Roadha Mihaaru

ސީއެސްސީގެ މެމްބަރުން ވަކިކުރުމުގެ މިސްރާބު ބަދަލުވެ، އާމިރާ ވެސް ހާޒިރުކޮށްފި

ސިވިލް ސާވިސް ކޮމިޝަނުގެ ހަތަރު މެމްބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުން މުރާޖައާކޮށް، ފަސް ވަނަ މެމްބަރު ފާތިމަތު އާމިރާގެ މައްސަލަ ވެސް ބަލަން ފަށައިފި އެވެ.

މީކާއިލް ރިޔާސަތަށް، އާމިރާގެ މައްސަލަތައް ވެސް ބަލަނީ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

12 މާޗް 2020

ސިވިލް ސާވިސް ކޮމިޝަނުގެ ހަތަރު މެމްބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުން މުރާޖައާކޮށް، ފަސް ވަނަ މެމްބަރު ފާތިމަތު އާމިރާގެ މައްސަލަ ވެސް ބަލަން ފަށައިފި އެވެ.

ސީއެސްސީގެ މައްސަލަ ބަލަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޔާސަތު ހަވާލުކޮށްފައިވާ އެކޮމިޓީގެ ނައިބު މުގައްރިރު، އަދި ގަލޮޅު ދެކުނު ދާއިރާގެ މީކާއީލް އަހުމަދު ނަސީމް "މިހާރު"އަށް މިއަދު ވިދާޅުވީ މައްސަލަ އަލުން ބެލުމުގެ ގޮތުން އާމިރާއާ ސުވާލުކުރުމަށް ފަހު، ބައެއް ލިޔެކިއުންތައް ހޯދަން މިހާރު އެދިފައިވާ ކަަމަށެވެ.

ސީއެސްސީގެ ފަސް މެމްބަރުންގެ ތެރެއިން އާމިރާ ފިޔަވައި ދެން ތިއްބެވި މެމްބަރުން ވަކިކުރަން ނިންމައި ކޮމިޓީން ފޮނުވި ރިޕޯޓް މަޖިލީހުގެ ރިޔާސަތުން އަނބުރާ ފޮނުވައިލީ، މީކާއީލް ވިދާޅުވި ގޮތުގައި، އެ މައްސަލަ ނިންމީ 12 މެމްބަރުންގެ ކޮމިޓީގެ އެންމެ ހަތަރު މެމްބަރުން ތިއްބަވައިގެން ކަމަށް ވާތީ ގިނަ މެމްބަރުންނާ އެކު ގޮތެއް ނިންމާށެވެ.

"ރިޔާސަތުން އަންގަވާފައި އޮތީ ގިނަ މެމްބަރުންގެ ބައިވެރިވުމާ އެކު އަލުން ގޮތެއް ނިންމަން،" އޭނާ ވިދާޅުވި އެވެ.

ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރުންގެ ގޮތުގައި ތިއްބެވި ޒަކަރިއްޔާ ހުސެއިން އަދި އިބްރާހިމް ޝަހީގު ވަކިކުރަން ކޮމިޓީން ނިންމީ މާޗް 1 ގައި ކުއްލި ގޮތަކަށްް ބޭއްވި ބައްދަލުވުމެއްގަ އެވެ. މަޖިލީހުގެ ޖަލްސާ ނޯންނަ ދުވަހެއްގައި ބޭއްވި އެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވުނު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، އެ ބައްދަލުވުމަށް ވަޑައިގެނުގެންނެވޭނެކަން ކުރިން އޮންނާނީ އަންގަވައިފަ އެވެ.

ސީއެސްސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ އަނބުރާ ފޮނުވައިލުމުން އެކަމާ މެދު ކުރިއަށްދާނެ ގޮތެއް ކޮމިޓީން ނިންމީ ހޯމަަދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ. ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ ރޮޒައިނާ އާދަމް އާއި އާމިރާގެ އާއިލީ ގުޅުމެއް އޮންނާތީ އޭނާ ރިޔާސަތުގައި އިންނެވުމާ މެދު އެ ބައްދަލުވުމުގައި ބައެއް މެމްބަރުން ސުވާލު އުފެއްދެވި އެވެ. އެހެންވެ މެމްބަރުންގެ ވޯޓަކުން ނިންމީ ރޮޒައިނާގެ ބަދަލުގައި، އެ މައްސަލާގައި މީކާއީލާ ރިޔާސަތު ހަވާލުކުރުމަށެވެ.

ސީއެސްސީގެ މެމްބަރު ފާތިމަތު އާމިރާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޖަވާބުދާރީވެވަޑައިގަންނަވަަަނީ.

ސީއެސްސީގެ މެމްބަރު ފާތިމަތު އާމިރާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޖަވާބުދާރީވެވަޑައިގަންނަވަަަނީ.

މީކާއީލްް ރިޔާސަތުގައި އިންނަވައިގެން އަންގާރަ ދުވަހު ކޮމިޓީން ބޭއްވި ބައްދަަލުވުމަށް އާމިރާ ހާޒިރުކޮށް ސުވާލުކުރުމަަށް ފަހު، ބޭނުންވާ އިދާރީ އިދާރީ ބައެއް މައުލޫމާތު ހޯދަން ވަނީ ސީއެސްސީއަށް ހުށަހަޅައިފަ އެވެ.

ކުރިން ސީއެޗުއެސްއީގެ ޕްރިންސިޕަލްކަން ކުރެއްވި އާމިރާއަކީ ރޮޒައިނާގެ ބޮޑުބޭބެ އަދި ސިފައިންގެ އެންމެ މަތީ މަގާމުތައް ފުރުއްވި މުހައްމަދު ޒާހިރުގެ އަނބިކަނބަލުންނެވެ.

ކޮމިޓީގެ ބައްދަލުވުމަށް އާމިރާ ވަރަށް ދިގު ރިޕޯޓެއް ހުށަހަޅުއްވައި، އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވި އެވެ. ޖުމްލަ ގޮތެއްގައި އޭނާ ވިދާޅުވީ ކޮމިޝަންގެ ކަންތައްތައް ރަނގަޅުކުރަން އޭނާ އަމިއްލައަށް ކުރެއްވެން އޮތް ވަރަށް މަސައްކަތް ކުރައްވާފައި ވާނެ ކަމަށެެވެ.

އެއާ ގުޅިގެން، ކޮމިޓީގެ މެމްބަރު އަދި އިނގުރައިދޫ ދާއިރާގެ ހަަސަން އަހުމަދު (ހަސަންޓޭ) ސުވާލުކުރެއްވީ ކޮމިޝަންގައި ހުރި މައްސަލަތައް އާމިރާ އިސްވެ، ކޮމިޓީއަށް ލިއުމުން ހުށަހަޅުއްވާފައި ވާނެތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އާމިރާ ވިދާޅުވީ އެކަމާ ބެހޭ ގޮތުން ކޮމިޓީގެ ބައެެއް މެމްބަރުންނާ ވާހަކަ ދައްކަވާފައިވާނެ ކަަމަށެވެ.

"އަޅުގަނޑު މަސަައްކަތް ކުރަމުން މިދަނީ އަދި އެއް އަހަރޭ ދެންނެވިޔަސް، މި ދެންނެވީ ފުރަތަމަ އަހަރުގެ ފަހަތު ބައިގައި އަޅުގަނޑަށް ވެސް ކަންތައްތައް އިނގެން ފެށީ. ވަރަށް ބައިވަރު އުސޫލުތަކާ ގަަވައިދުތަކާއި އެއްޗިހި ހަދާފައި ވަރަށް ކުރީގެ ހިސްޓްރީތަކެއްގެ ވާހަކަ މިދައްކަނީ،" އޭނާ ވިދާޅުވި އެވެ.

އާމިރާ ވިދާޅުވި ގޮތުގައި ކޮމިޝަނުގައި ކަންތައްތައް އޮތް ގޮތްް އެނގިވަޑައިގެން ބަދަލަށް ވާހަކަދައްކަވަން ފެއްޓެވީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.

"ދެން ކުރީގައި ވާ ގޮތަކީ އަޅުގަނޑުމެންނަށް ނުވެސް އެެނގޭ އިނގޭތޯ ކޮމިޝަން ތެރޭގައި [ކަންތައްތައް އޮންނަ ގޮތް]،" އޭނާ ވިދާޅުވި އެވެ.