Roadha Mihaaru
އޯރިއޯ ބިސްކޯދުގެ އާ ދެ ރަހައެއް

އޯރިއޯ ބިސްކޯދުގެ އާ ދެ ރަހައެއް ނެރެފި

16 ޖެނުއަރީ 2020

ގިނަ ބައެއްގެ މެދުގައި މަގުބޫލު އޯރިއޯ ބިސްކޯދުގެ އާ ދެ ރަހައެއް ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގިނަ ބައެއްގެ މެދުގައި މަގުބޫލު އޯރިއޯ ބިސްކޯދުގެ އާ ދެ ރަހައެއް ނެރެފި އެވެ.

އާ އަހަރާ ދިމާކޮށް ނެރެފައިވާ އާ ދެ ރަހަ އަކީ ކެރަމަލް ކޮކަނަޓް އޯރިއޯސް އާއި ޗޮކްލެޓް މާޝްމެލޯ އޯރިއޯސް އެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޯރިއޯގެ ދެ ރަހައެއް ނެރެން ނިންމާފައިވާ އިއުލާންކުރުމަށް މި މަހުގެ ކުރީކޮޅު ނެރުނު އާ ރަހަތަކުގެ ބިސްކޯދު މި ވަގުތު ވިއްކަމުން އަންނަނީ އެމެރިކާގަ އެވެ.

ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލު ބިސްކޯދެއްގެ ގޮތުގައި ފާހަގަކުރެވޭ އެމެރިކާގެ އޯރިއޯގެ ތަފާތު އެކި ރަހަތަކެއް ކުރިން ވެސް ނެރެފައިވެ އެވެ. އޭގެ ތެރޭގައި ޕެޕަމިންޓް ބާކް، ވައިޓް ފަޖް، އެޕަލް ޕައި، އެސް މޯސް އަދި ޗޮކްލެޓް ކްރީމްގެ އިތުރުން ވެސް ގިނަ ރަހަތަކެއް ހިމެނެ އެވެ.