Roadha Mihaaru
އިމްރާން "ޓައިގާ 3" އަށް ގެނައި ބަދަލު ދައްކާލައިފި

އިމްރާން "ޓައިގާ 3" އަށް ގެނައި ބަދަލު ދައްކާލައިފި

12 ޖުލައި 2021

ސަލްމާން ޚާނާއި ކެޓްރީނާގެ ކެއިފް "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ވިލަންގެ ރޯލު ކުޅެން އެކްޓަރު އިމްރާން ހާޝްމީ ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ހަށިގަނޑަށް ގެންނަ ބަދަލު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ޚާނާއި ކެޓްރީނާގެ ކެއިފް "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ވިލަންގެ ރޯލު ކުޅެން އެކްޓަރު އިމްރާން ހާޝްމީ ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ހަށިގަނޑަށް ގެންނަ ބަދަލު ދައްކާލައިފި އެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން އޭނާ ހާއްސަ ޓީމެއްގެ ދަށުން ވޯކްއައުޓް ސެޝަންތަކާއި ހާއްސަ ޑައިޓްތަކެއް ނަގަމުން އަންނަ އިރު މިހާރު ފެންނަނީ ސިކްސް ޕެކާ އެކީގަ އެވެ. ހަށިގަނޑަށް އައިސްފައިވާ ބަދަލު އިންސްޓަގްރާމްގައި ދައްކައިލަމުން އިމްރާން ބުނީ "މިއީ އަދި ފެށުމެއް" ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު ސަލްމާން ޝޫޓިން ފަށާފައި އޮތް "ޓައިގާ 3" އަކީ އޭނާ އާއި އިމްރާންގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެންނާނެ ފިލްމެކެވެ. އަދި މިއީ ފިލްމެއްގެ މައި ވިލަންގެ ރޯލު "މާޑާ" އާއި "ޖަންނަތު" އަދި "ރާޒް" ސީރީޒްގެ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ކުޅޭ ފުރަތަމަ ފަހަރެވެ.

"ޓައިގާ 3" އަކީ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، މަނީޝް ޝަރުމާ ޑައިރެކްޓްކިުރާ އެކްޝަން ސްޕައި ތުރިލާއެކެވެ.

އިންޑިއާގައި މި އަހަރުގެ މާޗް މަހުގެ ތެރޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ފިލްމީ މަސައްކަތް މެދުކަނޑާލުމުން "ޓައިގާ 3" ވެސް ހުއްޓިފައި އޮތުމަށް ފަހު، އޭގެ ޝޫޓިން އަލުން މި މަހުގެ 23 ގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.

އެގޮތުން މުމްބާއީގެ ޝެޑިއުލް ނިންމާލައި އަންނަ މަހުގެ ތެރޭގައި ކާސްޓާއި ކްރޫ އިންޓަނޭޝަލް ޝެޑިއުލް އަށް ފުރާނެ އެވެ.

"ޓައިގާ 3" ގެ ވިލަންގެ ރޯލަށް އިމްރާން ސޮއިކުރި އިރު، އޭނާގެ އެންމެ ފަހުގެ ފިލްމަކީ މާޗް މަހު ރިލީޒްކުރި "މުމްބާއީ ސާގާ" އެވެ.

ރިލީޒްވާން ހުރި އިމްރާން، 42، ގެ ފިލްމުތަކުގެ ތެރޭގައި އަމީތާބް ބައްޗަނާ އެކު ކުޅެފައިވާ "ޗެހެރޭ" އާއި ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" ހިމެނެ އެވެ.