، ފާރަލުމުގެ ތުހުމަތެއް ނެތް ކަމަށް!
ޖޭއެސްސީ ދަށަށް ޑީޖޭއޭ ގެންދިއުން: މައްސަލަ ބޭރުކޮށްފި
"ޖޭއެސްސީގެ ގާނޫނުގެ މައްސަލަ ސުޕްރީމްކޯޓަށް ނުބެލޭނެ"
ސުޕްރީމް ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ޖޭއެސްސީން ހަދަނީ