Roadha Mihaaru
ފަރުވާ ކުޑަ ނުކުރޭ، މުސްތަގްބަލް ސަލާމަތްވާނީ އޭރުން

"ފަރުވާ ކުޑަ ނުކުރޭ، މުސްތަގްބަލް ސަލާމަތް ކުރެވޭނީ އޭރުން"

27 މާޗް 2020

ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދަތިތައް ކުރިމަތިވިޔަސް، މުސްތަގުބަލް ސަލާމަތް ކުރުމަށްޓަކައި މިކަމަށް އެއްބާރުލުން ދިނުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދަތިތައް ކުރިމަތިވިޔަސް، މުސްތަގުބަލް ސަލާމަތް ކުރުމަށްޓަކައި މިކަމަށް އެއްބާރުލުން ދިނުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

ކޮޮވިޑް-19 އާ ގުޅިގެން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެގޮތުން، އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް، ފަތުރުވެރިން ރަށްރަށަށް އެރުވުން މަނާ ކުރުމާއި ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީން ކުރުން ފަދަ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

އިނގިރޭސި ވިލާތުން ރާއްޖެ އައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ އެ ބަލި ހުރި މީހަކު ރާއްޖެއިން ނުފެނި ދިޔަޔަސް އެކަންކަން ލުއި ގޮތަކަށް ނުނަގަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ އެ ބަލި ނާންނާނެ ކަމަށް ބަލައިގެން ނޫން ކަމަށާއި ފިޔަވަޅުތައް އަޅަމުން ދަނީ ރާއްޖެއަށް އެ ބަލި ފެތުރިގެންދިޔަ ނުދޭން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިވަގުތު ކެތްތެރިކަމާ އެކު، ފިޔަވަޅުތަކަށް އެއްބާރުލުން ދޭން އަމީން އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން އޮފީސްތައް ބަންދުކޮށް، ސްކޫލްތައް ބަންދުކޮށް ހުރިހާ ހަރަކާތްތަކެއް މަދު މި ކުރަނީ އަޅުގަނޑުމެން ގޭގައި މަޑު ކުރުމުގެ ސަބަބުން، އަޅުގަނޑުމެންގެ ތެރޭގައި ނޭނގި އޮތް ކަމުގައި ވީ ނަމަވެސް ފެތުރިގެން ދިއުމުގެ ފުރުސަތު ކުޑަ ކުރުމަށްޓަކައި." އަމީން ވިދާޅުވި އެވެ.

މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން (މ) ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން (މ) ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އަމީން ވިދާޅުވީ ކަރަންޓީނާއި އައިސޮލޭޝަންގައި 14 ދުވަހު ތިބެން ޖެހުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށާއި އެކަމަކު އެއީ މުސްތަގްބަލް ސަލާމަތް ކުރެވޭނީ އެ ދަތިތައް މިވަގުތު ތަހައްމަލު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ކަަރަންޓީނާއި އައިސޮލޭޝަންގައި ތިބޭ ފަރާތްތަކުން ވެސް ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭން އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުނދަގޫ ކަން ތަހައްމަލު ކުރެވިއްޖެ ކަމަށް ވާ ނަމަ، ކުރިއަށް އޮތް އެތައް އަހަރަކު އަޅުގަނޑުމެން ސަލާމަތްވެގެން އެ ދިޔައީ. އެ އުނދަގޫ ކަން ފަރުވާ ކުޑަކޮށް ނެގުމަކީ ކުރެވިގެންވާނެ ކަމެއް ނޫން." އަމީން ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ނަޒްލާ މުސްތޮފާ ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާ އޮތީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ހުރި މީހުންނަށް ކަމަށް ކުރިން ބެލެވިފައި އޮތަސް، ފަހުގެ ހޯދުންތަކުގައި ސިއްހީ އެއްވެސް ބައްޔެއް ނެތް މީހުންނަށް ވެސް އޭގެ ނުރައްކާ އެބައޮތް ކަން ހާމަވެފައިވާ ކަމަށެވެ. އަދި ސާފުތާހިރު ކަމަށް އެންމެން ވެސް މިވަގުތު އިސްކަން ދޭންޖެހޭ ކަމަށާއި ގޭގައި ތިބުމަކީ ފަސޭހަ ކަމަކަށް ނުވިޔަސް، އެކަމަށް އެއްބާރުލުން ދޭން އެދޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"އުނދަގޫ ކަން ތަހައްމަލު ކުރެވިއްޖެ ކަމަށް ވާ ނަމަ، ކުރިއަށް އޮތް އެތައް އަހަރަކު އަޅުގަނޑުމެން ސަލާމަތްވެގެން އެ ދިޔައީ. އެ އުނދަގޫ ކަން ފަރުވާ ކުޑަކޮށް ނެގުމަކީ ކުރެވިގެންވާނެ ކަމެއް ނޫން." އަމީން

ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސެކެވެ. އޭގެކުރިން އެ ބައްޔަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރޭގައި ދިވެއްސަކު ނުހިމެނެ އެވެ. އަދި އޭގެ ތެރެއިިން ނުވަ މީހަކު ވަނީ ފަރުވާއަށް ފަހު ރަނގަޅުވެފަ އެވެ.