Roadha Mihaaru
ސާރާ އާއި ޖާންވީ އެކީގައި ކަސްރަތުކުރާ ވީޑިއޯއެއް

ސާރާ އާއި ޖާންވީ އެކީގައި ކަސްރަތުކުރާ ވީޑިއޯއެއް

23 އެޕްރީލް 2021

ބޮލީވުޑްގެ ބަތަލާއިންގެ މެދުގައި އަބަދު ވެސް ބޮޑު ވާދަވެރި ކަމެއް އޮންނަ ވާހަކަ އާއި އެކަކު އަނެކަކާ މާ ބޮޑު ގުޅުމެއް ނޯންނަ ވާހަކަ އަކީ ވަރަށް އާންމެވެ. ގޮސިޕްގެ ގޮތުގައި ވެސް ބަތަލާއިންގެ "ކެޓްފައިޓް" ގެ ވާހަކަ އަކީ ފޭނުންގެ ސަމާލުކަން ވެސް ވަރަށް ބޮޑު ލިބޭ ކަމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާއިންގެ މެދުގައި އަބަދު ވެސް ބޮޑު ވާދަވެރި ކަމެއް އޮންނަ ވާހަކަ އާއި އެކަކު އަނެކަކާ މާ ބޮޑު ގުޅުމެއް ނޯންނަ ވާހަކަ އަކީ ވަރަށް އާންމެވެ. ގޮސިޕްގެ ގޮތުގައި ވެސް ބަތަލާއިންގެ "ކެޓްފައިޓް" ގެ ވާހަކަ އަކީ ފޭނުންގެ ސަމާލުކަން ވެސް ވަރަށް ބޮޑު ލިބޭ ކަމެކެވެ.

އެކަަމަކު ޒުވާން ދެ ބަތަލާއިން ކަމަށްވާ ސާރާ އަލީ ޚާނާއި ޖާންވީ ކަޕޫރްގެ މި ވީޑިއޯ އިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.

ސާރާގެ އިންސްޓަގްރާމަށް ޕޯސްޓްކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ދެ ތަރިން ވަރަށް އުފާވެރި މޫޑެއްގައި ތިބެގެން އެކީގައި ކަސްރަތުކުރާ ތަނެވެ. އަދި އެ މީހުންގެ އިންސްޓްރަކްޓަރު ނަމްރަތާ ޕުރޯހިތު އިރުޝާދު ދޭން ކައިރީގައި ހުރެ އެވެ.

ސާރާ އާއި ޖާންވީ އަކީ ފިލްމީ ދާއިރާ އަށް ނުކުތް ފަހުން ފިޓްނަސް ވަރަށް ބޮޑަށް ސަމާލުކަންދޭ ދެ ތަރިންނެވެ. ދެ ތަރިންގެ ފޮޓޯ އާންމުކޮށް ޕަޕަރާޒީންގެ ކެމެރާތަކަށް އެންމެ ގިނައިން އަރާނީ ވެސް ޖިމަށް ދާ ތަނުންނާއި ނިމިގެން ނުކުންނަ ތަނުންނެވެ.

ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ، 25، އާއި ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީ، 24، ބޮލީވުޑަށް ނުކުތީ 2018 ގަ އެވެ. ސާރާގެ އަލަތު ފިލްމަކީ "ކޭދަރުނާތު" އެވެ. ޖާންވީގެ ފިލްމަކީ "ދަޅަކް" އެވެ.

ދެ ތަރިން އޭގެ ފަހުން ވެސް ފިލްމުތަކެއް ކުޅެފައިވާ އިރު ސާރާ އާއި ޖާންވީ އަކީ މިހާރު ބޮލީވުޑްގެ އެންމެ އުންމީދީ ޒުވާން ބަތަލާއިންނެވެ.

ދެ ތަރިން ވެސް ކުރިން ބުނެފައިވާ ގޮތުގައި ފިލްމީ ތަރިންގެ މެދުގައި ވާދަވެރިކަން އޮތުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެކަމަކު އެކަމަކީ ގުޅުން ކަނޑާލައި، އެކަކު އަނެކަކު ދެކެ ރުޅި އަންނަ ދަރަޖަ އަށް އޮންނަން ޖެހޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.