މީގެ 14 އަހަރު ކުރިން ފެންމަތިވެ ކްރިމިނަލް ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން، ސާބިތުނުވާ ކަމަށް ހުކުމް ކުރި ޖިންސީ ގޯނާގެ މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިސްތިއުނާފްކޮށް، ހައި ކޯޓުގައި މި ހަފުތާގައި އަޑުއެހުންތައް ނިންމާލައިފި އެވެ.
22 ޖެނުއަރީ 2020
މީގެ 14 އަހަރު ކުރިން ފެންމަތިވެ ކްރިމިނަލް ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން، ސާބިތުނުވާ ކަމަށް ހުކުމް ކުރި ޖިންސީ ގޯނާގެ މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިސްތިއުނާފްކޮށް، ހައި ކޯޓުގައި މި ހަފުތާގައި އަޑުއެހުންތައް ނިންމާލައިފި އެވެ.
މި މައްސަލައިގައި ތުހުމަތުކުރަނީ ގުރުއާން ކިޔަވައިދޭން މިސްކިތަށް ގެންގޮސްގެންނާއި އޭނާގެ ގޭގައި ކިޔަވައިދިން އިރު ގިނަ އަންހެން ކުދިންތަކަކަށް މުދިމަކު ޖިންސީ ގޯނާކުރި ކަމަށެވެ. މި މައްސަލާގައި ހިމެނޭ ކުދިންނަކީ މިހާރު 18 އަހަރު ފުރިފައިވާ މީހުންނެވެ.
ރާއްޖޭގެ މެދުތެރޭގެ ރަށަކަށް ނިސްބަތްވާ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ 2006 ގައި ފެންމަތިވެ ދައުލަތުން ދައުވާކޮށް ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން މިދިޔަ އަހަރު އޮކްޓޯބަރުގައި ނިންމީ އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާ ކަމަށެވެ.
އެއީ، މިހާރުގެ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއާތުގެ ގާނޫނު އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލްތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ކުރިން ހުށަހެޅި މައްސަލައަކަށް ވުމާއި އެ މައްސަލަ ސާބިތު ކުރަން އޭރުގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަނޑައަޅާފައިވާ މިންވަރަށް ހެކި ނެތުމުން ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ އެ މީހާ އަހަރުތަކެއް ވަންދެން ހުރީ މިނިވަންކޮށެވެ.
މަންމަ އާއި ބައްޕަގެ ފަރާތުން ވެސް އާއިލީ ގާތްކަން އޮންނަ ބޭބެއަކު ތަކުރާރުކޮށް ޖިންސީ ގޯނާކުރަމުން ދިޔަ ކަން މަންމަ ގާތު ބުނަން ނުކެރުނެވެ. އެ އަނިޔާ ލިބެމުން ދިޔަ، އޭނާގެ ކޮއްކޮ ވެސް ޖެހިލުންވީ އެވެ.
Mudhimeh ge jinsee shikaara akah vi kudhin, Insaafu kon iraku?
The most trusted news source in the Maldives
Mihaaru
ގިނަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މުދިމު ސަލާމަތްވުމުން އާއިލާ އިން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން "މިހާރު" ން ލިއުނު ރިޕޯޓް: ކުދިންގެ ވާހަކަތަކާއި ދައުވާ ސާބިތުނުވި ސަބަބުތައް
ކޯޓުތަކުގައި އަހަރުތަކެއްވީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ސަލާމަތްވުމުން، އަނިޔާ ލިބުނު މީހުން ވަނީ އިންސާފު ކޮބައިތޯ ސުވާލު އުފައްދައި ކަންބޮޑުވުންފާޅުކޮށްފަ އެވެ. މިކަން ސަމާލުކަމަށް އައިސް، މައްސަލަ އަލުން ބަލަން މުއައްސާސާތަކަށް ބާރުއެޅީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންނެވެ.
ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގައި ޕީޖީ އޮފީހުން ބުނެފައި ވަނީ، އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުން ގާނޫނާ ޚިލާފު ކަމަށެވެ. އެ ނިންމުން ހެއްކާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނާއި ގާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެފައިވެ އެވެ.
މުދިމު ޖިންސީގޯނާކުރި ކަމަށް ތުހުމަތު ކުރެވެނީ އެންމެ ކުއްޖަކަށް ނޫން ކަން، މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުން އެނެގެން އޮންނަ ކަމަށް ވެސް ދައުލަތުން އިސްތިއުނާފްކުރި މައްސަލައިގައިވެ އެވެ. ޖިންސީގޯނާގެ ހާދިސާތަކަކީ އެ ކުއްޖަކު ބޮޑުވެ ދިރިއުޅުން ފެށުމުން ވެސް އޭގެ އަސަރު އެ ކުއްޖާ އަށް އެކި ގޮތްގޮތުން ކުރާ މައްސަލަތަކެއް ކަން ވެސް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގައި ހިމެނޭ ކުއްޖާ އަށް ޖިންސީގޯނާކުރި ކަމުގެ ވާހަކައެއް ހަދައިގެން ދައްކަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ތުހުމަތުކުރެވޭ ފަރާތުން ތަހުގީގު މަރުހަލާ އާއި ޝަރުއީ މަރުހަލާގައި ދައްކާފައި ނުވާ އިރު ހުކުމް ކުރި އިރު އެކަމަށް ރިއާޔަތްކޮށްފައި ނުވުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޖިންސީ އަމަލެއް ހިންގި ކަމަށް ބެލުމުގައި ބޭރުފުށުން ފެނި ފާހަގަކުރެވޭ ފަދަ އަނިޔާއެއް، އެ އަމަލު ހިންގުނު ކުއްޖާ އަށް ލިބިފައި ވުން ލާޒިމް ނޫން ކަން ވެސް ދައުލަތުން ފާހަގަކުރެ އެވެ.
އެ ކުދިން ޖިންސީ ޝިކާއަކަށް ހެދުމުގެ ނަތީޖާ އަކަށް ވަނީ ނަފްސާނީ އެތައް މައްސަލައެއް ކުރިމަތިވުމުގެ އިތުރުން އިޖުތިމާއީ އެތައް ދަތިތަކަކާއި ހުރަސްތަކެއް ކުރިމަތިލާން ޖެހުން ކަމަށް ދައުވާގައިވެ އެވެ. ދައުލަތުން އެދިފައި ވަނީ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައެޅި ހުކުމް ބާތިލްކޮށްދިނުމަށެވެ.
އެއް ކަމެއް، ދެ ނިންމުމެއް: އޮޅުން ބޮޅުމަކަށް
ކުދިންތަކެއް ގްރޫމުކުރި ޓީޗަރު ބަންދުކުރަން އަންގައިފި
ސާބިތެއްނުވި، ގާޒީގެ ސުވާލަކީ ބެހެންދެން ހުރީ ކީއްވެހޭ
ކުއްޖަކާ 12 އަހަރު ވަންދެން ބެހުނު މީހަކު ޖަލަށް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ކާފަ ދަރިއާ "ބެހުނު މީހާ" ދޫކޮށްލުމުން ހައިކޯޓަށް
ކާފަ ދަރިއާ ބެހުނު ކަމަށް ބުނާ މީހަކު ދޫކޮށްލައިފި
ދޮންދަރިއާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި
ކުޑަކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި
ކުއްޖަކާ ބެހި ސަލާމަތްވެފައި ހުއްޓާ 15 އަހަރަށް ޖަލު