Roadha Mihaaru
ރިސޯޓަކުން ފިލައިގެން ދިޔަ ދެ މީހަކު ހައްޔަރު ކޮށްފި

ކޮވިޑް-19: ރިސޯޓަކުން ފިލައިގެން ފުވައްމަލަކަށް ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

21 މާޗް 2020

ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި، ރިސޯޓުތަކުގައި އުޅޭ މީހުން އެހެން ރަށްރަށަށް ދިއުން މަނާކޮށްފައި ވަނިކޮށް، މާލެ އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެހި ދެ މުވައްޒަފަކު ފލައިގެން ދިޔަ މައްސަލައެއްގައި އެ ދެ މީހުން ރޭ ހައްޔަރުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި، ރިސޯޓުތަކުގައި އުޅޭ މީހުން އެހެން ރަށްރަށަށް ދިއުން މަނާކޮށްފައި ވަނިކޮށް، މާލެ އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެހި ދެ މުވައްޒަފަކު ފލައިގެން ދިޔަ މައްސަލައެއްގައި އެ ދެ މީހުން ރޭ ހައްޔަރުކޮށްފި އެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު މިއަދު ވިދާޅުވީ، އެ ދެ މީހުން ފިލައިގެން މާލެ އައިސް މަތިންދާބޯޓުން ފުވައްމުލަކަށް ދިޔަ ފަހުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮވިޑް-19 އަށް ރާއްޖޭން 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރިސޯޓުތަކަށް މީހުން އަރައިފޭބުމާއި އަދި ރިސޯޓުތަކުގައި އުޅޭ މީހުން އެހެން ރަށްރަށަށް އެރުން ވެސް މިވަގުތު މަނަލެވެ.

އިޒްމިއާ ވިދާޅުވީ، މާލެ އަތޮޅުގެ ދެ ރިސޯޓަކުން ފިލި ދެ މީހުން މިދިޔަ ބުރާސްފަތި ދުވަހު މާލެ އައީ އަމިއްލަ އަށް ދަތުރު ހަމަޖައްސައިގެން ކަމަށެވެ.

އެއީ އުމުރުން 30 އަހަރާއި 29 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

"ދިވެހި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ޚިލާފުވާ މީހުންނަށް މި ސާވިސް އިން ފިޔަވަޅު އަޅަމުން ދާނެ ކަމުގައި ދަންނަވަން،" އިޒްމިއާ ވިދާޅުވި އެވެ.

މިހަފުތާ ކުރީކޮޅު އައްޑޫގެ ރިސޯޓަކުން އެ ސިޓީގެ މީދު އަށް ފަތާފައި ދިޔަ މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މީދުއާ ޖެހިގެން އޮންނަ ސައުތު ޕާމް ރިސޯޓްގެ އެ މުވައްޒަފުގެ ބަންދަށް މީދޫ ކޯޓުން ވަނީ 15 ދުވަސް ޖަހައި ދީފަ އެވެ.

Resort in fathaafai Meedhoo ah dhiya meehaage bandhah 15 dhuvas

Resort in fathaafai Meedhoo ah dhiya meehaage bandhah 15 dhuvas

The most trusted news source in the Maldives

Mihaaru

ރިސޯޓުން ފަތާފައި ދިޔަ މީހާގެ ބަންދަށް 15 ދުވަސް ޖެހުން--

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްވެސް ވަނީ ކަރަންޓީންކޮށް ނުވަތަ އެކަހެރި ކޮށްފައި ހުރި މީހަކު އުސޫލާ ޚިލާފަށް އާންމުންގެ ތެރެއަށް ނުކުތުމަކީ ކުށެއް ކަމަށް ވިދާޅުވެފަ އެވެ.

ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހަކު މަރުވެދާނެ ކަމުގެ ނުވަތަ ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިިރެއް ކުރިމަތި ކުރުވުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކަމަށެވެ. އަދި ކަރަންޓީން ކޮށްފައި ހުއްޓާ ގިނައިން އާންމުން ދާ ތަނަކަށް ގޮސްފި ނަމަ، އެއީ އިންސާނާގެ ފުރާނަ އަށް ފަރުވާލެއް ނެތް ގޮތަކަށް ކުރި އަމަލެއް ކަމަށް ގާނޫނުލްއުގޫބާތުގެ ދަށުން ބެލިދާނެ ކަމަށް ވެސް އޭނާގެ ޓްވީޓްގައިވެ އެވެ.