01 މެއި 2020
އެކްޓަރު އަނިލް ކަޕޫރްގެ ޒުވާންކަމުގެ ވާހަކަ އަބަދުވެސް ދެކެވެ އެވެ. ރަނގަޅަށް ކެއުމާއި، ގަވައިދުން ކަސްރަތުކުރުމަކީ މި ޒުވާންކަމުގެ ސިއްރެވެ. މި އެކްޓަރުގެ ފަރާތުން މި ފަހަކަށް އައިސް ފެންނަ އެންމެ ހާއްސަ އެއް ކަމަކީ ހަށިގަނޑު އިތުރަށް ފިޓްކުރަން ލާ ހިތްވަރެވެ. އަނިލްގެ އިންސްޓަގްރާމުން މިކަން ފެންނާނެވެ.
އެކްޓަރު އަނިލް ކަޕޫރްގެ ޒުވާންކަމުގެ ވާހަކަ އަބަދުވެސް ދެކެވެ އެވެ. ރަނގަޅަށް ކެއުމާއި، ގަވައިދުން ކަސްރަތުކުރުމަކީ މި ޒުވާންކަމުގެ ސިއްރެވެ. މި އެކްޓަރުގެ ފަރާތުން މި ފަހަކަށް އައިސް ފެންނަ އެންމެ ހާއްސަ އެއް ކަމަކީ ހަށިގަނޑު އިތުރަށް ފިޓްކުރަން ލާ ހިތްވަރެވެ. އަނިލްގެ އިންސްޓަގްރާމުން މިކަން ފެންނާނެވެ.
ކޮރޯނާވައިރަހާ ހެދި އިންޑިއާ ލޮކްޑައުނަނަކަށް ގޮސް، ފިލްމީ މަސައްކަތްތައް ހުއްޓި ގޭގައި ތިބެން ޖެހުމަކުން ވެސް އަނިލްގެ ހިތްވަރަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ބޮޑެތިވެފައިވާ ތިން ކުދިން ތިބި 63 އަހަރުގެ އެކްޓަރު މިހާރު އަންނަނީ ކަސްރަތުގެ ތެރެއިން ތަފާތުތައް ދައްކަމުންވެ.
އެގޮތުން އެންމެ ފަހުން އޭނާ އިންސްޓަގްރާމުގައި ޕޯސްޓްކުރި ފޮޓޯތަކުން ފެންނަނީ ބައިސެޕް ވަރުގަދަކުރަން ކުރާ މަސައްކަތެވެ. އެހެންވެ ހަށިގަނޑުން ވަރުގަދަކަން އިތުރަށް މިހާރު ފެނެ އެވެ.
އޭނާ ކަށިން ނެރޭ މި ހިތްވަރާ އެކު ބުނެފައި ވަނީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އުމުރު ގުޅޭ ގޮތަށް ފިޓްކޮށް ހުންނަން މަސައްކަތްކުރެވިދާނެ ކަމަށާއި އެކަން ކޮންމެހެން ކުރަން ޖެހޭ ކަމަށެވެ. އަދި ކަސްރަތުކުރާ ފޮޓޯތައް ހިއްސާކުރަނީ ދެއްކުންތެރިކަމުގެ ގޮތުން ނޫން ކަމަށް ވެސް ބުންޏެވެ.
ހަށިގަނޑު ރީތިކުރަން އަނިލް ކުރާ މަސައްކަތްތަކާ އެކީ، ބެލުންތެރިންނަށް ދެން ވެސް އޭނާ ސްކްރީނުން ފެންނާނީ ހަމަ މުސްކުޅިވުމެއް ނެތް މީހެއްގެ ގޮތުގަ އެވެ. އެ ވާހަކަ އޭނާގެ ފޭނުންނަށް އަބަދު ވެސް ޖެހޭނީ ދައްކާށެވެ. ހަގީގަތަކީ ޒުވާންކަން އަނިލް ދަމަހައްޓަނީ ވަރަށް ހިތްވަރުންކަމެވެ.
އިންޑިއާގައި ލޮކްޑައުން އިއުލާންކުރީ ކަރަން ޖޯހަރްގެ އާ ފިލްމު "ތަޚުތު" ގެ ޝޫޓިން އަނިލް ފަށަން ތައްޔާރުވަމުން ދަނިކޮށެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ތާޖް މަހަލް ބިނާކުރި ޝާހް ޖަހާންގެ ރޯލުންނެވެ. އަނިލްގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި "މަލަންގް" އެވެ.
އަނިލް ކަޕޫރް އަދިވެސް ވަނީ ޒުވާން
އަރުޖުން އާއި މަލައިކާ ރާއްޖޭގައި ވެސް ކަސްރަތުގައި
ޅިޔަނުގެ ހަށިގަނޑަށް ގެނައި ބަދަލަކީ ސަލްމާނަށް ޝޮކެއް
ފިޓްކޮށް ހުންނަން މިނެކިރައިގެން ނުކަން: ވަރުން
ސޯނޫ އާއި ޝާން މުޅިން ބަދަލުވެފައި
އިމްރާން "ޓައިގާ 3" އަށް ގެނައި ބަދަލު ދައްކާލައިފި
ސާރާ އާއި ޖާންވީ އެކީގައި ކަސްރަތުކުރާ ވީޑިއޯއެއް
ރާޖްކުމާރުގެ ހަށިގަނޑަށް ބޮޑު ބަދަލެއް
ޝިލްޕާއާ އެކު އިންޑިއާ އަށް އާ ރިކޯޑެއް
ރާއްޖެއިން ސޯނަމްގެ ހިތް އަތުލައިފި