26 އެޕްރީލް 2020
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި، މި މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި ލަސްވާތީ ކުރިމަތިވާ މައްސަލަތައް ހައްލުކުރަން ސަރުކާރުން ފޮނުވާފައިވާ "ސަންސެޓް ބިލް" ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި، މި މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި ލަސްވާތީ ކުރިމަތިވާ މައްސަލަތައް ހައްލުކުރަން ސަރުކާރުން ފޮނުވާފައިވާ "ސަންސެޓް ބިލް" ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލް ބަލައިގަތުމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައި ވަނީ “ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020″ގެ ނަމުގައި މަޖިލީހަަށް ފޮނުވި، 10 މާއްދާގެ ބިލު އެކުލަވަައިލާފައި ވާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ހޮވޭ މެމްބަރުން މަގާމާ ހަވާލުވުމުން އުވިގެންދާ ގޮތަށް ކަމަށެވެ.
ސަންސެޓް ގާނޫނުތަކަކީ ހާއްސަ ހާލަތްތަކެއްގައި އަމަލުކުރަން ޖެހޭ ވަގުތީ ގާނޫނުތަކެކެވެ.
ލޯކަލް ކަައުންސިލްތަކުގެ އިންތިހާބު ލަސްކުރަން ޖެހޭތީ ހުށަހަޅާފައިވާ ސަންސެޓް ބިލާ އެކު، ގާނޫނުއަސާސީ އަށް ގެންނަން ޖެހޭ ބަދަލެއް ވެސް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެއީ ކައުންސިލަރުންގެ ދައުރަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތެއް ކަަމަށް ވާތީ އެވެ.
ކޮވިޑް-19 އާ ހެދި ރާއްޖޭގައި މިހާރު އުފެދިފައި އޮތް ހާލަތަކީ ގާނޫނުއަސާސީ އިސްލާހު ކުރަން އެކަށީގެންވާ ހާލަތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެހެން ގިނަ މެމްބަރުންތަކެއް ކުރިއްސުރެ ގެންދަވަނީ ވިދާޅުވަމުންނެވެ.
ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައި މި ވަނީ ގާނޫނުއަސާސީ އަށް ބަދަލުގެންނަން ޖެހޭ މައްސަލައިގައި މެމްބަރުން ކުރެއްވި ހޫނު ބަހުސްތަކަކަށް ފަހު އެވެެ. އެކަމަކު، އެ މައްސަލައިގެ ބަހުސް އޮތީ އޭޕްރީލް 15 ގައި މާލެ ލޮކްޑައުން ކުރުމުގެ ކުރިން ގާތްގަނޑަކަށް ނިމިފަ އެވެ. މާލެ އިން ބަލި ފެނިގެން ލޮކްޑައުން އަށް ދިޔަ އިރު މަޖިލީހުން ތައްޔާރުވަމުން އައީ ޗެމްބަރުގައި މެމްބަރުން ތިއްބަވާ ތަރުތީބަށް ބަދަލުތައް ގެނެސް ޖަލްސާތައް އަލުން ފެށުމަށެވެ
ސަންސެޓް ބިލަށް އަމަލުކުރަން ކުރަން ފެށުމާ އެކު، އިލެކްޝަންސް ކޮމިޝަނުން މި މަހުގެ 18 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވުނީ ކަމަށް އެ ބިލްގައި ބަޔާންކޮށްފައި ވެ އެވެ. އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އޭގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ.
ބިލުގައިވާ ގޮތުން، އިންތިހާބު ފަސްކުރިޔަސް އެ އިންތިހާބުގައި ވާދަކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. އަދި ވަކި ދާއިރާއަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ ގިނަ މެންބަރުން ކުރިމަތިލާފައި ނުވާތީ އިންތިހާބު ވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށް ފަހު، އަލަށް އިންތިހާބުވާ މެމްބަރުންނާ އެކު ކަމަށް ވެސް ބިލުގައި ވެ އެވެ.
އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާ އިން ސަސްޕެންޑް ކޮށްފައި އޮތް އޮތުން ސަންސެޓް ބިލަށް އަމަލުކުރަން ފެށުމާ އެކު ބާތިލުވާނެ އެވެ. ސަސްޕެންޝަން ބާތިލުވުމުން އެ މީހުން ކުރިން ތިބި މަގާމުތަކަށް އަނބުރާ ރުޖޫއަވާނެ އެވެ. އެކަމަކު، އެ މީހުން ސިވިލް ސާވިސްގެ ވަޒީފާ އަށް ރުޖޫއަވާ ހިސާބުން ފެށިގެން އަލުން ސަސްޕެންޑް ކުރެވެންދެން، ކެމްޕެއިންގެ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމުގެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ފުރަތަ ހުށަހެޅީ ހައި ކޯޓަށެވެ. ފަހުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށް ފަހު، އެ މައްސަލަ އަނބުރާ ނެގީ އެއީ ރައްޔިތުންގެ މަޖިލީހުން ގާނޫނީ ހައްލެއް ހޯދަން ޖެހޭ ކަމެއް ކަމަށް ވާތީ އެވެ.
ގާނޫނުއަސާސީގައި އަތްނުލައި މިކަން ކުރާނީ ކިހިނެއް؟
އިންތިހާބު ލަސްކުރަން ސަންސެޓް ބިލެއް ފޮނުވައިފި
ކައުންސިލަރުންގެ ބާރުތަކެއް ހަނިކޮށް، ގާނޫނީ ހައްލެއް
އެމްޑީޕީގެ ހަތަރު މެމްބަރަކު ވިޕްލައިނާ ޚިލާފުވެއްޖެ
ގާނޫނު އަސާސީ ބަދަލުކުރަން އީދު ބަންދުގައި ޖަލްސާތަކެއް
އިންތިހާބުގެ ތައްޔާރީ ސިއްހީ ކުއްލި ނުރައްކާ ނިމުމުން
ޖޭއެސްސީއަށް ހުށަހެޅީ މިވަގުތަށް އެންމެ ރަނގަޅު ބަދަލު
"ކައުންސިލްތައް ނުލިބުމުން ގާނޫނު ބަދަލުކުރުން ހުތުރު"
މާލެއިން ނާކާމިޔާބުވީ ކަންބޮޑުވުންތަކާ ގުޅިގެން: ރައީސް
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު