Roadha Mihaaru
އައިވާ ޓީވީ ރީފްސައިޑުން ރާއްޖެ އަށް ތައާރަފްކޮށްފި

އައިވާ ޓީވީ ރީފްސައިޑުން ރާއްޖެ އަށް ތައާރަފްކޮށްފި

12 ޖެނުއަރީ 2020

ޖަޕާނުގެ އައިވާ ބްރޭންޑުގެ އަލްޓްރާ އެޗްޑީ ސްމާޓް ޓީވީ، "އައިވާ" ރީފްސައިޑުން ރާއްޖޭގެ ބާޒާރަށް މިއަދު ނެރެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޖަޕާނުގެ އައިވާ ބްރޭންޑުގެ އަލްޓްރާ އެޗްޑީ ސްމާޓް ޓީވީ، "އައިވާ" ރީފްސައިޑުން ރާއްޖޭގެ ބާޒާރަށް މިއަދު ނެރެފި އެވެ.

އައިވާ އަކީ އިލެކްޓްރޯނިކް ސާމާނު އުފެއްދުމުގައި ތަޖުރިބާ ލިބިފައިވާ ގިނަ ބަޔަކު އިތުބާރު ކުރާ ބްރޭންޑެކެވެ. އައިވާ އަކީ ޖަޕާނުގެ އެންމެ ފުރަތަމަ ކެސެޓް ރެކޯޑަރު އުފެއްދި ކުންފުންޏެވެ.

ރާއްޖޭގެ ބާޒާރަށް އައިވާގެ 49-75 އިންޗީގެ ޓީވީ، ރީފް ސައިޑުން ނެރުނީ ހެޔޮ އަގުތަކެއްގަ އެވެ. މިއީ އެ ފިހާރައިގެ ކަސްޓމަރުންނަށް އަގު ހެޔޮކޮށް ކޮލިޓީ ރަނގަޅު ޓީވީ ލިބޭނެ ގޮތް ހަދައި ދިނުމަށް ކަނޑައެޅި އަގުތަކެއް ކަމަށް ވެސް ރީފް ސައިޑުން ބުންޏެވެ.

އެތަނުން ބުނީ ކުރިއަށް އޮތް ތަނުގައި އެ އަގުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.

އައިވާ ޓީވީ ގަތުމުން ދެ އަހަރުގެ ވޮރެންޓީ ދޭން ރީފްސައިޑުން ވަނީ ނިންމައިފަ އެވެ. މިއީ ޓީވީއަކަށް މިހާ ދިގު މުއްދަތެއްގެ ވޮރެންޓީއެއް ރާއްޖޭގެ ފިހާރައަކުން ދޭ ފުރަތަމަ ފަހަރެވެ.

އައިވާ ޓީވީ އަކީ ކޮލިޓީ ރަނގަޅު، މޮޅު އަދި މަންޒަރުތައް އަލްޓްރާ އެޗްޑީ ކޮށް ފެންނަ ބްރޭންޑެކެވެ. އަދި އައިވާ އަކީ އޯޑިއޯ ދާއރިާގައި ފުންނާބު އުސް ކުންފުންޏަކަށް ވުމުން މި ޓީވީތަކުގެ އަޑު ވެސް ވަނީ އެ ކޮލިޓީގައި ހިފަހައްޓާފަ އެވެ. އެހެންކަމުން ޓީވީއާ އެކު އިތުރު ސްޕީކަރެއް ބޭނުން ނުވާނެ ކަމަށް ރީފް ސައިޑުން ބުންޏެވެ.